ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
05 ނޮވެމްބަރ 2024 - 10:58
ދައުލަތުގެ ވަޒީފާއެއް އަދާކުރާ މީހަކު ހޯދާފައިވާ މުއްސަނދިކަން ސާބިތު ކޮށްދިނުމުގެ ޒިންމާ ތުހުމަތުވާ ފަރާތަކުން އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ގާނޫނު އިސްލާހު ކުރަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާފައި އޮތް ގޮތުން މާނަ ކުރުމުގައި އޮޅުން އަރާތީ ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ ބޭނުމުގަ އެވެ.
އެ ގާނޫނުގެ 515 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަމްބަރުގައި ކުރިން އޮންނަ ގޮތުން ދައުލަތުގެ މަގާމް އަދާ ކުރި މީހަކަށް ނުހައްގު މުއްސަނދިކަން ސާބިތު ކުރަން އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އޭނާ އާ އާއިލީ، ޒާތީ، ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއް ކަމަށް ގަބޫލު ކުރުމަށް އެކަށީގެންވާ ހެކި ހުންނަން ޖެހެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ ދައުލަތުގެ މަގާމެއް އަދާކުރާ މީހަކު ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމުކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަ ކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވޭ ނަމަ އެކަން ކުށަކަށް ވާ ގޮތަށެވެ.
އެހެންވެ އެ އިސްލާހާ އެކު ކުށް ސާބިތު ކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭނީ ތުހުމަތުވާ ފަރާތެވެ.
އެ ބިލުގައި ދައުލަތުގެ މުވައްޒަފެއް ކަމަށް ބުނާ ބުނުން ވެސް ވަނީ އިތުރަށް ސާފުކޮށްދީފަ އެވެ. ގާނޫނުގައި މިހާރު އޮންނަނީ ނުހައްގު މުއްސަނދިކަން ހޯދާފައި ވަނީ "ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކަށް" ކަމަށެވެ. ނަމަވެސް އެ އިބާރާތް "ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި އަދާކޮށްފައިވާ މީހަކަށް" ބަދަލު ކުރަން ވަނީ ހުށަހަޅައިފަ އެވެ.
އެ ބިލު ހުށަހަޅަމުން މެންބަރު ރިޒާ ވިދާޅުވީ ބާޑަން އޮފް ޕްރޫފް އޮތީ ސީދާ ޝާމިލްވާ މީހާގެ މައްޗަށް ކަމަށް އޮތުމުން އެސެޓްތައް ހޯދައި ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށް ފަރުދުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
"އެސެޓު ހޯދުމުގައި ހިމެނޭ ހަރުކަށި ޒިންމާ ފަރުދުންނަށް އެނގޭ ވަރަކަށް ކޮރަޕްޝަނާއި ފަސާދަ ނެތިގޮސް ހިސާބު ނުކުރެވޭ މުއްސަދިކަމުގެ މައްސަލަތައް މަދުވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެނސް
08 November 2024
މިއީ ރައްޔިތުން އަޅުވެތި ކުރުމިގެ ބޮޅެއް
ހިތަދޫ ހުސެން
05 November 2024
މި ގާނޫނަށް ބަދަލް ގެނެސް 50،000 ރައްޔިތުންގެ ސައްހަ ޕެޓިޝަނަކުން ތުހުމަތު ކުރެވި ތަހުގީގު ހިނގޭނެ ގޮތް ހަދަންފެނޭ، އޭރުން ވަކި ވެރިއަކު ހުރެގެން މައްސަލަ ނުބެލޭގޮތަށް އޮތުން ނިމޭނެ.
ބުރަތޭރީ
05 November 2024
ގައުމުން ފަސާދަ އާއި ކޮރަޕްޝަން ނައްތާލުމަށް ތެދުވެރި ނިޔަތެއް އޮތްނަމަ، ބިލް ފަރުމާ ކުރަންވާނީ ކޮންމެހެން ދައުލަތުގެ މަގާމް އަދާކުރާމީހުންނަށް އެކަންޏެއްނޫން...ޢާންމު ފަރުދުންވެސް މަސައްކަތެއްނުކޮށް ހޯދާ މުއްސަދިކަން ބެލެންވާނެ
ބުރާންތިބެ
06 November 2024
މި މާއްދާއަކީ ދައުލަތުގެ މުއައްސަފުންނާއި ގުޅޭ ގޮތުން އޮންނަ މާއްދާއެއް. ތިބުނާ މާއްދާއަކީ އަދި އެހެން ނަމްބަރެއް. އެވެސް އަދި ބަދަލު ކުރާނެ.
ޒިބްލީ
05 November 2024
މިހާރު މަޖިލީހުގައިތިބި މެންބަރުން އިސްތިސްނާ ވާނެ ގޮތަކަށް ހަދާ..އެއްމެ ކޮރަޕްޓްމީހުން އެތިބީ އެތާ..
ފޮނިޓައްޕުހަސަނު
05 November 2024
ތިޔަ އިސްލާހަށް މިމާއްދާ އިތުރުކޮށްލައްވާ. "ޖެނުއަރީ 1978 އިން ފެށިގެން ދައުލަތުގެ މަގާމުތަކުގައި ތިބެ ނުހައްގުން މުއްސަނދި ވެފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރެވޭނެ އެވެ.
ޖަމީލް އަލީ ކާން
05 November 2024
ކީއްވެތަ ޑުރަގު ވިއްކައިގެނާ އެ ނޫން ގޮތަށް ފޭރިގެންނާއި ބުލެކްމެއިލް ކޮށްގެން މުއްސަނދިވެ ގެދޮރާ ކާރާ ގެސްތުހައުސްއާއި ސަފާރީ ހޯދައިގެން އުޅޭ މީހުން ތިޔަ ޤާނުން އިސްތިސްނާވަނީ . އެއްވެސް ވަޒިފާއެއް އަދާ ނުކޮށް ވިޔަފާރިއެއް ނުކޮށް މިލިއަނުން އެބަ ހަރަދުކުރޭ. ހޭވެސް އަހާނުލާ
އެކްސްް
05 November 2024
އެންމެ ފުރަތަމަ ފަށަންވީ ދައުލަތުގެ ބޮޑުންނާއި، މަޖިލީސް މެންބަރުން އަދި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑާއި ހަމައިން. އެއްސަހަރެއްގައި އުޅުނު މީހަކު ބޮޑު އިމާރާތެއް އަޅާފައި، އިމާރާތްކުރި ފަރާތަށް ނަގުދު ފައިސާ ދިން ވާހަކައަކީވެސް އަޑުއަހާ އުޅޭ މަޝްހޫރު ވާހަކައެއް.
678 ރަނގަޅެއް ނޫން
05 November 2024
މިފަދަ އިސްލާހުން މިހާތަނަށް ދިމާވި ކަންކަމަކީ ހައްޤުގޮތުގައި ފައިސާ ހޯދައިގެން ބޭންކަށް ޖަމާކުރާ ނިކަމެތި މީހުންގެ އެކައުންޓް ބްލޮކްކޮށްފަވެސް އެބަހުރި ދެން އެނިކަމެތި މީހާގެ ކުށަކަށް ވަނީ އެއްފަހާރާ މާގިނަ ފައިސާ ލިބުން ހަޤީޤަތަކީ ފައިސާ ލިބެނީވެސް ހުއްދަ މަސައްކަތުން، އެކަމަކު އެއީ ނިކަމެއްޗެއްވީމާ އެކައުންޓް ބްލޮކްކޮށް ބާރުގަދަ މީހުން ބޭނުންވަރަކަށް ފައިސާ ޖަމާކުރުމަށް އެމީހުންނަށް އޮންނަނީ ފުރުސަތު ހުޅުވިފަ...
ހައްގުބެ
06 November 2024
ތިއީ ކަނޑައެޅިގެން ދޮގެއް. ހައްގު ގޮތުގަ ލިބޭ އެއްޗެއް ސާބިތުކޮށް ނުދެވެނީ ކީއްވެޔޯ؟ ހައްގު ގޮތުގަ ލިބޭ އެހާ ބައިވަރު ފައިސާ ސާބިތު ކޮށް ދެވޭނެ. ސަލާން ޖަހަން މަގުމަތީ ހުއްޓާ މީހަކު ލައްކައެއް ނުދޭނެ.
1818
05 November 2024
ވަކިބަޔަކު ފިޔަވާ އެހެންބަޔަކު މުއްސަދި ވުމަކީ ކުށެއް!
ރާވެރިބެ
05 November 2024
މި އިސްލާހު ގާނޫނަށް ގެނައުން ވަރަށް މުހިއްމު. ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ އިތުރު ފިޔަވަޅެއް. އެކަމަކު މުހިއްމީ މި ގާނޫނު ތަންފީޒު ކުރުން. ސަރުކާރުގަ އުޅެމުން ނުވަތަ ސަރުކާރުގެ ކުންފުންޏެއްގަ އުޅެމުން ކޮރަޕްޝަނުން ހޯދާ ފައިސާއިން މުއްސަނދި ވެފަ ތިބި މީހުން ބައިވަރު. މިދިޔަ ސަރުކާރުގެ މަތީ ވަޒީފާތަކުގަ އުޅެފަ މިހާރު ރިސޯޓު ހިންގުމާ ބޮޑެތި ބިލްޑިންގ ތަށް އިމާރާތް ކުރާތަން އެބަ ފެނޭ. ބެނުމީ އަވަސް ފިޔަވަޅު.