އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ގޮއްވާލި ގެއިން ޝަހީދުވި މީހުންގެ ހަށިތައް ވަޅުލާން ގާޑިޔަލެއްގައި ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
29 އޮކްޓޯބަރ 2024 - 23:33
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ރޭ މީހުން ނިދާފައި ތިއްބާ އިމާރާތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 90 އިން މައްޗަށް އަރައިފި އެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނި ގޮތުގައި، މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއަށް ފަހު އެތަނުގެ ގާތަކުގެ ތެރެއިން މިހާތަނަށް ވަނީ 93 މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ އެވެ.
މަދަނީ ދިފާއުގެ ކަންކަން ބަލަހައްޓާ އިދާރާއިން ބުނީ އަދިވެސް ސާޅީހަކަށް މީހުން ނުފެންނަ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ގޮއްވާލި ގެއިން ޝަހީދުވި މީހުންގެ ހަށިތައް ވަޅުލަނީ. -- ފޮޓޯ: އޭއެފްޕީ
އެ ތަނުގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ފަސް ބުރީގެ ގެ އެއްކޮށް ހަލާކުވެފައިވާ ވާއިރު އެ ގެއިން ޒަހަމްވި މީހުންނަށް ފަރުވާ ދެވޭނެ ސިއްހީ ވަސީލަތްތައް އެ ސަރަހައްދުގައި ނެތް ކަމަށެވެ.
"ބެއިތު ލަހިޔާގައި ހުންނަ އަބޫ ނަސްރު އާއިލާގެ ގޭގައި ހިންގި މި ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު 93 އަށް މިހާރު ވަނީ އަރާފައި. އަދިވެސް ގާތްގަނޑަކަށް ސާޅީހެއްހާ މީހުން ގާތަކުގެ ދަށުގައި ވެއްޖެ ކަމަށް ބެލެވޭ،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ގޮއްވާލި ގެއިން ޝަހީދުވި ބައެއް މީހުންގެ ހަށިތައް އަތުރާފައި. -- ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވީ ހަމަލާގައި ބިމާ ހަމަކޮށްލި އިމާރާތުގައި އެތައް އާއިލާއެއް ރަޖިސްޓްރީކޮށްފައި އޮންނަ ކަމަށާއި އެކަމަކު ހަމަލާއަށް ފަހު އެތައް އާއިލާއެއް ރަސްމީ ރަޖިސްޓްރީން އެއްކޮށް އުނިކުރަން ޖެހިއްޖެ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ބައިތު ލަހިއާ ސަރަހައްދުގައި ދިން ހަމަލާއެއްގައި "އާންމުންނަށް ގެއްލުންވި" ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހޯދަންޖެހޭ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.
މަންޒަރު ދުށް މީހަކު އޭއެފްޕީ އަށް ބުނި ގޮތުގައި ޝަހީދުވި އެންމެން ކަހަލަ ގޮތަކަށް އެއީ އަންހެނުންނާއި ކުޑަކުދިންނެވެ. ސަލާމަތްވި މީހުން ވަނީ ޒަހަމްވެފައި ކަމަށާއި އެ މީހުންނަށް ފަރުވާ ދޭން އެހެން މީހުން މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދުގައި ސިއްހީ ހިދުމަތެއް ލިބޭނެ ގޮތެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެެދުރުއުމަރު
30 October 2024
އެމެރިކާ އަކީ ލަދު ގަންނަން އެނގޭ ބަޔަކަށްނުވާއިރު މުސްލިމުންގެ ދެރަކަމަކީ އެމީހުން ކިޔާހާ އެއްޗަކަށް ހަދާހާ ގޮތަކަށް އާހޫކިޔާތީ، މުސްލިމުވެރިންގެ ގޮތުގައިތިބީ %90 މުނާފިޤުން، އެހެންވީމާ ހިއުމަން ރައިޓްސްއޭ ޓްރެއިނިންގއޭ ކިޔައިގެ އަންނަ މީހުންނަށް ނޫނެކޭ ބުނަންވީ، މުސްލިމުންގެ އަތުން މަންފާނަގައިގެން ހުރިހާ ކަމެއް މިކުރަނީ އެމެރިކާއަޑީގައި އޮވެގެން ހައްދު ފަހަނައަޅާފައިވާ އިޒުރޭލުގެ ނުބައިކަމުން މުސްލިމު އުންމަތް ސަލާމަތްކޮށްދެއްވުމަށް ދުޢާކުރުން
ރިވެރ
30 October 2024
ދުނިޔޭގެ އިންސާނީ ހައްގޭ ކިޔާ މީހުންގެ އަޑުވެސް ފަނޑުވެފައި. އަންހެނުންނާއި ޅަދަރިން މަރާއިރު ނުފެންނަ ކަމަށް ހަދައިގެން. އ.ދ އޭ ކިޔާތަނަކީ އެއްވެސް އަގެއް ހުރި ތަނެއްނޫން. ޔުކުރޭން ކަންތަކުގައި ހީވީ އެހެންފަދަ ކަމެއްހެން. ފަލަސްތީނުވީމައި ކަނުބަޔެއްފަދަ. މަދުންނަމަވެސް ދިވެހިންގެ ތެރޭގައިވެސް އެފަދަ މީހުން އުޅޭ