އެޗްއާރްސީއެމް
10 ޑިސެމްބަރ 2024 - 21:01
ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ވިޔަސް، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއް ކަަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ، ހިޔާލުފާޅުކުރުމުގެ ހައްގަކީ ވަރަށް ފުޅާގޮތެއްގައި ގާނޫނުއަސާސީން ދީފައިވާ ހައްގެއް ވިޔަސް، އެ ހައްގުގެ ބޭނުން ކުރަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކުންގެ ހައްގަށް އުނިކަން ނާންނާނެ ފަދަ ގޮތެއްގައި ކަމަށެވެ.
މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލައި އަނިޔާވެރިކަމަށް ހިތްވަރު ދޭ ގޮތަށް ފާޅުކުރާ ހިޔާލުތަކަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
އަދި މިފަދަ ގޮތަކަށް ސިޔާސީ ޕާޓީތަކުން ގޮވާލައި، ފާޅުކުރެެވޭ ހިޔާލުތަކާ ގުޅިގެން އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓިތަކުން ކަންކަން ހިންގުމުގައި އާންމުންގެ މަސްލަހަތު އިސްކޮށް، ނަފްރަތު އުފެދޭ ގޮތަށް އަމަލުނުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފު ދީދީ
11 December 2024
އައްޑޫއަށް އައިސް ރަށުތެރޭ އަރިއަރިއަށް ހިނގާފަ ފުރައިގެން ކޮންމެ ފަހަރަކު މެންބަރުން ދާއިރު އައްޑޫގެ ރައްޔެތުންނައް ގޭންގުތަކަ ކުއްވެރިންނާ ހެދި އެތަކެއް ދުއްތުރާއަ އަނިޔާ ލިބޭ. އެޗުއާރުސިމް މެންބަރުންގެ ލޮލަށް އެކަމެއް ނުފެނޭ ކަލޯމެނޭ
ކައުންސިލު
12 December 2024
ކައުންސިލަށް ވަދެ ސާ ބޮއިގެން ކަރާ ފަޅާފަ އެދިޔައީ
ފުރާނަ
11 December 2024
މިނިވަން މުވައްސަސާ އަކަށް ތުރެ ސިޔާސީ އޮޕިޗުނިސްޓުން ތަކެއް ވެރިކަން ކުރާ އޮފީހެއްގެ ގޮތުގައި އެޗުއަރުސީއެމް ފެންނަނީ. ޑުރަގާ ގޭންގު މާރާމާރީ އިން މީހުން އަސްލައް މަރާ ބޮޑެތި އަނިޔާ ދޭއިރު ބަޔާނެއް ނުނެރޭ!!! ސިޔާސީ މީހުންނާ ދިމާލައް މީހަކު ބަހެއް ބުނީމަ އެކަން ބޮޑުވެ ނިދިން ހޭލާ ތެޅި ބާލާ. އާދައިގެ މީހާގެ ނަފުސާ ފުރާނައިގެ އަގެއް ނެތީހޭ؟؟؟
އައުޓް
11 December 2024
މޫނު ފުރެންދެން ފުއް ޖަހައިގެން ފޮޓޯ ނަގާފަ އަހަރަކު ދެތިން ބަޔާން ނެރުނީމަ މުސާރަ ހަލާލުވާ ބަޔަކު ތިނޫނި ނެތް.
ފަހުދު.
11 December 2024
ގަދަ ނިދިން ހޭލެވިއްޖެ
ބޮޓުން
11 December 2024
އަބަދުވެސް ވައި ހުންނަ ކޮޅަކަށް އެއްލާގެން ތިބެން ވާނީ. ބަރާބަރު!! ޖޮބު ޔަގީން!!!
އިސްތިއުފާ
11 December 2024
އިށީންނާނެ ގަލެއް ލިބޭތޯ މަންޖެމެން ބަލަނީ ދޮގެ؟؟؟
ކޭސަރީ
11 December 2024
އަނިޔާވެރިކަން އެއިރުވެސް މިހާރުވެސް ފެށެނީ ސިޔާސީވެރީންގެ ސަބަބުންނެވެ. އެއިރުވެސް އެއީ އަތްމަތި ދަތިވެ، ފަގީރުކަން ބޮޑުވެ އާއްމުންނަށް ދަތިވާނެ އެތެއްކަމެއް ހިނގަނިކޮށް ސިޔާސީވެރީން އެއިގެ ނާޖާއިޒް ފައިދާނެގީއެވެ. މިހާރު މިހާލަތުގައިވެސް ސަރުކާރުން ދޫނިދީ ޓެކްސްނަގަނީއެވެ. އަދި އެކަމުން ބިކަވެފައި ތިބި ރައްޔިތުން ކައިރީ ވެރިކަމާއި ހިތްހަމަނުޖެހޭ ސިޔާސީވެރިންގެ ކުދި ކިޔަނީއެވެ. ހައްލު އޮތީ ވެރިކަމުގައި މިވަގުތު ތިބި މީހުންގެ އަތްމަތީގައެވެ.
އުވާލާ
10 December 2024
ހަމަ އެކަނި މަސައްކަތަކީ ބަޔާން ނެރުން ކަމު ފަހެ ދަންނަވަމެވެ.
ޖެނީވާ މޮޔަ
10 December 2024
ޖެނީވާ އަށް އިތުރު ދަތުރެއް ތި ޔަގީން ވީ ބަޔާނެއް ނެރިލީމާ ކަލޯ
ހުސެންބެއްޔާ
10 December 2024
އިސްލާމީ ގައުމެއް އޮންނަން ނުޖެހޭ ވަރަށް ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަން އޮވޭ. މިއީ ގޯހެއް. ހާއްޞަކޮށް ސިޔާސީ މީހެއް ވިއްޔާ އިމެއް ނެތި، ބިރެއް ނެތި އެބަ ވާހަކަ ދައްކާ. މީހުން މެރުމަށާއި، ޓެރަރިޒަމްް އަމަލުތައް ހިންގުމަށާއި، އިސްލާމްދީނާ ޚިލާފު އެތަކެއް ވާހަކަ އެމީހުން އެބަދައްކާ. ސިޔާސީ ވެރިންގެ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ކުޑަކުރުމަށް ފުރިހަމައަށް ތާއީދު