04 ނޮވެމްބަރ 2024 - 10:31
ކަނޑުމަތީގެ ބޮޑެތި އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން، ކޯސްޓްގާޑުގައި ވަކި ޔުނިޓެއް އުފައްދައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ސްޕެޝަލް ބޯޓު ސްކޮޑްރަން (އެސްބީއެސް) އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ އެސްބީއެސްއަކީ ކޯސްޓްގާޑުގެ ތެރޭގައި ހާއްސަ ތަމްރީނު ލިބިފައިވާ އެލީޓް މެރިޓައިމް ޔުނިޓެއް ކަމަށެވެ. އެއީ، މެރިޓައިމް ޑޮމެއިންގައި ރެޕިޑް ރެސްޕޮންސް އަދި ހައި ސްޓޭކްސް އޮޕަރޭޝަންތަކަށް ހާއްސަ ޔުނިޓެއް ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި، ކަނޑުއަޑީގައި އެއްޗެހި ގޮއްވާލުމާއި ޓެރަރިޒަމްގެ ހަމަލާތަކާއި ކަނޑުފޭރުމާއި ހަމަލާ އެޅި މީހުންގެ ފޭރުމާއި މަސްތުވާތަކެތީގެ ވަގުފާރިއާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމަށް ތަމްރީނުދީ އަދި އެފަދަ ހާލަތްތަކަށް އަބަދު ވެސް ތައްޔާރީ ހާލަތުގައި ތިބޭނެކަން ފާހަގަކުރި އެވެ.
އެކި ހަމަލާތަކާއި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޑްރިލް އެއް ސިފައިން ވަނީ އިއްޔެ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި، އަލަށް އުފެއްދި ސްކޮޑްރަންގެ އޮޕަރޭޝަންތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 November 2024
މިހާރު ކަމެއް ކުރޭތޯ؟ މިޓަރީގޮތުން އެއްވެސް އާރޭބާރެން ބަޔަކު ދުންއަރުވާފަ މާމިޓަރީވެގެން އުޅޭތި ހައިރާންވޭ! އިންޑިޔާސިފައިން ރާއްޖޭ ދެމަސްދޯންއެރި އެވަގުތު ރާއްޖެ ސިފައިނައް މިޓަރީގޮތުން އެކަން ހައްލުނުވާނެ ވާހަކަ ދައްއިގެން ހައްލުވާނީ! ބުނެއުޅޭ އެކަކުންޏެއް އެކުންޏެއްގެ ވަރުން ހަރު ކޮންނާށޭ
ގެދާނޯމޮސް
04 November 2024
މިޒަމާނަކީ އޭއި ބޭނުންކޮށްގެން ދުޝްމަނުންނަށް ހަމަލާ ރާވާ ޒަމާނެކެވެ. ކުރިއަރާފަވާ ގައުމުތަކުގެ އެހީގައި އުޅެން ވިސްނަން ޖެހިފަވާ ބިރުވެރި ދުނިޔެއަކަށް މިކުޑަރާއްޖެ ވަނީ ވެފެއެވެ.