ނާޒިމް ވިދާޅުވީ 4،000 ފްލެޓަށް ކަރަންޓާއި ފެން ގުޅާނެ ފައިސާ ވެސް ނެތް ކަމަށް.
18 ނޮވެމްބަރ 2024 - 12:18
ހުޅުމާލެ 2 ގައި ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4،000 ފްލެޓުގެ މަސައްކަތް ނިންމަން އިތުރު 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ކުރިއަށް ގެންދާ ބަޖެޓް ބަހުސްގައި އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހައުސިން މަޝްރޫއުތައް ވެސް ހިންގީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސި) މެދުވެރިކޮށް ހިންގާ 4،000 ފްލެޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެ މަޝްރޫއު ނިންމަން ކުރަންޖެހޭ ކަންކަން ކުރެވޭ ގޮތަކަށް ނޫނެވެ.
އެ މަސައްކަތް ނިންމަން އިތުރު 30 މިލިއަން ޑޮލަރު ބޭނުންވިޔަސް އެ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"[އިމާރާތުގައި] ކަރަންޓު ލާކަށް ފައިސާއެއް ނެތް، ފެން ގުޅާކަށް ފައިސާ ނެތް، ސެކިއުރިޓީއެއް ހިމެނިފައި ނެތް. ސަރުކާރުން އެތަނަށް ވައްދާނެ މީހުން މިއަދު ވެސް ނިންމި ދާނެ. އެހެން ނަމަވެސް ވަދެވޭނެ ގޮތެއް އަދިވެސް ނެތް. އަދިވެސް އެ ފައިނޭންސް ހަމަޖެހޭނެ ގޮތް ނެތް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭގެ ތެރެއިން 2،000 ޔުނިޓު އަޅަން ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓުގެ އިތުރުން ދިވެހި ސަރުކާރުން 15 ޕަސެންޓު ދައްކާ ގޮތަށް ކަމަށެވެ. އެކަމަކު އެ ފައިސާ އަދިވެސް ނުދެއްކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ހައުސިން ކަންކަން އޮތީ އެހެން. އެއްވެސް ކަމެއް ފުރިހަމަ އަށް ދެކޮޅު ޖެހޭ ގޮތަށް ކުރީ ސަރުކާރު ކޮށްފައި ނެތް ކަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްލަބް މުހައްމަދު
19 November 2024
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ މީ މިމީހުންގެ ސަރުކާރުން ހޭވި ހަޑި. އެއްވެސް އުސޫލެއް ނެތި ކަންކަން ހިންގާފަ އޮތީ.
ހައުލަތް
19 November 2024
ތޯތީ ކޮށް އެއްވެސް ތާކުން ތާކު ނުޖެހޭ ހެން ކޮށްފަ މިއޮތީ. އިބޫ އަކީ އެއްވެސް ކަމެއް ވާ މީހެއް ނޫން
ހބޖބޖބކބ
19 November 2024
އަދިވެސް ހިލޭ އަގުބޮޑު ބިންތައްބަހާތި. ހިލޭ ބިންދިނުމަކީ ފްލެޓްތަކުގަ އުޅޭ މީހުން ފައިސާ ދައްކަން ބޭނުން ނުވާ ސަބަބެއް.
މަމްދޫހް ރަޝީދު
18 November 2024
ރައީސް މުއިޒްގެ ސަރުކާރުން މިހެން ނުގެންދާނެ ކަންކަން. ބަލަން ތިބޭ. ހަރިދަނާ ވާނެ
މުއާވިމް
18 November 2024
މިގައުމަށް ޖެހިފައިވާ ބޯހިޔާވެހިކަން ހައްލުކުރާނީ ރައީސް މުއިއްޒް
ޖީހާމް
18 November 2024
ނަމެއްގަ ފްލެޓް އެޅީމޭ ބުނަމް ސޯލިހް މިދިޔައީ ބޮޑު ވަރު
އަމީން ފައިސަލް.
18 November 2024
މިހެންވެ ބުނަނީ ރައީސް މުއްޒް އޭ ބޯހިޔާވެހިކަން ހަމަޔަކަށް އަޅުވާނީ. މި 30 މިލިޔަން ހަމަޖައްސާ މިތަނަށް ވަދެވޭ ގޮތްވެސް ހަދާނީ ރައީސް މުއިއްޒް
އަބްދުﷲ މަޝްއޫދު
18 November 2024
ފްލެޓް ނިންމާނެ ފައިސާ ހަމަނުޖައްސާ އެބުރަވެސް މި ސަރުކާރަށް ޖައްސާފަ ސޯލިހް މިދިޔައީ
އަތްލަބް
18 November 2024
އިބޫ ކަންކޮށްފަ ދިޔައީ މުޅިންވެސް މިހެން. ތޯތޯކޮށް
ހުސެން ޖަލީލް
18 November 2024
އެމްޑީޕީން ކަމެއް ފަށާފިއްޔާ އެއްގަނޑުން ކޮއްފަ އޮންނާނީ.