މިޔަރެއް ސަލާމަތްކުރަން އުޅުނު މީހަކަށް އެ މިޔަރު ހަމަލާ ދެނީ..
15 ނޮވެމްބަރ 2024 - 16:57
ކ. މާފުށީގައި ޑައިވިނަށްދިޔަ ޓޫރިސްޓަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެ ހަމަލާގައި ޒަހަމްވީ ޗައިނާގެ 45 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނީ އެ ޓޫރިސްޓަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ ޕޮލިހުން ބުނީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެމްއެންޑީއެފް ޓްރެއިނިންގައު އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކަށިފޮތި
17 November 2024
އިއްޒަތްތެރި ރައީސްވޭ. ދައުލަތަށް ނުހަނު ބޭނުންވެފައިވާ ދަރަނި އަދާކުރުމުގައި އަޅުގަނޑު އެހީތެރިކަން ލިބިދޭން ބޭނުންވޭ. 2010 ވަނައަހަރު މަނާކިރި މިޔަރު މަސްވެރިކަން ކުރުމަށާއި ނުހަނު އަގުބޮޑު ކަށިމިޔަރު ތެޔޮ އުފައްދުމުގު ހުއްދަ ދެއްވުމަށް ދަންނަވަން. އަދި ކަށިމިޔަރު ތެޔޮ ބޭރުކުރާ ތަނަކަށް އެސްޓީއޯ ނޫނީ މިފްކޯ ހަމަޖައްސަން ދަންނަވަން. ދިވެހިމަސްވެރިކަމުގެ ނަފާ ދިވެހިންނަށް ދެއްވާ.
ރަށްފުށު ސޮރު
16 November 2024
ޙަބަރުތަކުގެ ފަލަ ސުރުހީއަށް ނޭރިޔަސް، މިހާރުވެސް އަހަރުން ރަށުގަ ޒުވާނެއްގެ ބަނޑުގައި މިޔަރު ވަރަށް ބޮޑަށް ދަތް އަޅައިގެން ފަރުވާ ހޯދަމުން އެބަދޭ. ކުރީ ދުވަހު ފީނާލަން ދިޔަ ފަޅު ރަށެއްގެ ބޭރުމަތިންވެސް ފެނުނީ ސިއްސައިގެންދާ ވަރުގެ ބޮޑެތި މިޔަރުތަކެއް. ) މަށަކީ އާއްމުކޮން ކޮންމެ ދުވަހަކުހެން ފީނަންދާ މީހެއް. އެކަމު މި ފަހުން މިހާރު މަންމަ ކޮންމެ ދުވަހަކު ބުނާނެ، އެކަނި ފީނަންގޮސް ނުވާނޭ! ކުރިން އެކަމް އަޅައެއް ނުލާނެ. މިޔަރު މަދުކުރަންވެއްޖެ !
މިޔަރުސް
16 November 2024
ރާއްޖޭގެ މިލިޔަނޭޒް އަށް ގެއްލުންވާނެ މިޔަރު ބާނަން ހުއްދަ ދިނީމަ. އެކަމް ދެތިން ޓޫރިސްޓުން ކާލާ ހިސާބުން މިލިޔަނޭޒް ބުނާނެ އެމީހުންގެ ރިޒޯޓްސްތަކަށް އެކަނި މިޔަރު ބޭނުމުގެ ހުއްދަ ދޭން. އެއީ އެހެން ދިވެހިންނަކަށް ނޭނގޭނެ މިޔަރު ބާނައިގެން އޭގެ ޕޮޕިއުލޭޝަންއަށް ގެއްލުން ނުވާގޮތަށް ކާކަށް. ބޭސްކުރުމުގެ ވާހަކަ ނުދައްކަމާ.
ފައިކަށި
17 November 2024
ސަޅިނކޮމެންޓެއް. ދިވެހި ޢާންމު ދަރުދަކު ބުނެފިނަމަ އަޑެއް ނީވޭނެ. މިޔަރުގެ ދިރާސަަހަދާ މިނިސްޓްރީން މިފަދަ ޙަދިސާތައް ދިމާވާ މިންވަރު ތަފާސް ހިސާބަށް ގެނެވޭނީ ބާރުގަދަ ފަރާތެއްގެ ޢަައިލާއަކަށް ކަމެއްވީމާ. ތުއަރިޒަމް އަށާނފިޝަރީޒް މިނިސްޓްރީއަށް ދެންނަނީ ޑޮލަރކޮޅެއް. އިންސާނީ ފުރާނައަކީ އަގެއްނޫން. ކިތައް މީހުންނަށް މި ވޭތުވެ ދިޔަ 3 އަހަރުގެތެރޭ ހަމަލާނދީފިތޯ
ހަސަންދި
16 November 2024
ކަނޑައެޅޭ ގަވާއިދެއްގެ ދަށުން ވަކި ސަރަހައްދު ތަކަކުން މިއަރުގެ މަސްވެރިކަން ކުރުމަށް އާއްމު ރައްޔިތުންނަށް ހުއްދަދޭންވީ. މިހާރު މިޔަރުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެ.
މަނާން
16 November 2024
މިޔަރު ނުބާނައި ނުކައި ނުތިބެވޭނެކަން އަންގާ ސިޓިއެއް ލިޔެފަ މުއައްސަސާތަކަށް ފޮނުވީމަ ރަނގުވާނެ. މިޔަރު ބާނައިގެން ބޭސްވެސް ކުރެވޭނެ އޭރުން.
ދަހިބެ
16 November 2024
މިޔަރު ވިއްކައިގެން މިލިއަނުން ޑޮލަރު ހޯދާއިރު އޭގެތެރެއިން ސަތޭކަ ޑޮލަރު މާރުކޮށްލަދޭށޭ ބުނީމަ އިންޒާރުދީ ބިރުދައްކާ ބަޔަކަށް އެކަނި މިޔަރުގެ ފައިދާ ނެގޭގޮތަށް ގަވާއިދު ހަދާފަ ބާއަވާނެ ކަމެއްނެތް، އާއްމުމީހުނަށްވެސް މިޔަރުވިއްކޭނެގޮތް ހެދީމަ ސަރުކާރަށް މާގިނަ ޑޮލަރުވަންނާނެ، ކަނޑައެޅޭ ގަވާއިދެއްގެ ދަށުން ވަކި ސަރަހައްދު ތަކަކުން މިއަރުގެ މަސްވެރިކަން ކުރުމަށް އާއްމު ރައްޔިތުންނަށް ހުއްދަދޭންވީ..
ބޮކިއަލިބެ
16 November 2024
އެހެންވީމާ ޕާޓޭންނާއި މިޔަރާއި ކާޅާއި ވާލާއި މަދިރިރި އަދި ތަންމަކުނު ފަދަ ތަކެއްޗަކީ އެއްހަމައެއްގައި ކުށުގެ ވެއްޓެއްގައި އުޅޭބައެއްތާ. ޖަނަވާރާއި ސޫފާސޫފިތަކުގެ ކުށްތަކަށާއި ކުށްކުރާތެތި ކުށްވެރިކުރުމާއި އަދަބުދެވޭނެ ގާނޫނެއް ވުޖޫދުކުރުމަށް ބޮޑުއަބުއްރަހީމުބޭގެ ހިރިޔާފާތުރަޔަށް ދަމާބަހީ.
މިޔަރޭ
15 November 2024
މިޔަރަށް ކާންއަޅާފަ މިޔަރު ގަނޑުތެރެއަށްވަނީމަވާނީ އެހެން .
raajje
15 November 2024
މިޔަރުއެކަންޏެއްނޫންގިނައީ، ގިނަރަށްރަށުގައި ވާލާކާޅުގެއުނދަގޫވެސްވަރަށްބޮޑު، ލ.ގަމުގެ ބޮޑުމަގުގައިވެސް ރޭގަނޑު ދުއްވާލެވޭވަރުނުވޭ ދެންމެދެންމެ މޫނުމަތީވާލެއްޖެހިދާނެހެންހީވާނީ، ދުވާލު ކާޅުގެއުނދަގޫ އެހާބޮޑު، ސިޔާސީޑުރާމާކުޅެފަ އާންމުރައްޔިތުންނަށް ފަސޭހަވާނެމިފަދަކަންކަމާމެދު ވިސްނޭވަރެއްނުވޭ ކައުންސިލްތަކަކަށް އަދި އެހެންމުއައްސަސާއަކަށްވެސް، ވޭތުވެދިޔަތަނުގައި ކައުންސިލްތަކުގައިއެންމެބުރަކޮށް ކޮށްފައިވާމަސައްކަތަކީ ވައްކަންކުރުންކަމަށްބެލެވޭ
ދޮހޮއްތުބެ
15 November 2024
ތިޔަ ހިފާ ގައުމައް ޑޮލަރުވައްދާ … ތިޔަވިއްކައިގެން ރިސޯޓު އާމްދަނީ ހޯދާފަ ފައިސާފޮއްޗެއް މާރުކޮއްލަން ނުކުރެވި