މާލޭގެ އާ ސަރަހާ މަރާމާތަށް ފަހު ހުޅުވާފައި. -- ފޮޓޯ | މާލެ ސިޓީ ކައުުންސިލް
06 ނޮވެމްބަރ 2024 - 11:55
ސަރުކާރު ގަބޫލުކުރާ ޔުނިވާސިޓީއަކުން ކިޔަވައިފި ނަމަ އިތުރު ކޯހެއް ނުވަތަ ޓެސްޓަކާ ނުލައި ކަށުކަމާކެމީގެ ސަނަދު ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި، މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ނުވަތަ ސަރުކާރު ގަބޫލުކުރާ އެހެން ކޮލެޖު/ޔުނިވާސިޓީއަކުން ވިއަސް ހަ ދާއިރާއެއްގެ ތެރެއިން ދާއިރާއަކުން ކިޔަވައިފި ނަމަ، އިތުރު ކޯހެއް ނުވަތަ އިމްތިހާނަކާ ނުލައި ކަށުކަމާކެމީގެ ސަނަދު ދޭނެ ކަމަށެވެ.
ގަވައިދު މިހާރު އޮންނަ ގޮތުން، ސަރުކާރުން ހުއްދަ ދީފައިވާ ތަނަކުން ކިޔެވިއަސް ކަށުކަމާކެމީގެ ކަންކަމަށް މިނިސްޓްރީން ހާއްސަކޮށްފައިވާ ވަކި ޓެސްޓެއް ހަދަން ޖެހެ އެވެ. ލައިސެންސް ދެނީ އެ އިމްތިހާނުން ފާސްވުމުންނެވެ.
އިތުރު އިމްތިހާނަކާ ނުލައި ސަނަދު ލިބޭ ކޯސްތަކަކީ
- ބެޗްލާ އޮފް އިމާމްޝިޕް
- ބެޗްލާ އޮފް އިސްލާމިކް ސްޓަޑީސް
- އެޑްވާންސް ސެޓްފިކެޓް ފޯ އިމާމްޝިޕް
- ސެޓްފިކެޓު 3 ފޯ އިމާމްޝިޕް
- ސެޓްފިކެޓް 3، ޖަނާޒާ
ޝަހީމް ވިދާޅުވި ގޮތުގައި އެއީ ކަށުކަމާކެމީގެ މައުލޫމާތާއި ޖަނާޒާއާ ބެހޭ އިލްމީ މާއްދާތަކުގެ ނަޒަރީ އަދި އަމަލީ ބައިތައް ކިޔަވައިދޭ ޕްރޮގްރާމްތަކެކެވެ.
އެ ކޯސްތައް ފުރިހަމަކޮށްފި ނަމަ އިތުރު ޓެސްޓަކާ ނުލައި ސަނަދު ދޭން ނިންމީ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރާ މީހުން މަދުވުމުން އެކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގޭ
06 November 2024
ޝޭޚުންގެ ކޮމެންޓަކަށް ވަރަށް އިންތިޒާރު ކުރެވޭ!