ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވަނީ. -- ފޮޓޯ | މިހާރު
23 ޑިސެމްބަރ 2024 - 09:47
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދު ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މިދިޔަ ބުރާސްފަތިދުވަހު ހުށަހެޅި ގަރާރަކީ ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އިޒްރޭލުން އުފުލަން ޖެހޭ ޒިންމާތަކާ ބެހޭގޮތުން ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާ ގަރާރެއް ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ހުށެހެޅީ ނޯވޭގެ އިސްނެގުމާ އެކީ، އެހެން ގައުމުތައް ވެސް ހިމެނޭ ގްރޫޕަކުންނެވެ.
އެ ގަރާރު ފާސްކުރީ ރާއްޖެ ހިމެނޭހެން 137 މެންބަރު ގައުމުގެ ވޯޓުންނެވެ. އެ ގަރާރު، ރާއްޖެއިން ވަނީ ކޯ-ސްޕޮންސާކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އިންޓަނޭޝަނަލް ކޯޓަށް ހުށަހެޅި ގަރާރަކީ އދ. އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެނިހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ދަމަހައްޓަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ގަރާރަށް ލިބިފައިވާ ތާއީދަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް ލިބިގެންދާ ބާރެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހުއްޓުވުމާ ދެކޮޅަށް ރާއްޖެ އިން އަންނަނީ އަޑު އުފުލަމުންނެވެ. އިޒްރޭލާ ދެކޮޅަށް ތެދުވެ، މުޅި ދުނިޔޭގެ ހުރިހާ ސިޔާސީ އަދި އިގުތިސާދީ ބާރެއް ބޭނުން ކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ މަހު ވެސް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އިން އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް ކުދުބެއްޔާގެ އަފީފު ދީދީ
23 December 2024
ކޮބާހޭ ބޭންކުރި އިޒުރޭލު ޕާސްޕޯޓު
ާލީލޤލް
23 December 2024
މުނާފިގުން މިފެންނަނީ. ފަލަސްތީންދެކެ މާ ހެޔޮއެދޭ ބަޔަކަށް ހެދިގެން... އަމަލު ކުރަންވީމަ ނުކެރޭ.
ގެދާނޯމޮސް
23 December 2024
ޕަލަސްތީނަށް އިންސާފުވެރި ނިންމުމެއް ގެނެވޭނީ ހަގީގީ މުސްލިމުންނަކީ ކޮންބަޔެއްކަން މުސްލިމުންނަށް އެނގިގެންނެވެ. މަރުވުމަށް ފަހު ދުނިޔޭގެ ހުރިހާ ދީނެއްގެ މީހުންވެސް ސުވަރުގެ ހާސިލްކުރަން ބޭނުމެވެ. މިގޮތުން ސުންނީންނާއި ޝިއައީންވެސް ބޭނުންވެއެވެ. ﷲ އަކްބަރު ކިޔަސް ޝަހާދަތުގެ ދެކަލިމައިގާ އެވާ އިބާރާތް ހިތުގެ އަޑިން ގަބޫލު ނުކުރެވޭ ބަޔަކަށް ނަމުގަ ނޫނީ އިސްލާމް ދީނެއްލިބިގެން ނުވެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އިޚްލާސްތެރި ވެނޫޅޭނެއެވެ.
އެޗް އެމް
23 December 2024
ހިތުގެ އެއްވެސް ތަނަކުން ގަބޫލު ކުރުމާ ނުވަތަ ނުކުރުމާ ބެހޭ މަސައްކަތެއްވެސް ނުކުރޭ. މައަުލޫމާތު ލިބިގަތުމާއި ރައްކާކުރުމާއި ވެރިފައި ކުރުމާއި އެމައުލޫމާތުތަކަށް ބަރޯސާވެ ކޮމާންޑް ކުރުމުގެ މަސައްކަތް ހިންގަނީ ބޮލުތެރޭގަ އިންނަ ސީޕީޔޫ އަކުން ކަމަށް ބުނެވޭ.