ޓްރެވެލޫޝަން މެގެޒިންގެ ތިން ވަނަ އެޑިޝަން ނެރެނީ: މިއީ ރާއްޖޭގެ ޓޫރިޒަމާބެހޭ މައުލޫމާތު ހިމެނޭ މެގަޒިންއެއް --- ފޮޓޯ/ޓްރެވެލޫޝަން
09 ނޮވެމްބަރ 2024 - 19:21
ޓޫރިޒަމް ދާއިރާގެ މައުލޫމާތުތައް ހިމެނޭ ރާއްޖޭގެ ޓްރެވަލް މެގެޒިން، "ޓްރެވެލޫޝަން"ގެ ތިން ވަނަ އެޑިޝަން ނެރެފި އެވެ.
މާކެޓިން އެންޑް ޕީއާރު ފާމް، "ދަ ޓްރެވަލް ގާއިޒް" ގެ އެ މެގެޒިން ނެރުނީ ލަންޑަންގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގަ އެވެ.
އެ މެގެޒިން ނެރެދީފައިވަނީ އަދާރަން ރިސޯޓްސްގެ ސޭލްސް އެންޑް މާކެޓިންގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ދިސަޔަނަޔަކަ އެވެ.
މިފަހަރުގެ އެޑިޝަންގައި ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ލިޔުންތައް ހިމެނޭނެ އެވެ. އޭގެ ތެރެއިން ވެސް ލިޔެލާ ޖެހުމާއި ތުނޑު ކުޑާ ވިއުމާއި ބޮޑުބެރާ ގުޅޭ ހާއްސަ ލިޔުންތައް ހިމެނިފައިވެ އެވެ.
ދަ ޓްރެވަލް ގައިޒްގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު ވިދާޅުވީ ޓްރެވެލޫޝަންގެ އާ އެޑިޝަންގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ނެރޭ އެ މެގެޒިންގެ ލިޔުންތަކާއި ވިޝުއަލް ކޮންޓެންޓަކީ މިހާތަނަށް އެ މެގެޒިންގެ އެންމެ ފުރިހަމަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރެވެލޫޝަންގެ ހަތަރު ވަނަ އެޑިޝަން ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 November 2024
ކޮންތާކުންތަ ތިއެއްޗެއް ނެރުނީ؟.
އަބޫ އ
09 November 2024
ވެދާނެއެވެ. އެކަމަކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރު ވެރިއަކަށް އެފަދަ ކަމެއް ކުރާމަންޒަރެއްވެސް ދައްކުވައިދެވޭނެ ގޮތެއް އަދި މިހާތަނަށް ފަހި ކުރެވިފައި ނެތޭ ބުނާހާވެސް މަދެވެ. ހިތާމަޔަކީ ބާޒާރުގައި ވިއްކަން ހުންނަ ގިނަ އެފަދަ މުދަލަކީވެސް ބޭރުން ހައްދައިގެން އެތެރެ ކޮށްފައި ހުންނަ މުދަލަށްވާކަމެވެ.