އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
29 ޑިސެމްބަރ 2024 - 06:23
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕްރޮސްޓޭޓް ނަގަން ސާޖަރީއެއް ހަދަން ޖެހިއްޖެ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ މި ސާޖަރީ އާދީއްތަ ދުވަހު ހަދާނެ ކަމަށެވެ.
އިޒްރޭލަށް މީގެ 14 މަސް ދުވަސް ކުރިން ހަމާސް އިން ދިން ހަމަލާތަކާ އެކު އިޒްރޭލުން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ މި ވަގުތު މި ސާޖަރީ ހަދަން ޖެހުނީ ނަތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީ ކަމަށް އޭނާގެ އޮފީހުން ބުންޏެވެ.
މި މައްސަލަ ދިމާވަނީ ޕްރޮސްޓޭޓް މާ ބޮޑުވެފައިވާތީ ކަމަށާއި އެހެންވެ ޕްރޮސްޓޭޓް ނަގަން ޖެހެނީ ކަމަށް ބަޔާނުގައިވެ އެވެ.
މިދިޔަ މާޗް މަހު ނަތަންޔާހޫ ހާނިއާ ސާޖަރީއެއް ވެސް ހަދާފައި ވާއިރު ޖުލައި މަހު ވަނީ ޕޭސްމޭކާއެއް ވެސް ލައްވަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމު
29 December 2024
މި ޖައްލާދުގެ ނިމުން ހިތިކުރައްވާށި..އާމީން
ޑޮކްޓަރު
29 December 2024
ހޮސްޕިޓަލުން ނެރެން ހަދާނެ ކަމެއް ނެތް،
މާހިރު
29 December 2024
ޔާ ﷲ. އެނުބައިނުލަފާ ކަލޭގެއަށް ނުބައި ބައްޔެއް ޖައްސަވާ ދިރިތިބީންނަށް ޢިބުރަތެއް ކަމުގައި ލައްވާނދޭވެ.
ނޒބޒބ
29 December 2024
ގޮހޮރުވެސް ނަގާހިސާބަށްގޮއްސަ އެހުރީ. މުޅިން ލެއިން ތަތްތެެޅިފައި
މިހާލި
29 December 2024
މީނައަށް ދުނިޔެމަތީގެ އަޒާބު އެއްމެ ބޮޑައް ދައްކަވާނދޭވެ.އާމީން