ކަނޑިންމަ ރިސޯޓުގައި ހަދާފައިވާ ކާޓް ރޭސިން ޓްރެކް: މިއީ، މިކަމަށް ހާއްސަކޮށް ރާއްޖޭގައި ހަދާފައިވާ އެންމެ ދިގު ޓްރެކް- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
29 އޮކްޓޯބަރ 2024 - 11:33
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގައި ރާއްޖޭގެ ފުރަތަމަ ކާޓް ރޭސިން ޓްރެކް ހަދައި، ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރިސޯޓުތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ "މޯލްޑިވްސް އިންސައިޑާ" ގައި ބުނެފައިވާ ގޮތުގައި ކަނޑިންމަ ރިސޯޓަށް ޒިޔާރާތްކުރާ ޓޫރިސްޓުންނަށް ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަދާފައިވާ މި ޓްރެކަކީ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވޭ ގޮތަށް ހަދާފައިވާ ޓްރެކެކެވެ.
ގާތްގަނޑަކަށް 500 މީޓަރުގެ މި ޓްރެކަކީ މި ސަރަހައްދުގައި ކާޓިން އަށް ހާއްސަކޮށްފައިވާ އެންމެ ދިގު އަދި އެންމެ ބާރަށް ދުއްވޭ އެއް ތާރު ޓްރެކަކަށް ވާނެ އެވެ. މިއީ ރޭސް ޖެހުމަށް ޝައުގުވެރިވާ މީހުންނަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.
އެ ޓްރެކުގައި 12 ދިމާލެއްގައި ބެންޑްތަކުން އަނބުރާލެވޭނެ އެވެ.
މި ކާޓް ރޭސިން ޓްރެކް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ.
ކަނޑިންމަ ރިސޯޓުގައި ހަދާފައިވާ ކާޓް ރޭސިން ޓްރެކް. -ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ބާރު ސްޕީޑުގައި އުޅަނދު ދުއްވަން ލޯބިކުރާ މީހުންނަށް އެ ފުރުސަތު މި ޓްރެކުން ހޯދައިދޭއިރު މިއީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާޓަށް ހާއްސަކޮށްފައިވާ ތަނެކެވެ.
ކާޓް ޓްރެކްގައި ދުއްވާ މީހުންގެ ސަލާމަތާއި އެ މީހުންނަށް އަރާމުގައި ތިބެގެން މިކަން ކުރެވޭނެ ގޮތް ހޯދައިދިނުމަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކާޓްތަކުގައި އެޖަސްޓެބަލް ސީޓިން އާއި ސޭފްޓީ ބެރިއާސް އަދި ފުލް ސީޓް ބެލްޓް ފަދަ ތަކެތި ހުންނާނެ އެވެ. މާޝަލް ޕޯސްޓްތަކުގެ ސަބަބުން މީހުންނަށް އިތުބާރާއި ފޯރީގައި ރޭސް ކުރިއަށް ގެންދަން ފަސޭހަވެ އެވެ.
ޓޫރިސްޓުންތަކެއް ކާޓް ދުއްވަނީ.- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
އަލަށް ރޭސިން ޖަހަން ބޭނުންވާ މީހުންނަށް ވެސް މި ތަޖުރިބާ ކުރެވޭނެވޭއިރު ކުޑަ ކުދިންނާއި އާއިލާތަކަށް ވެސް ހާއްސަ ޕެކޭޖްތައް ކަނޑިންމައިން ހަދާފައިވެ އެވެ.
ކަނޑިންމައިން ބުނާ ގޮތުގައި ކާޓް ރޭސިން ފެށުމުގެ ކުރިން ސޭފްޓީ ބްރީފިނެއް ވެސް ދޭނެ އެވެ. އޭގެ ތެރޭގައި ކާޓް ގެންގުޅޭނީ ކިހިނެއް ކަމާއި ދުއްވުމުގެ އުކުޅުތައް ވެސް އެކަމުގެ ޓްރެއިނިން އޮތް ފަރާތްތަކުން ކިޔައިދޭނެ އެވެ.
ކަނޑިންމައިގެ މި ޓްރެކަށް ސޯޝަލް މީޑިއާގައި ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު މިއީ އެ ރިސޯޓަށް ޒިޔާރާރްކުރާ މީހުންނަށް މުނިފޫހިފިލުވުމަށް ހަދާފައިވާ ތަފާތު އަދި ޝައުގުވެރި ތަޖުރިބާއަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު.
29 October 2024
ސިޔާމް ވޯލްޑުގަ އޮވޭ މިހާރުވެސް
3
29 October 2024
80 ކަޑައޭ. މާލޭގާ މިއުޅޭ ކަތީބުންތަކަށް 80 ނުވާނެ އެކައްޗަކަށްވެސް.
ކޮވެލި
29 October 2024
ތީގެ ތަނެއް ކާރި ފަޅު ރަށެއްގައި ހަދާފައި މަގުމަތީ ރޭސްޖަހާ ބޯދިގު ކުދިންނަށް ދީ.
ކޮބާތަ
29 October 2024
ކޮބާތަ ކައިރި ފަޅުރަށަކީ؟
ފުއްގަހުގުރާ
29 October 2024
ކައިރީގަ ހުސް ރަށެއް އެބައިންތަ
ީހަސަނު
29 October 2024
ދޫނިދޫ، ނޫނީ ގާމާދޫ ދޯ ކޮވެލި؟
ޖެހިގެން އިންރަށް
29 October 2024
ޖެހިގެން އިންރަށް
މިއައު
29 October 2024
ތިހުރިހާ ކަމެއް ކުރިއަސް އެނދަކަށް ޓެކްސް ދައްކާ ރޭޓު އާދައިގެ ގެސްޓު ހައުސްއެކޭ އެއްވަރު ތިޔަ ބައެއް ރިޒޯޓުތަކުގަ. މީރާއަށް ވެސް ބޮޑުވާނީ ކަންމަތީ ފިހާރަތައް، އެތަން ތަނުގެ ވަތް ގަނޑު ގުނަން ދާނެ