ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ބައެއް. -- ފޮޓޯ: އޭއެފްޕީ
03 ޑިސެމްބަރ 2024 - 05:50
ފަލަސްތީނުގެ ޣައްޒާގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކަށް ފަހު އެ ސިޓީ ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ގެ ފުރިހަމަ ބާރުގެ ދަށުގައި ބޭއްވުމުގެ މަޝްވަރާއަށް، ފަލަސްތީނުގެ ވާދަވެރި ޖަމާއަތްތައް ކަމަށްވާ ފަތަހަ އާއި ހަމާސް ޖަމާއަތް މިސްރުގެ ވެރިރަށް ގާހިރާއަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހަމާ ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ހަމަލާއަށް ފަހު ޣައްޒާގައި ހަމާސް އާއި އިޒްރޭލާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތައް ފެށުނީ އިޒްރޭލުގެ ބަދަލު ހިފުމުގެ ހަމަލާތަކާ އެކުގަ އެވެ.
ކުރިން ފަތަހް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ޣައްޒާ ހަމާސްގެ ބާރުގެ ދަށަށް ގެންދިޔައީ 2007 ވަނަ އަހަރު އެވެ.
"ފަލަސްތީނު އޮތޯރިޓީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ޣައްޒާ ބޭއްވުމަށާއި އާންމު ދިރިއުޅުމާ ގުޅޭ ކަންކަން ބެލެހެއްޓުމާ ބެހޭ ގޮތުން ދެ ޖަމާއަތުން މަޝްވަރާކޮށް އަވަހަށް ހައްލެއް ހޯދޭތޯ އަންނަނީ މަސައްކަތް ކުރަމުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލްއާތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީން އޮތޯރިޓީއަކީ "އިޒްރޭލުގެ ބާރު ނިމުމަކަށް ގެނައުމަށް ފަހު، ސާފުކޮށް އަދި ފުރިހަމަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ އޮތޯރިޓީއަކަށް ވާން ޖެހޭ" ކަމަށެވެ.
ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަން ކުރާނީ ކޮން ބަޔަކުތޯ އެއީ މިހާރު އޮތް ފުޅާ ބަހުސެކެވެ.
ފަލަސްތީނުން ބުނަމުން އަންނަނީ އެ ސަރަހައްދުގެ މުސްތަގުބަލަކީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ އިހްތިޔާރާ އެކު ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ޣައްޒާގައި ވެރިކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް ހަމާސް އަލުން ވެރިކަމަށް އައުމާ ދެކޮޅު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހޫޒާ
04 December 2024
ދެން އޮންނާނީ ހަމާސްއާއި ފަތަހަޔާއި ތަޅާފޮޅާ އެއްބަޔަކު އަނެއް ބަޔަކު މެރުން. 2007ގައި ކުރި ގޮތަށް
ހަލީމްބާއި
04 December 2024
ރައްޔިތުން ފަނާވެ ނިމިދާއިރުވެސް އެއްބަޔަކު މިއުޅެނީ ވެރިކަން ނުލިބިގެން.
ޖަލީލީ
03 December 2024
ފަތަހަ އަކީ ފަލަސްތީނުގެ ދޮންރިހަ ޕާޓީ. ފަތަހައިން ވެރިކަން ކުރަނީ އެމެރިކާއާއި އިޒުރޭލަށް ކުރުނީސްކޮށްގެން. މިހާރުވެސް ހުޅަނގު އައްސޭރިއަށް ބޭނުން އިރަކު ޔަހޫދީންވަދެ އާންމުން މަރާ ހައްޔަރުވެސް ކުރަނީ ގެތަށް ވެސް ހަލާކު ކުރަނީ ފަތަހައިގެ އެއްވެސް ކޮންޓްރޯލެއް ނެތް. ފަލަސްތީނުގެ ރެސިސްޓެންސް މަރައެއް ނުލެވޭނެ. ހަމާސް ނެތި ދިޔަޔަސް އެ ފިކުރު ނެތިވެ ނުދާނެ ދުވަހަކުވެސް ފަލަސްތީނީންނާއި މުސްލިމުންގެ ހިތްތަކުން އިން ޝާ ﷲ.
ޔަހޫދީ
03 December 2024
"އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ޣައްޒާގައި ވެރިކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް ހަމާސް އަލުން ވެރިކަމަށް އައުމާ ދެކޮޅު ކަމަށެވެ." ކޮބާ މިހާރު ޑިމޮކްރަސީ ކޮބާ ރައްޔިތުންގެ ބާރު މިހާރު، ޤައްޒާގެ ރައްޔިތުން ބޭނުންވަނީ ހަމާސް، އެތާނެގި ވޯޓްތަކުން އަގުލަބިއްޔަތު ލިބުނީ ހަމާސްއަށް ދެންވެސް ވޯޓެއްނެގިޔަސް ހަމާސްއަށް އެމީހުން ތާޢީދު ކުރާނެ
ބޮލައް ކާށިވެއްޓިފަ
04 December 2024
ބަލަ އިޒްރޭލުން އެހެން ބުންޏަކަސް ހަމާސް ބާއްވަބަލަ ގައްޒާގެ ވެރިކަމުގަ އޭރުން އޮންނާނެއެއްނު ތިކިޔާ ޑިމޮކްރަސީ