ރަށެއްގެ ބަނދަރު: ބަޖެޓުގެ ތާށިކަމާ އެކު ވެސް ވެރިކަމުގެ ފުރަތަމަ އަހަރު 2 ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދުގެ މަޝްރޫއު ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނޭ. -- ފޮޓޯ | މިހާރު
19 ނޮވެމްބަރ 2024 - 11:40
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާގެ 38 މަޝްރޫއު ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މަޝްރޫއުތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުން ރަށްރަށުގައި ހުއްޓާލާފައި ހުރި ޕްރޮޖެކްޓްތައް އަލުން ފަށަން ޖެހުން ކަމަށެވެ. އޭރު ފާސްކޮށްފައި އޮތް ބަޖެޓުގެ ސަބަބުން މަޝްރޫއުތައް ހިންގަން ތާށިކަން ކުރިމަތިވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބަޖެޓުގެ އުނދަގޫތަކާ އެކު ވެސް، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށަން ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް، ރަށްރަށުގެ ބަނދަރުމަތިންނާއި ތޮށިގަނޑުންނާއި ހިއްކި ސަރަހައްދުތަކުން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"17 ނޮވެންބަރު 2024 އާ ހަމައަށް، އެކީ އެކައްޗަކަށް ނިންމާލެވިފައިވާ 38 މަޝްރޫއެއް ފެންނަން އެބަ އޮތެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.976 ބިލިއަނާ ގާތަށް އަރަ އެވެ،" މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އާއި ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުން ނުހިމަނައި، ޖުމްލަ 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމާލާފައިވާއިރު މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފެނާއި ނަރުދަމާގެ ޖުމްލަ 29 މަޝްރޫއު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިފައިވާއިރު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫއު ނިމޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.
މިނިސްޓްރީން ބުނީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާ ހަމައަށް އެ މަޝްރޫއުގައި ނިމުނީ 28.7 ޕަސެންޓެވެ. އެކަމަކު އަހަރެއް ތެރޭ ބްރިޖު މަސައްކަތުގެ 46.6 ޕަސެންޓް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިނާދްްް
19 November 2024
ދެން އަޅެ އެމްޑީޕީ ކުދިންކޮޅަށް ހަޖަމްނުވިޔަސް މިއީ ބޮޑުވަރު. އެމީހުންނަށް ހީވާކަހަލަ މި ސަރުކާރު އޮތީ އަތް އުރާލައިގެންނޭ.
މިޒްޔާންް
19 November 2024
ގައުމުގެ ކަންކަން ރައީސް މުއިއްޒު މި ގެންދަވަނީ ގެންދަންޖެހޭ ގޮތަށް. މި މަޝްރޫއުތަކުން އެކަނިވެސް އެކަން ސާބިތުވާނެ. މިއީ ފިނިހަކަ ދުވެލީގަ ހިނގާ ސަރުކާރެއްނޫން.
ރިޔާޒްް
19 November 2024
ސާބަހޭ. އެމްޑީޕީ މީހުން ކަނުވީމަ ނުފެންނާނެ. ބީރުވީމަ އަޑެއްވެސް ނީވޭނެ. އޭގެ މާނައެއްނޫން މިސަރު ކަންކަން ނުކުރެޔެކޭ. އހަަރެމެންނަށް އެބަ ފެނޭ.
ހީކުރީ ސަރުކާރު
19 November 2024
ކަންކަން ކޮށްފި. ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކި ވާހަކަ ކެންސަލް. ޢެއީ މައްސަލައަކީ. ކުރީ ސަރުކާރޭ އަބަދު ކިޔަމުން ގޮސް މި ނިމުނީވެސް ކުރީސަރުކާރުގެ ކަންކަން.
ނޫސްވެރިން ރައުންޑު އޮފް ކުރާއިރު؟
19 November 2024
ރައުންޑު އޮފް ކުރާއިރު 34 މިލިއަން އެބަ އިތުރުވޭ. 34 މިލިއަނަކީ މިހާރު ނޫސްވެރިންނަށް އެއްވެސް އެއްޗަކަށް ނުވޭތޯ؟ 2 ބިލިއަނަަށް 34 މިލިއަން މަދުވެޔޭ. އެއީ ހަމަ އެކައްޗެއްވެސް ނޫންދޯ؟
1818
19 November 2024
ތި “ބިލިއަން” އަކުން ނޭރިއެއްނު! ހިވަނީ ގެއްލިގެން މި އުޅެނީ ބިލިއަނުން ހެން!
ރޯމަރު
19 November 2024
ރަސްމީ ފާލަން އެއީ މި ސަރުކާރުގެ ސްޕީޑް.
ބުޝްރީމް
19 November 2024
އެންބަސީތަކުގަ ތިބި ތަމެން ޕާރޓީގެ ބޮޑެތި އާއިލާތަކަށް ތި ލާރި ބަހާނެގީ. އެއްކަމެއްވެއސް ކޮށްފައެއް.
ނާޑުވާ
19 November 2024
ލިސްޓުން ފެންނަނީ ކުރީ ސަރުކާރުން ނިންމާފަ ހުރި ކަންކަން.
ކަސްބީީ
19 November 2024
ކުރީ ސަރުކާރުން ނިންމީ ކޮންކަމެއް. އެއްވެސް މަޝްރޫއެއް ފަށާ ނިންމާލެވުނު ސަރުކާރެއް ނޫންއެއީ. މިީހުންނަށް ބަދަލުދެވޭތޯ ބެލީ.
ރިބަން
19 November 2024
2 ބިލިޔަން ރުފިޔާގެ ރިބަންކެނޑީ. އެއީ ކުރީސަރުކާރުގެ ޕުރޮޖެކްޓުތައް
ރިބަންކަނޑާ
19 November 2024
ތިވާހަކަ މާގޯހެއްނޫން. ކުރީ ސަރުކާރުންފެށީ އިންތިޚާބަށް ރައްޔިތުން ލޮލުގައި އަނދުން އަޅުވަން. މަސައްކަތް ކުރާނެ ފައިސާއެއް ހަމަޖައްސާފައެއްނެތް. މިސަރުކާރުން ފައިސާ ދީގެން އެމަސައްކަތްތައް އެނިންމީ. ނިންމިބަޔަކުދޯ ރިބަންކަނޑާނީ. އިބުރޭ އަކަށް ދެނެއް ރިބަނެއް ނުކެނޑޭނެ އެހެންވީމަކާ.