"މިހާރު" ބިޒްނަސް ޑެސްކްގެ ހެޑް، ފާތިމަތު ޝަނާ: ކައުންސިލް އިންތިހާބުގައި ޝަނާއަށް ވަނީ 118 ވޯޓު ލިބިފައި.--
07 ޑިސެމްބަރ 2024 - 15:47
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ ދައުރަށް މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު 10:00 އިން 11:00 އަށް ބޭއްވި އިންތިހާބުގައި 139 މެމްބަރުން ވޯޓުލި އިރު، މީޑިއާގެ އިތުރުން އަމިއްލަ ގޮތުން 22 މީހަކު ކުރިމަތިލި އެވެ.
މިއަދުގެ އިންތިހާބުގައި މީޑިއާ ކައުންސިލަށް އިންތިހާބު ކުރީ މީޑިއާތަކުން 8 ނޫސްވެރިއަކާއި އަމިއްލަ ގޮތުން ހަތް މީހަކާ އެކު، 15 މީހެކެވެ.
ވާދަވެރި މި އިންތިހާބަށް ނުކުތް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓާ އެކު އެންމެ ކުރި ހޯދީ "މިހާރު" ގެ ބިޒްނަސް ޑެސްކުގެ ހެޑް އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ފާތިމަތު ޝަނާ މުހައްމަދެވެ.
1. ފާތިމަތު ޝަނާ މުހައްމަދު (މިހާރު އޮންލައިން) 118 ވޯޓު
2. ނަޖާހް މަސްއޫދު (ވަގުތު އޮންލައިން) 117 ވޯޓު
3. ހަސަން ޝާކިރު މުހައްމަދު (އާފަތިސް އޮންލައިން) 93 ވޯޓު
4. ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް) 75 ވޯޓު
5. ހުސައިން ހަސަން (ހަތާވީސް އޮންލައިން) 74 ވޯޓު
6. ހުސައިން ސަގީފް (ތިލަދުން އޮންލައިން) 74 ވޯޓު
7. ނަހުދާ ފާއިޒް (ދިޔަރެސް އޮންލައިން) 71 ވޯޓު
1. ފާތިމަތު ފަހުމީ: 80 ވޯޓު
2. އިބްރާހިމް ފައުޒީ: 76 ވޯޓު
3. އިބްރާހިމް މުހައްމަދު: 49 ވޯޓު
ޖުމްލަ 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭހިލޭ
08 December 2024
މީޑިއާތަކަށްވުރެ މީޑިއާ ރެގިއުލޭޓް ކުރަން ހަދާފައިވާ ކޮމިޝަންތައް މިއޮތީ ގިނަވެފައި. ކޮމިޝަންތައް މަދުކޮށްފައި ނަތީޖާ ނެރެވޭގޮތަށް ކޮމިޝަންތައް ބައްޓަންކުރަންވީ ވަގުތު އަތުވެއްޖެ.
ހަސަން
08 December 2024
ކަމަނާ ފުލެޓަށް ވާގޮތް ބަލާދީބަލަ އަވަހަށް
އައިމިނާ
07 December 2024
ދިވެހި ޗެނަލްތައް ކުރިން ހިލޭ ބަލާލެވޭ. މިހާރު ދިވެހި ޗެނަލެއް ޓީވީން ބަލަން ބޭނުންވިޔަސް ގަންނަން ޖެހެނީ. ކުރިން މާލޭގަ ގުޅާފަ ހުންނަ ކޮންމެ ފާޚާނާ ތަށޓަކަށް 30 ރުފިޔާ ނެގި ޒަމާނުގަ ދިވެހި ޗެނަލް ހިލޭ ބަލާލެވޭ. މިހާރު ފާޚާނާ އަށް ފައިސާ ނުނަގާ .އެކަމު ދިވެހި ޗެނަލް ގަންނަން މި ޖެހެނީ.
ޝޭމް
07 December 2024
އެއްޗެއް ނުލިބޭ ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެ ދޯ!
އަހުމިއްޓޭ
07 December 2024
މިއީ ކީއްކުރާބައެއްތަ؟ މިބުނީ އާއްމު ރައްޔިތަކަށް ފައިދާވޭބާއޭ؟
ދޮންބެއްޔާގެދަރި
07 December 2024
އާއްމު ރައްޔިތުންނަށް ފައިދާ ވަނީ ތިބޭފުޅާއަށް ލާރިކޮޅެއް ލިބޭ ހިސާބުންތޯ. މީގެންވެސް ހަމަ އާއްމު ރައްޔިތަކަށް ވަޒީފާ މިލިބުނީ ދެން މި މުސާރާއިން އެެރައްޔިތު މީހާގެ މައިންބަފައިންނާއި ދަރިންނަށްވެސް ފައިދާކުރާނެ، އެވެސް ހަމަ އާއްމު ރައްޔިތުން. މިމީހުންނަށް ހިވަނީ ރައްޔިތުން ކިޔަނީ ތިމާމީހާއަށް އެކަނި ކަމަށްދޯ؟ ނުޖެހޭ ތިއިން ކޮންމެ މީހަކަށް ފްލެޓެއް ލިބޭކަށް އަދި މީހަކަށް ވަޒީފާ އެއް ލިބުނަސް.
އެޑްމަޔަރަރ
07 December 2024
ކޮންގްރާ! ލޭޑީ.
ބިޑިބޯބޭ
07 December 2024
މަގޭހިތަށްވެސް މިހާރު އެބައަރާ މި ކައުުންސިލަށް ކުރިމަތި ލެވުނުނަމައޭ..!
އައިމިނާ
07 December 2024
މަރުޙަބާ! ޝަނާ.