ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

އާބަން ސެންޓަރުތަކުން ހުރިހާ ހިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. މަހިނބަދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހަތް ސަރައްދެއްގައި ގާއިމްކުރާ އާބަން ސެންޓަރުތަކުން ހުރިހާ ހިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާބަން ސެންޓަރުތަކެއް ގާއިމު ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ރަށްތަށް މިހާރު ކަނޑައަޅާފައި ވާއިރު އެއީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދު އާއި ފ. ނިލަންދު އާއި ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.

އދ. އަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މަހިބަދު އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އާބަން ސެންޓަރުތައް ގާއިމު ކުރައްވާނީ އެ ހަތް ސަރަޙައްދުން ނިންމާލާ ގޮތަކަށް ނޫން ކަމަށެވެ.

އެ ސެންޓަރުތައް ގާއިމް ކުރަނީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހިދުމަތް ލިބޭ ގޮތަކަށް ހެދުމުގެ ބޭނުމުގައިކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެ ތަންތަނުން އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

މަހިބަދޫ ރައްޔިތުންނާ ބައްދުކުރައްވަން މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮﷲިސް

"މި ތަންތަން މި ގާއިމް ކުރަނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކޮންސެޕްޓުގައި، ވިސްނުމުގައި. އެއީ ދުރުރާސްތާގެ ތަރައްގީއަށް ރާއްޖެ ބައްޓަން ކުރަން ވިސްނާ ކަމުގައި ވާ ނަމަ ކުރަން ޖެހޭ ކަމެއް ކަމަށް ވާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. މަހިނބަދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ތަންތަނުގައި އެންމެ މަތީ ފެންވަރުގައި ލިބޭނެ ހިދުމަތްތަކުގެ ގޮތުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި އިޖުތިމާއި އެހެން ހުރިހާ ދާއިރާތަކެއްގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާ އެވެ.

ރައީސް ވިދާޅުވިގޮތުގައި، އާބަން ސެންޓަރުތައް ގާއިމު ކުރުމުން ގެދޮރުވެރިކަމާއި އިގްތިސާދީ ގޮތުން ވެސް ރައްޔިތުންނަށް ފައިދާ ކުރާނެ އެވެ.

ތަރައްގީގެ ކަންކަން ބައްޓަން ކުރައްވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަހިނބަދު އަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ރަށުގައި 100 ހައުސިން ޔުނިޓު އިމާރާތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ހެނދުނު މަހިބަދު އަށް ވަޑައިގަތުމުން އެ ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.

21 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 40%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮއްލަ

15 December 2024

އާދެ ލައްބަ. މަތީފެންވަރުގެ ހުރިހާ ހިދުމަތްތަކެއް ޔަގީނުންވެސް ލިބޭނެ. އެކަމު އަނގައިން އެކަނި އެނގޭތޯ! އިންތިހާބެއްގެ މަލަމަތި ފެށެނީއޭ. ކަލޯމެން ތައްޔާރުވޭ ގުނބޯ ހެދިގެންތިބެ އަތްޖަހަން.

The name is already taken The name is available. Register?

ޅަސްނާ

15 December 2024

ފުރަތަމަ މާލޭގެ 70 ނަންބަރު ފިހާރައިން ގޮސް ލެކިއުޓް ކުރިމަތީގަ މަގުގަ ކުޑަ ވާރޭކޮޅެއް ވެހޭއިރަށް ހެދިފަ އޮންނަ ފެންގަނޑު ނެހެދޭނެ ހެން ހަދާބަލަ! ހަނދު ބާލާ ރައްޔިތުން ގުނބޯ ހައްދަން އިލެކްޝަންގެ ތެރޭގަ އުޅުނަސް މިހާރު ވެރިކަން ކުރާއިރު ގަދައަޅާ މަސައްކަތްކޮށް ނަތީޖާ ދައްކަބަލަ.

The name is already taken The name is available. Register?

1828

16 December 2024

ސަރުކާރުތަކުން މާލެއިން މިހާރު އަތް ދޫކޮށްލަންޖެހޭ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

15 December 2024

އާބަންސެންޓަރުން ކިތަންމެ މަތީ ޚިދްމަތެއް ލިބުނަސް ތިވިދާޅުވާ އާބަންސެންޓަރ ތައް އެއީ ޚިޔާލީ އެއްޗެއް ، ތިގޮތައް ރައްޔިތުން ވާވެއްދުމުގައި މި 5 އަހަރު ނިމިގެންދާނީ

The name is already taken The name is available. Register?

ރާވެރިބެ

15 December 2024

ބޮލަށް ޗިޕް ޖަހާނެ. ނިކަމެތި ރައްޔިތުން ގަބޫލު ކުރާނެ. ޙިޔާލީ ފޮލާ ވަރަށް ފުރިހަމަ ވާނެ. ކަނޑު އަޑީ ބިއްލޫރި ޓަނަލް. މާލެ، ފުނަދޫ އެއާރޕޯޓު އަދި ފުރަނަފުށި ގުޅާލާ މޮނޯރެއިލް. އަޢްޑު ހިތަދުއިން މީދުއަށް ބްރިޖް، ފައިނޭންޝަލް ސެންޓަރު، ފައިސާނެތް އިންވެސްޓްމަންޓް ބޭންކު އަދި މާލެ ވިލިގިލި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލުން ލިބޭ ކަހަލަ ކޮލިޓީ ޙިދުމަތް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރާނެ. ޔޫސޭގެ ފިލްމެއްބާ؟

The name is already taken The name is available. Register?

ރާވެރިބެ

15 December 2024

އަދި ކޮބާ މުޅިން ރިނިއުވަބަލަ ހަކަތަ ބޭނުން ކުރާ ގްރީން ސިޓީ ރަސްމާލެ ދެއަހަރު ތެރޭ އާބާދުވާނެ. އިތުރު 10 ވަރަކަށް އާ ޑޮމެސްޓިކް އެއާޕޯޓު، ދުނިޔޭގެ ހުރިބޮޑެތި ސިޓިތަކަށް މޯލްޑިވިއަން ދަތުރު ކުރާނެ. ޖެނުއަރީ އިން ފެށިގެން ބޭނުން ވަރަކަށް 15 ރުފިޔާ އަށް ޑޮލަރު ގަނެވޭނެ. ޖީޑީޕީ ބޮލަކަށް 30،000 ޑޮލަރު ލިބޭނެ. ގައުމުގެ ދަރަނި ފޮހެވިގެން ދާނެ. އެންމެންނަށް ހިލޭ ގޯއްޗާ އިތުރު ފްލެޓުު ލިބޭނެ. މަސް ފެކްޓަރީތަށް ގިނަވެ ތަރުކާރީ މޭވާ އެތެރެ ކުރަން ނުޖެހޭނެ.

The name is already taken The name is available. Register?

ލައިލާވަލައިލާ

15 December 2024

ރާއްޖެތެރޭ މީހުން ހާދަ ގަމާރޭ އަސްލުވެސްދޯ! ހެހެހެ

The name is already taken The name is available. Register?

777777

15 December 2024

ބޭނުމީ ރަށުން އުފެއްދުންތެރު ވަޒީފާ. ސަރުކާރުންދޭ މަސައްކަތެއް ކުރަން ނުޖެހޭ ވަޒީފާއެއް ނޫން

The name is already taken The name is available. Register?

މާހިރު

15 December 2024

މިއީ ކިހިނެއް ކަނޑައަޅާފައިހުރި ރަށްތަކެއް ހެއްޔެވެ؟ ފ. ނިލަންދުއާއި ދ. ކުޑަހުވަދުއާއި ލ. ފޮނަދޫ ފިޔަވާ ދެންހުރި ރަށްތަކަކީ ބޮޑުކުރެވެންވެސް ނެތް ކުދި ރަށްތަކެކެވެ.

The name is already taken The name is available. Register?

1828

16 December 2024

ފ.ނިލަންދުއަކީ މުސްތަޤްބަލް އޮތް ރަށެއްނޫން. ކޮއްކޯފުޅަށް ދާއިރާގެ ގޮނޑި ދިނީމައި ފ.ނިލަންދޫއަށް ދުނިޔޭގައި ލެއްވިއްޔަ، ލެއްވި ހުރިހާކަމެއް. މި ހަމައެއް ނުޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 December 2024

އަލަށް ތިޔަހެދި އާބަން ސެންޓަރު ތަކުގެބަދަލުގައި ރާއްޖޭގެދެކުނުން ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ، އައްޑޫ އަދި އުތުރުން އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސް ފަދަ ހިއްކައިގެން ބިން ބޮޑުކުރެވެންހުރި ރަށްރަށް ހިއްކާފައި، ހަމަޖެހިގެން މިރަށްތަށުގައި ދިރިއުޅެވޭގޮތަށް މިރަށްރަށުން ބިންދީބަލަ.

The name is already taken The name is available. Register?

ސޭކުބެ

15 December 2024

އަދި ތިލިސްޓަށް އދ. އަތޮޅުންނަމަ، މާމިގިލި، ފެންފުށި ނުވަތަ ދިއްދޫ ދިގުރަށް. މި އާބަން ސެންޓަރުތަކެކޭ ކުރަމަތީ މީހުން ރަސްދޫއަށް ލުމެކޭ ނުވަތަ ބ. ކުންފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރުމެކޭ އެއްވެސް ތަފާތެއް އެބަހުރިތަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 December 2024

މާލޭސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުން ފުލެޓް ދިނުމާއި ބިން ދިނުމުގައިވެސް މިހާރު އަމަލު ކުރަމުންދަނީ ވަރަށް ރޭސިސްޓް ގޮތަކަށް. އެހެން ކަމުން ކ.މާލެ ސަރަޙައްދުގެ ބިން ތަކީ ނީލަމުގައި ވިއްކާ އަގުބޮޑު ބިންތަކެއް ކަމަށް ހަދާފައި މިދެންނެވި ރަށްރަށުން ހިލޭ ބިން ލިބޭގޮތަށް އަދި ސޯޝަލް ހައުސިންގ ފުލެޓްވެސް އަޅާނީ އެރަށްރަށުގައި ކަމަށް ކަޑައަޅާފައި ޙަޤީގީ މާނައިގައި އާބަން ސެންޓަރު ހަދާ ދިވެހިން އެއްފަސްކުރަން މަސައްކަތް ކުރަންވީ ނޫންތޯ.

The name is already taken The name is available. Register?

ށފުނަދޫ މީހާ

15 December 2024

ށފުނަދޫގެ އުއްމީދު ރައީސް ގެއްލުވާލައިފި ދެން ށ.ފުނަދޫން ލިބޭނެ ތާއީދެއްނެތް މުއީޒަކަށް.

The name is already taken The name is available. Register?

ޕިކްސް

15 December 2024

ފުރަތަމަވެސް ގޯސް ތިހެދީ. ބޯހިޔާވަހިކަމަކީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަ. އާބަން ސެންޓަރުތަކުން ބޯހިޔާވަހިކަމަށް ހުރިހާ ރައްޔިތުންނަށް ކުރިމަތި ލެވެންޖެހޭނެ ނޫނީ އާބަންސެންޓަރުތަކެއް ހެދުމުގެ ބޭނުމއެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454