ހުޅުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއި ކުރަނީ--ފޮޓީ: ހުޅުމާލެ ހޮސްޕިޓަލް
18 ނޮވެމްބަރ 2024 - 18:06
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އިން އާރުޑީސީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރީ އިމަޖަންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތް ފުޅާކުރުމަށްޓަކައި ސިވިލް ވޯކް އެންޑް އިންޓީރިއާ ފިނިޝިންގެ މަސައްކަތް 60 ދުވަސް ތެރޭގައި ނިންމުމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ އަދި ޖީއޯޕީޑީ ހިދުމަތް ހޯދި މީހުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްގައި މިހާރު ހުރީ ހަތް އެނދުގެ އިމަޖަންސީ ރޫމެއް ކަމަށާއި ނަމަވެސް މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ގާއިމް ކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"...މި ތަފާސްހިސާބުން ދައްކައިދެނީ ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތަށް ހުރި ބޮޑު ޑިމާންޑް. މި އިތުރު ކުރެވޭ ކެޕޭސިޓީގެ ސަބަބުން މި ބޮޑު ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ،" ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
ސަރުކާރުން ވަނީ ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި އެ ދެ ތަން ގުޅާލައިގެން، 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ވެސް ނިންމައިފަ އެވެ.
ހަ ބުރީގެ އިމާރާތުގައި މިހާރު ވެސް އަންނަނީ އައިސީޔޫ އަދި އެންއައިސީޔޫ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ ތަން ވެސް މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
19 November 2024
ހަވާލު މިކުރަނީ ސަރުކާރުގެ ކުންފުނިތަކާ.ރައްޔިތުމީހުންގެ ކުންފުނިތަކަށް ވާނެގޮތް ވިސްނާލައްވާ.
ރޯޑް ޙާނު ކޮއްކޮ އެމް ޑީ ޙާނު
19 November 2024
ހީރޯ ކުއްފުނިން މަސައްކަތް ނުފަށާބާ ؟ ރަނގަޅު ފައިދާއެއް ލިބޭނެކަމަށް ޤަބޫލުކުރެވޭ !!!!
ސަޅި
19 November 2024
މިހާރުދެން މާމޮޅަށް ތަރައްގީގެ ކަންކަން މިއޮންނަނީ.. ފުރަތަމަ ނަންބޯޑު ބަދަލުކޮށް ދެން މިފަށަނީ މަސައްކަތް..
އަލީ ހަސަން
18 November 2024
އާރްޑީސީ މަގު ހަދާ ބަޔަކަށް ބިލްޑިންގ ހެދުން/ މަރާމާތު މަސައްކަތްތައް ހަވާލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ އެކަމަށް މާ ޤާބިލް ދިވެހި ކުންފުނިތައް އެބަތިބި. އެސްއޯއީ ތަކަށް މިގޮތަށް މަސައްކަތް ހަވާލުކުރުމަކީ ދިވެހި ކުންފުނިތައް ފުނޑާލުން. އާރްޑީސީއަށް މަގުތައް ރަގަޅަށް ނެހެދޭއިރު ކިހިނެއްތޯ ބިލްޑިންގ އަޅާނީ؟
ލަބަރި
18 November 2024
ރޯޑް ކޯޕަރޭޝަނުން ހެދި މަގުތަކުން ސަލާމަތް ނުވެގެން އަދި މިއުޅެނީ، ދެން ތިޔަ އިމާރާތުން ސަލާމަތް ނުވެވިގެން އުޅެން ނުޖެހިއްޖެއްޔާ ކިތައްމެހާވެސް ރަގަޅު
އީނާޝް
18 November 2024
އީއާރެއް ނޫން އައިސީޔޫ ބޮޑުކުރިޔަސް ތިތަނުގެ ލެބް ޑިރެކްޓަރ ކަހަލަ މެނޭޖްމެންޓް ސްކިލް ނެތް މީހުން މަތީމަޤާމުތަކަށް ލައިގެން ތި ތަން ކުރިއެއް ނާރާނެ.
މުހައްމަދު 22
18 November 2024
އާރުޑީސީން މިހާރު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ވިޔަފާރިއަށް ވެސް ވަނީ ދޯ
އައިޝާ
18 November 2024
ހުޅުމާލެ ހޮސްޕިޓަލްގެ ފާހާނަ ތައް ސާފް ކޮއްދީބަލަ ޕްލީޒް.
ފެހި އާޒާދީ
18 November 2024
އަޅެ މިދިޔަ ހަފުތާގަ ހުޅުވި ހޮސްޕިޓަލެއްނޫންތަ ތިއީ؟
ބަރިންމަ
18 November 2024
މި އިތުުރުކުރާ ބައި ކުރިން ހުޅުވާލީ، އަދި މަސައްކަތް ނިމުނީމަ އޮންނާނެ ހަވާއެރުވުން،
އިބޫ ސާލިހް
18 November 2024
ސާބަސް ކަލޭމެން ތިތިބެނީ ވާނުވާގަތަ؟