އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
19 ޑިސެމްބަރ 2024 - 09:38
ރަށުން ބޭރުގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދިމާވީ ސިއްހީ މައްސަލައެއްގައި މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ މައިބަދަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އިމަޖެންސީގައި ރޭ ދަންވަރު މާލެ ގެނެސް ފަރުވާ ދެމުން އަންނައިރު ހިނގާބިނގާވެ އުޅުއްވަން އުއްތަމަ ފަނޑިޔާރަށް ދައްޗެވެ.
ސުޕްރީމް ކޯޓު މިވަގުތު ރިސެސްގައި އޮތް އިރު، އުއްތަމަ ފަނޑިޔާރުން ވަޑައިގެން އުޅުއްވީ ބ. ފުޅަދޫގައި ޗުއްޓީއެއްގަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސިއްހީ ސަބަބުތަކަށްޓައި އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
19 December 2024
އަވަސް ޝިފާއަކަށް އެދެން. މިނިސްޓްރީތައް އަނދާ ހުލިވަނީ. ތިޖޫރީތަކުން ވައްކަންކުރުން އިތުރުވަނީ. ބިންތައް ފޭރި ހުސްކުރަނީ، ފަނޑިޔާރުން އެނދުމަތިކުރަނީ. ދެން ކޮންތާކަށް އަހަރެމެން ދާނީ؟؟
ނޯމޯ ވައްކަން
19 December 2024
އަހަރެމެން ދެން ދާން އޮތީ ކަށްވަޅަށް..އެތަނަށް ދިއުމުގެ ކުރިން ހެޔޮ ރަނގަޅު ޢަމަލުކޮޅެއް ކުރެވޭތޯ ބަލަންވީ. އެމަންޒިލް އަމާން ވެއްޖެނަމަ ދެން ލިބެން އޮތީ ދާއިމީ ގޯތި. އެއްވެސް މީހަކަށް އެއެއް އަތެއް ނުލެވޭނެ.
ގފސ
19 December 2024
އުއްތަމަ ފަނޑިޔާރުވެސް މި ގައުމުގައި ކޮރަޕްޝަން ހުރި ވަރު އިވި ވަޑައިގެން ސިހިވަޑައިގެން މައިބަދަ އަށް ލިބުނު އަނިޔާ. އަވަސް ޝިފާ އެއް ދެއްވާށި.
އުމަރު ނަސީރު
19 December 2024
އަވަސް ޝިފާ އަކަށް އެދެން!
އަލިްވޗދ
19 December 2024
އެންމެ ހިތްތިރި ރަނގަޅު އުއްތަމަ ފަނޑިޔާރު. ބާރުތައް މުށުތެރެއަށް ނުލައްވަ މަސައްކަތް ކުރެއްވި ބޭފުޅެއް. އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން
އަންދަލޫސިޔާ
19 December 2024
މި ޤައުމު ދުށް އެންމެ ރަނގަޅު އުއްތަމަ ފަނޑިޔާރަށް އަވަސް ޝިފާއަކަށް އެދެން.
ސިޒާ
19 December 2024
އުއްތަމަފަޑިޔާރު އެއީ ވަރަށްރަނގަޅު ބޭފުޅެއް. މަޑުމައިތިރި ކޯފާމަޑު ހެންހެޔޮ ބޭފުޅެއް.އަވަސް ޝިފާއަކަށް އެދެން.
ބެއްޖާ
19 December 2024
ޝަފާކަ ﷲ , އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުއިއްޒު އަދުނާން. މަނިކުފާނަށް ދުޅަހެޔޮ ސިއްހަތެއް މިންވަރުކުރައްވާށި. ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމަކީ އާއްމުންގެ އިތުބާރު ހިފޭ އިންސާފު ކަށަވަރުވާ ނިޒާމެއްކަމުގައި ލައްވާށި. އާމީން.
ސުހާނާ
19 December 2024
އުއްތަމަ ފަނޑިޔާރުގެ ނަންފުޅަކީ އަޙްމަދު މުޢުތަޞިމް ޢަދުނާން. މުޢިއްޒު ޢަދުނާން (މުޙައްމަދު މުޢިއްޒު ޢަދުނާން) އަކީ އުއްތަމަ ފަނޑިޔާރުގެ ބޭބޭފުޅު. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ނަންފުޅު ދިވެހި ރައްޔިތަކަށް ނޭނގުނީތީ ހިތާމަކުރަން. ޚަބަރުވެސް ރަނގަޅަށް ކިޔައެއް ނުލަންދޯ؟
އަލިބެ...
19 December 2024
ތަރައްޤީގައި ކާމިޔާބު ތަކެއް ހޯދުނު ނަމަވެސް، ސިޔާސީ ކޮންމެ ފިކުރަކަށްވެސް އިތުބާރުކުރެވޭފަދަ ސްޕްރީމްކޯޓެއް ފިޔަވައި މިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި މިހާތަނައް ހޯދުނު ކާމިޔާބެއް ނެތް. މިކަންވެސް ނިމުމަކާއި ހިސާބައް ދިޔައީ ކަމަށް ބެލެވެނީ! ހުރި ހިތާމަ އެއްގެ ބޮޑުކަމާއެވެ.
އަބްޑޫޅް +
19 December 2024
މުޢުތަސިމް ވަރަށް އަވަހަށް ގަދަވެވަޑައިގަންނަވާނެ ކަމުގައި އެދިހުރީން. މީގެ ބަރާބަރު 39 އަހަރު ކުރިން، މުއުތަސިމް އަޅުގަޑުމެންގެ ކައިވަންޏަށް ވަޑައިގަތީމު. ޝައުގީ އާއި، އަދި އެހެން ކުދިންކޮޅަކާއިވެސް އެކުގަ.
ތުއްތޮންބެގެ ތުއްތުކޮއިފުޅު
19 December 2024
އުއްތަމަ ފަނޑިޔާރަށް އަވަސް ޝިފާއެއް ދެއްވާށި. ދުޅަހެޔޮ ސިއްހަތަކަށް އެދޭ ހާލު ދަންނަވަން އޮތީ ރިޓަޔަރ ނުކުރައްވައްޗޭ ޕްލީސް ޕްލީސް