14 ޑިސެމްބަރ 2024 - 23:33
ޕީއެސްއެމް ނިއުސް އިން ގެނެސްދިން ހަބަރެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނިފައިވާތީ، އެކަމަށް މާފަށް އެދި އެ މައްސަލައިގައޮ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ބޭއަދަބީ މަންޒަރުތަކެއް ދެއްކީ ޕީއެސްއެމް ނިއުސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެނެސްދިން އިނގިރޭސި ހަބަރުގަ އެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބޭއަދަބީ މަންޒަރުތަކެއް ދެއްކިފައިވާތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށާއި އެކަމަކީ އެ ކުންފުނީގެ ކޮންޓެންޓް އަދި އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަސް މައްސަލައެއް ކަމަށެވެ.
"މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ކުންފުނީގެ ފަރާތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ޕީއެސްއެމްއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އިހުމާލުވި ދެ މުވައްޒަފަކު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ދެ މުވައްޒަފުންގެ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވައި، އެކިއެކި ޑިޕާޓްމެންޓްތަކުގެ އެސްއޯޕީތައް އިސްލާހުކޮށް އެކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ޕީއެސްއެމްގެ މެނޭޖްމެންޓުން ވަނީ މާފަށް އެދިފަ އެވެ. އެއީ ޖަލްސާއެއް ލައިވްކޮށް ދެއްކި އިރު ގުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކިފައިވާތީ އެވެ.
އެކަން ހިނގީ އެ ވަގުތު ކޮންޓްރޯލް ރޫމްގައި ތިބި މުވައްޒަފުންގެ އިހުމާލުން ކަމަށާއި އެހެންވެ އެ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިއި
17 December 2024
ރަގަޅެއް ނޫން... ތިކަހަލަ ކަންތައް ނުކުރޭ
އަން ޕްރޮފެޝަނަލް
16 December 2024
ތިޔައީ ބަޔަކު ރުހުނަސް ނުރުހުނަސް ޓެކްނިކަލް މަގާމެއް. ޓީޗަރަކަށް ވީމާ ޓީވީ މައުލޫމާތު ކިޔަވަިދޭން އެގޭނެ މުޅި ގައުމުގެ މައި މީޑިއާ ނުހިންގޭނެ. ކޮންމެ ހަފްތާއަކު ދެދުވަހު މާފަށް އެދިއެދި ހުންނަން ޖެހޭނީ.
ގިތެޔޮގުޅި
16 December 2024
މަ ބުނީ އާންމު ތަނެއްގައި އެގޮތަށް ފެންވެރުން އޯކޭހޭ. އޭގައި މައްސަލަޔެއް ނެތީހޭ.
ނޯ ހަސީނާ ނޯ ޙާލިދާ
15 December 2024
އެމީހާ ލައްވާ އަބުރުގެ ދައުވާ ޕީއެސްއެމް މައްޗަށް ކުރެވޭނެ..
ރާވެރިބެ
15 December 2024
ބަރަހަނާ މަންޒަރަކީ ބޭއަދަބީ ޥުން އެކަންޏެއް ނޫން. ޢެވާނީ ގާނޫނީ ކުށަކަށް.
އިދްރީސް
15 December 2024
އަސްލު ހަގީގަތުގަ މިހާރު ބަލަންވީ ލިބިފައި ހުންނަ މަސައްކަތުގެ ތަޖްރިބާ އާއި ހުނަރުވެރިކަމަށް، ހަމަ އެކަނި އަތުގައި އޮންނަ ސެޓިފިކެޓްތަކަށް ބަލައިގެން ވަޒީފާ ދިނީމާ ވާގޮތް މިހިރަ ފެންނަނީ ކީކޭ ދެން ބުނާނީ ބޯ ހަލާކު
މުސްތޮގެ
15 December 2024
ސައީދު އެލްބޯޑް އަޅުވަގެން ތިކަމެއް ނުވާނެ. ޒީނާހުރިވަރުވެސް ނުވޭ. ބޯހަލާކު
ސުލްތާން
15 December 2024
މީހުން ދިރިއުޅޭ ރައްށުގައި ކުދި ބޮޑު އެންމެން ކުރިމަތީ ގެސްޓުން އޮރިޔާމުން ލައިވުކޮން އުޅުން ދީނީ ސަރުކާރަށް އޯކޭ
އިންސާނު
15 December 2024
ރައްޔިތު މީހާގެ ޖީބަށް ޑޮލަރ އަންނި ގެނެސްދިން ހައްްުުޤު މިންވަރު
މަޢާފް
15 December 2024
މާފަށްއެދުމަކީ ރަނގަޅުކަމެއް. ނަމަވެސް ދުވާލުދެއިރު ކުރަންވެއްޖެނަމަ އަގެއްނެތް، މާނައެއްނެތްކަމެއް. ބާރު ލިބުމާއެކު ތަނުގައިތިބި ތަޖުރިބާކާރު ދުވަސްވީ މީހުން ސައިޑްކުރަންޏާ ތިކަހަލަ ހާސްކަންތަކާ ލައިގަންނާނެ. ވަރަށް މާފު
ކިނާރީ
15 December 2024
ރިއަލްކޮއް ޓީވީން ފެނުން މައްސަލައެއް . ރިއަލްކޮއް ފެންވަރާ ފެންހިއްކާތަން ހަމަލަޮލަށް ފެނުން މައްސަލައެއް ނޫން . ފަޅުއޮޑިފަހަރު ގަ ބަންގާޅު ވިއަސް ދިވެއްސަކަށް ވިއަސް އުޅޭގޮތް . ވީޑިޔޯ ފެނުނީ މަ އަދި މިއެނގުނީ . ކިހިނެއް ވީ ކަމެއް ކަން އެޑިޓް ކުރަން ޖެހޭ .