މަޑަވެއްޔާއި ހޯނޑެއްދޫގެ މަތިން ނަގާފައި ފޮޓޯއެއް؛ މެދުގައި ކަންނިގިއްލާ --
26 އޮކްޓޯބަރ 2024 - 12:57
ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
އެ އަތޮޅު ހޯނޑެއްދޫ ކައުންސިލުން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބޮޑުމިނުގައި 430,000 އަކަފޫޓު ހުންނަ ކަންނިގިއްލާގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ދިރޭތަކެތި ގެންގުޅުމާއި މެރިކަލްޗާގެ މަސައްކަތް ވެސް ކުރެވޭނެ ކަމަަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ގެ ކުރިން އީއައިއޯ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. ބިޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ނޮވެންބަރު 21، އެވެ.
އެ ރަށު ކައުންސިލުން ބުނީ އަމާޒަކީ މި މަޝްރޫއުގެ ސަބަބުން ސަރަަހައްދުގެ ދަނޑުވެރިކަން ކުރި އަރައި، އިގްތިސާދީ ކުރިއެރުންތައް ހޯދުން ކަމަށެވެ.
ކަންނިގިއްލާއަކީ ހޯނޑެއްދޫއާއި މަޑަވެލީގެ ދެމެދުގައި ދެ ރަށާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. އެއީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ރިސޯޓު ތަރައްގީކުރަން ނިންމި ރަށްތަކުގެ ތެރެއިން ރަށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލުފޮޅިފޮޅި
26 October 2024
ކޮން ދުވަހަކުންބާ ހަޑިގިއްލާ އިން ބިން ދޫކުރާނީ.. އެދުވަހެއްގެ އިންތިޒާރުގަ މި ހުންނަނީ . .
ގައްދޫގޮއިބެ
26 October 2024
މަޑަވެލި-ހޯނޑެއްދޫ ހިއްކައިގެން ގުޅުވާލައި، ގދ. އަތޮޅު ވެރިކަންކުރާ ރަށުގެ ގޮތުގައި ކަނޑައެޅުމުން މާ ފައިދާ ވާނެ، ދެ ރަށުގެ ކަންސިލުން އެއް ވިސްނުމަކަށް އައިސް ދެ ރަށުގެ ރައްޔިތުންނަށް މަންފާ ހުރި ގޮތަށް ކަންކަން ކުރަން އުޅޭނަމަ ކިހައި ރަގަޅު.
ޕްރިވެޓް
26 October 2024
މިއީ ދަނޑުވެރިކަމުގެ ނަމުގައި ރަށްކުއްޔަށް ނަގާ ފަރާތައް ހާއްސަކުރުމަށް ކުޑަ އަގެއްގައި ދީފައިވާ "ޕްރައިވެޓް" ޕިކްނިކް އައިލެންޑްތަކެއް·· އެރަށްތައް ސާވޭކުރަންދާ ސަރުކާރު މުވައްޒަފުންނަށް ހަމަ ރަނގަޅަށް މިކަން އެނގޭނެ· އެކަމް ޖޫރިމަނާކޮށް ރަށް އަނބުރާ ދައުލަތަށް ނެގުމުގެ އެއްވެސް ބާރެއް ނޯވޭ
ރާވެރިބެ
26 October 2024
މިދިޔަ 20-30 އަހަރު ތެރޭ ތިގޮތަށް ބައިވަރު ފަޅުރަށް ދަނޑުވެރިކަމަށް ދޫކޮށްފި. ކޮބައިތޯ ނަތީޖާ އަކީ؟ސުމެއް! މިކަމުން އެގޭ އެއްޗަކީ މީ ފެއިލްވެފަ އޮތް މޮޑެލްއެއް ކަން. އޭގެ ބަދަލުގަ އަތޮޅުގެ ނުވަތަ ރަށުގެ ރައްޔިތުންގެ 'ކޯޕަރެޓިވް ފާރމް" ތަކަށް ތިކަހަލަ ފަޅުރަށް ދޫކޮށް އެ ފަރާތް ތަކަށް ބޭނުންވާ ފަންނީ އެހީ އާ މާލީ ކެޕިޓަލް ދޫކޮށްގެން ދަނޑުވެރިކަން ޒަމާނީ ފެންވަރުގަ ކުރެވިދާނެ. އަދި އުފައްދާ އެއްޗިހި މާރކެޓަށް ނެރެން ސަރުކާރުން އެހީވާން ޖެހޭ.
ރޫޙްތިނަދޫ
26 October 2024
މަޑަވެއްޔާއި ހޯނޑެއްދޫ ހިއްކައިގެން ރަށްތައް ގުޅުވައި، ކުދި ރަށްރަށުގައި ތިބި އާބާދީ އެއްފަސްކޮށްބަލަ ނުވަތަ ގދ. އަތޮޅު ވެރިކަން ކުރާ ރަށަށް ހަދާބަލަ. ޤަައިމު އިތުރު ތަރައްޤީ އަންނާނެ. މި ދެ ރަށުގައި ވެސް އުޅެނީ ބޯހަރު ބައެއް. ތަމެން ގުޅިގެން އުޅުނީމަ ކާމިޔާބު ލިބޭނެ.