28 ޑިސެމްބަރ 2024 - 15:37
އއ. ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑްގެ އަންހެނަކަށް އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑް އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ކަރަމް ހިންގާ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
އެ މައްސަލާގައި އޭނާގެ ބަހެއް ހޯދަން "މިހާރު"ން ގުޅުމުން ވިދާޅުވީ ކުރީގެ މުވައްޒަފަކާ މެދު ކޮންމެވެސް ވަރެއް ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އެކަމަކު އެއީ ސޯޝަލް މީޑިއާގައި އޭނާއަށް ތުހުމަތުކޮށްފައިވާ ފަދަ، ޖިންސީ އަނިޔާއެއް ދޭން އުޅުނު މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެެވެ.
ކުރީގެ މުވައްޒަފާ މެދު ޖެހިގެން އުޅެނީ ކަރަމް ވިދާޅުވި ގޮތުގައި މާރާމާރީގެ މައްސަލައެކެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަތޫ
28 December 2024
ޢެހެންވީމަ މިބުނަނީ އެހާ ގާތް ނުކުރާށޭ