މަތިވެރި ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2024 - 22:24
އއ. މަތިވެރީ ފަޅު ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ވިދަޅުވި އެވެ.
"އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ އަޅާ އެއާޕޯޓުތަކުގެ ތެރޭގައި މި ރަށުގައި [މަތިވެރީގައި] އެއާޕޯޓު އެޅުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
އެ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ވިދާޅުވީ އެއާޕޯޓަކީ އެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ރަށުގެ ކައުންސިލާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި، އެ ރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
ކައުންސިލްތަކާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ. ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ވާނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ މޫސާ
11 December 2024
އެއާޕޯޓް ތަ މުހިންމީ ނޫނީ މިހާރު ހުރި އެއާޕޯޓް ތަކާއި ފްލައިޓް ރޫޓް ތައް ރިވައިޒް ކުރުމެއް ނޫންތަ މުހިންމީ؟... މާލެ ނައިސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރު ކުރެވޭނެގޮތް ހަދައި ލޯކަލް ޓޫރިޒަމް އަށް މަގުތައް ހުޅުވާލުން ވަރަށް މުހިންމު ކަންނޭގެ. ހަނިމާދޫގަ ހުރެފަ އައްޑުއަށް ޓިކެޓެއް ނަގައިން ދެވެން ޖެހޭނެ ދޯ؟
ދޯޕައްޓާ
09 December 2024
މާލެސަރަހައްދަށް ބާރުބޮޑީ. މާލެ ކައިރި ސަރަހައްދަށް ޓުއަރިސްޓުން އަންނަން އިތުރު އެއާޕޯޓުތައް މުހިންމީ މިވަގުތު.
ސުހާނާ
09 December 2024
ކޮންމެ ގޯއްޗެއްގައި އެއަރޕޯޓެއް އަޅާ. ކޮޓަރީގެ އެނދުން ފްލައިޓަށް އެރޭ ގޮތަށް. އެއީ މިހާރު އުޅޭ ގިނަ ދިވެހިން ބޭނުންވާ ގޮތަކީ. ގޮތެއްފޮތެއް ނެތް، ލިބޭ މިންވަރަށް ޝުކުރު ނުކުރާ ބަޔަކު އުޅޭ ގައުމެއް މިއީ. މިމީހުން ދެކޭގޮތުގައި ހުރިހާ ކަމެއް ކޮށްދޭން ޖެހެނީ ސަރުކާރުން ހިލޭ. މިއީ ދުނިޔޭގެ އެއްވެސް ބަޔަކު އުޅޭ ގޮތެއްބާ؟
ގައިސް
09 December 2024
އަހަރެއް ބޭކާރުވެގެން މި ދިޔައީ މުރީ ސަރުކާރުން ޖެއްސި އުނދަގުލުގެ ސަބަބުން. އަދިވެސް އެ ގެންދަނީ މި ސަރުކާރަށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ހުރަސް އރޅެން އޮތް ގޮތަކުން މަސައްކަތް ކުރަމުން.
އެކްސްް
09 December 2024
މަތިވެރީގެ ރީތި ބިޔަ ފަޅުގެ ދުވަސް ދުއްވާނުލާ އިތުރު އޮޕްޝަންތައް ބެލުން މުހިއްމު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދިހަ، ބާރަ އެއަރޕޯޓު އެޅުމަކީ މާލީގޮތުން ދެކޮޅުޖެހޭކަމެއްނޫން. މިހާރުވެސް، ބައިވަރު އެއަރޕޯޓުތައް އެބަހުރި، އެކަމަކު ގިނަފަހަރަށް ހަފުތާއަކު ފްލައިޓެއްވެސް ނޯވޭ.
މުޑަހަންޖާ
09 December 2024
ކ.މާލޭގެ ކޮޓަރިކުލީ ވިޔަފާރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ތިޔައީ. މަތިވެރީގެ ޗާލު ފަޅު ހަލާކުވިއަސް އެއާޕޯޓުގެ ސަބަބުން ސިކިއުރިޓީންގެ ހައެއްކަ ވަޒީފާ ރަށުގަ އުފެދޭނެ. އެއާއިއެކީ ހަފްތާއަކު 3 ފުލައިޓު އެޅިއަސް ކޮންމެ ހަފްތާއަކު ކ.މާލޭ 180 ގެއިން ބޮޑުކުއްޔަށް ކޮޓަރި ވިއްކޭނެ. ހިތާމައަކީ މިކަހަލަ އެއާޕޯޓު ހުޅުވާއިރު ކ.މާލޭގައި އުފާފާޅުކުރުމުގެ ހަފްލާތައް ނުބާއްވާތީ.
އައިމިނާ
09 December 2024
ދޮންވެލިފިނޮޅުތައް ހުންނަ ހިތްގައިމުރީތި ރަށެއް. "މަތިވެރި" ރަށެއް.
ދޭވާނީ
09 December 2024
އއ މަތިވެރީ އެއަރޕޯޓެއް އއ ތޮއްޑޫ އެއަރޕޯޓެއް.! މިއުޅެނީ ފައިސާ ގިނަވެގެން ކުރާނެ ކަމެއް ނެތިގެންތޯއެވެ.
ޖޫދާ
09 December 2024
ރ.އަތޮޅު ދެކުނަކީ މިރާއްޖޭގެ އެންމެ ގިނަ ރިސޯޓް އެއް ސަރަޙައްދެއްގައި އޮތް ހިސާބެވެ. ދަރަވަންދޫ އަދި އިފުރު ދެކޮޅުގައި އޮތުމުން ބެރިޔަންފަރުގައި އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެރޕޯޓާއި ސިޓީ ހޮޓާތައް ހަދައި ހިންގުން އެއީ މުޅި ރާއްޖެއަށްވެސް ލިބޭ ކުރިއެރުމެއް. މީހުން އުޅޭ ކުޑަރަށެއްގައި މިސަރަޙައްދުގައި އެއަރޕޯޓެއް އެޅުން އެއީ ދުރު މުސްތަޤުބަލަށް ވިސްނާއިރު ދެރަކަމެއް. ތަންދޮރުނުދަންނަ މެމްބަރުން ބުނާގޮތަށް ހުރިހާކަމެއް ކުރާކަށްނުފެނޭ.
ބޯންބެ
10 December 2024
އަވަހަށް މަތިވެރީގައި އަޅަން އެއުޅޭ އެއަރޕޯރޓް ގެންދޭ ރ. އަތޮޅު ދެކުނަށް. އަހަރުމެން އެއަރޕޯރޓެއް ބޭނުމެއްނޫން.
ތެފައާސާ.
09 December 2024
ހުޅުމާލޭ ފޭސް2 ގައި އެއާރޕޯޓެއް ނޯންނާތީ ހިޔާފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ނުހަނު ދަތިތަކާއި ކުރިމަތިވޭ. ވަކިން ޚާއްސަކޮށް ވިއްސާރަ ދުވަސްދުވަހު މާލެއިން ހުޅުމާލެ ފޭސް2 އަށް ދަތުރުކުރުމަކީ ނުހަނު ތަކުލީފު ބޮޑު ކަމެއް. ފޭސް2 ގެ ފަޅު ހިއްކައިގެން ނަމަވެސް އެއަރޕޯޓެއް އަޅުވައްދެއްވާނެކަމަށް އުންމީދުކުރަން.
ހާފިސާ
10 December 2024
އަވަހަށް މަތިވެރީގައި އަޅަން އެއުޅޭ އެއަރޕޯރޓް ގެންދޭ ފޭސް2އަށް. އަހަރުމެން އެއަރޕޯރޓެއް ބޭނުމެއްނޫން.