އީރާންގެ ބާޒާރެއްގައި އެއްވެހި ވިއްކަން ބަހައްޓާފައި
29 އޮކްޓޯބަރ 2024 - 00:56
އިޒްރޭލާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ބިންތަކާއި އިރުމަތީ ގުދުސްގައި، ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީ (އަންރުވާ) ގެ މަސައްކަތްތައް ހުއްޓާލުމަށް ކަނޑައަޅަފައިވާ ބިލެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އެމެރިކާއިން ހޯމަ ދުވަހު ބުނީ މި މައްސަލައިގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ޣައްޒާގައި އިންސާނީ އެހީ ބެހުމުގައި އަންރުވާ އަދާކުރާ ދައުރުގެ "މުހިންމުކަން" ބޮޑުކަމަށެވެ.
އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ އަންރުވާގެ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުން ވިސްނަމުންދާތީ "ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށެވެ.
އުންރުވާއިން އދ.ގެ ނިންމުން ކުށްވެރިކޮށްފައި ވާއިރު އިޒްރޭލުން ވަނީ އީރާނަށް ބޮން އަޅައި ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އުންރުވާއިން ބުނީ އދ.ގެ މެންބަރަކު މަސައްކަތްކުރަނީ އދ.ގެ ޖަމިއްޔާތަށް މުލުން ލުހެލަން ކަމަށެވެ.
ޖެނުއަރީ މަހު، އިޒްރޭލުން ތުހުމަތ ކުރީ އަންރުވާގެ ޣައްޒާގެ މުވައްޒަފުންގެ ތެރެއިން 12 މުވައްޒަފަކު އޮކްޓޯބަރު 7 ގެ ހަމަލާގައި ބައިވެރިވި ކަމަށެވެ. އެއަށްފަހު ކުރި ތަހުގީގުތަކުން އެނގުނީ އަންރުވާގައި "ވަކި ފަރާތަކަށް ނުޖެހޭކަމާ ގުޅޭ މައްސަލަތަކެއް" ހުރި ކަމަށާއި، 9 މުވައްޒަފަކު އޮކްޓޯބަރު 7 ގެ ހަމަލާގައި "ބައިވެރިވެފައިވުން އެކަށީގެންވާ" ކަމަށެވެ. ނަމަވެސް އިޒްރޭލުން ކުރި މައިގަނޑު ތުހުމަތުތަކަށް ހެއްކެއް ނުލިބުނެވެ.
"ހަމާސް އާއި އަންރުވާއާ ދެމެދު އޮތީ ފުން ގުޅުމެކެވެ. އަދި އިސްރާއީލަށް މިކަން ބަލައިނުގަނެވޭނެއެވެ." މިހެން ވިދާޅުވީ ބިލުގެ ސްޕޮންސަރުންގެ ތެރެއިން އެކަކު ކަމަށްވާ، ލިކުޑް ޕާޓީގެ މެންބަރު ޔޫލީ އެޑެލްސްޓައިންއެވެ.
"ޔަހޫދީންގެ ވެރިރަށުގެ ހިތުގައި ދުޝްމަނުންނަށް ތަނެއް ނޯންނާނެއެވެ." އޭނާ ޕާލިމަންޓުގައި ބިލު ހުށަހެޅުއްވަމުން ވިދާޅުވިއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
30 October 2024
ފަލަސްތީނުގެ ކަންކަމުގައި ގޮތްކިއުމުގެ ބާރު އިޒްރޭލަށް ދިނީ ކާކު. އިނގިރޭސިންނާއި އެމެރިކާނުންނާއި ވިލާތު ބޮއިކޮޓްކޮށްގެން ނޫންގޮތަކަށް މިކަމަށް ޙައްލެއް ލިބުން ނާދިރު. އެމީހުންނާ ހަނގުރާމަ ކުރުން އަހަރެމެންނަކަަށް އަދި ކުޅަދާނައެއް ނޫން. ޑޮލަރަަށް ނޫނެކޭ ބުނެގެން މިކަން ކުރެވިދާނެ. ގިނަ ގައުމުތަކަކުން ޑޮލަރު ދޫކޮށްލައިފިނަމަ އެމެރިކާނުން ސައިޒްވާނެ.
ދޮން
29 October 2024
އ ދ މިޖެހެނީ އިޒްރޭލަށް ބޯލަބަން ކިހާބޮޑު ޖަރީމާއެއް މީހުޅަގުގެ ވެރިންގެ ރޭވުން މުސްލިމުން ބަޑަށް މެރުން ، އަރަބިވެރިން ހެވިފައި އަތްޖަހަށް އަދުގެ ހާލަތު.
ރަދީފްއޮފިޝަލް
29 October 2024
ނަތަންޔާހޫ ކަލޭ ހުންނާތި ވިސްނައިގެން.އަހަރުމެން ގެންދާނީ ކުރެދި.
ޗޫޤީ
29 October 2024
ޒަޔަނިސްޓުންނަކީ މުޅި ދުނިޔެއަށް ޖެހިފައިވާ ކެންސަރެއް. މިކެންސަރުގެ އަސަރު މިއަދު އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާއަށް. އެމެރިކާއަކީ އެއްތަނުން އަނެއްތަނަށް މިކެންސަރު އުފުލަމުންދާ މުޅިދުނިޔެ އެގައުމަކަށް ސަމާލުވާންޖެހޭ ނުރައްކާތެރި ގައުމެއް. މާތްﷲ އަޅަމެން މިސުންޕާކަމުން ސަލާމަތް ކުރައްވާ ނަސްރުދެއްވާށި. އާމީން.
ވަހީދު.
29 October 2024
ސައުދީއަކީ ތިއަ ކެންސަރުގެ އެންމެ ނުބައި އެއް ސެލް. އެ ސެލް ހަމަލާދެނީ މުޅި އިސްލާމީ އުންމަތައް.