ވިސާގެ އެގްރިމެންޓުގައި ރާއްޖޭގެ ސަފީރު ޑރ. ނަސީރު (ވ) އަދި ތަޖިކިސްތާނުގެ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލް ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
27 ނޮވެމްބަރ 2024 - 10:49
ތަޖިކިސްތާނުން ދިވެހިންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭ ގޮތަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި ތަޖިކިސްތާނުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.
ދެ ގައުމު ދެމެދު މިހާރު އަމަލުކުރާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން މިހާރު ވެސް ތަޖިކިސްތާނަށް 30 ދުވަހުގެ ވިސާ ލިބެ އެވެ. އެކަމަކު، މި އެއްބަސްވުމުގެ ސަބަބުން ރަސްމީ ސިފައެއްގައި އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.
ދިވެހި ޕާސްޕޯޓުގައި މިހާރު ވެސް 60 އަށްވުރެ ގިނަ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތާޖު
27 November 2024
ތިޔަރަށަކީ ވަރަށް ގިނައިން ދިވެހިން ގޮސްއުޅޭ ރަށެއް. ވަރަށް ގިނަފއިދާތަކެއްވާނެ .
ސަމީރަ
27 November 2024
ވިސާ ލިބޭގޮތަށް އޮތުމަކުން ގޯހެއްނެތެއްނު. ފަރަހެއްގަ ލަކީ އަކުން ޓިކެޓެއްވެސް ލިބިދާނެ ޖައްސާލަން
ހުސެންްް
27 November 2024
ކުރިން ވެސ ލިބޭ އެއްޗެއްތީ... އާކަމެއް ކުރެވޭ ތޯބަލާބަ
ރަދީފްއޮފިޝަލް
27 November 2024
މުޅިން ވެސް މި ލިބެނީ މެދުތެރޭ އޭޝިޔާގެ އެކްސް ޖުމްހުރިއްޔާގެ ގައުމެއް.
ޒީލެންޑް
27 November 2024
ނިއުޒީލޭންޑް، އޮސްޓްރޭލިޔާ އަށް އަދިވެސް ނުލިބޭ
ރަދީފްއޮފިޝަލް
27 November 2024
އޮސްއަށް ވިސާ ހޯދުން އެއީ ބޮޑު ހަނގުރާމައެއް.
ހަފީޒު
27 November 2024
ނިއުޒިލެންޑް އޮސްޓްރޭލިޔާ ވިސާ އޮންލައިންކޮއް ހަފްތާއެއްގެ ތެރޭ އެއް އަހަރުދުވަހަށް ލިބޭ.
ކިޔަފަރީ
27 November 2024
މިޔަ ސަރުކާރެކޭ ސޯލިހު ސަރުކާރެކޭ ތަފާަތަކީ ކޮބާބާ؟
ވިސާ ފްރީ
27 November 2024
މޮބިލިޓީ ސްކޯރ 100 ވިސާ ފްރީ އަދި އޮން އެރައިވަލް 97 ކަންޓްރީޒް