އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް ރެއިޑްކޮށް ދިން ހަމަލާތަކަށް ފަހު އެ ހޮސްޕިޓަލުން އައް ޝިފާ ހޮޕިޓަލަށް އެމްބިއުލާންތަކުގައި ބަލި މީހުން އުފުލަނީ. -- ފޮޓޯ: އޭއެފްޕީ
29 ޑިސެމްބަރ 2024 - 06:22
އިޒްރޭލުން ފަަލަސްތީނުގެ ޣައްޒާގައި ހަމަލާދީ ރެއިޑްކުރި ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ އަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ އިޒްރޭލުން ހައްޔަރުކޮށްފި އެވެ.
މީގެ 14 މަސް ކުރިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ހަމަލާދިނުން އާންމު ކަމަކަށް ހަދާފައި ވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ކަމާލް އަދުވާން ހޮސްޕިޓަލަށް ހަމަލާ ދިނުމުން އެ ސަރަހައްދުގެ އެންމެ ރަނގަޅު ހޮސްޕިޓަލް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި މުވައްޒަފުން ވެސް ވަނީ އެތަނުން ނެރެ، ތަން ހުސްކޮށްފަ އެވެ.
އދ. އާއި ގައުމުތަކުގެ ފާޑުކިޔުން އަމާޒުވި ލާއިންސާނީ ހަމަލާތަކަށް ފަހު އިޒްރޭލުން ބުނީ ހޮސްޕިޓަލްގެ ރެއިޑް މިހާރު ނިމިފައިވާ ކަމަށެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލުންނާއި ޑަބްލިއުއެޗްއޯއިން ހޮނިހިރު ދުވަހު ބުނެފައިވަނީ މި ރެއިޑްގެ ސަބަބުން ބައިތު ލަހިޔާގެ ހޮސްޕިޓަލް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ.
"ކަމާލް އަދުވާން މިހާރު ވަނީ ހުސްކޮށްފައި،" ޑަބްލިޔުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ މިއީ އިޒްރޭލުން ހޮސްޕިޓަލްތަކަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުން ދަނިކޮށް އެކަން އިތުރަށް ފުޅާކުރުން ކަމަށާއި އެކަމާ ހިތާމަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"ނިޒާމީ ހިދުމަތްތައް ހުއްޓުމަކަސް ގެނައުމަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދޭ ހަމަލާތަކާއި އުތުރު ޣައްޒާގައި 80 އަށްވުރެ ގިނަ ދުވަހު އެތަން ހިސާރުކޮށްގެން ތިބުމުން ފަލަސްތީނުގެ 75،000 މީހުންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިގައި،" ޑަބްލިޔުއެޗްއޯގެ ބަޔާނުގައިވެ އެވެ.
ރެއިޑް ނިމުނީ ކަމަށް ބުނެ އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަމަލާތަކުގައި ހަމާސްގެ ލީޑަޝިޕް ނައްތާލާފައި ވަނިކޮށް އަދި މިއިން ދުވަހަކު ރޮކެޓް ހަމަލާއެއް އެ ޖަމާއަތުގެ ސަރަހައްދުތަކުން ނުދީ އޮތުމަށް ފަހު އަލުން ހަމަލާ ދީފައިވާ ކަމަށެވެ. ހަމާސް އިން އަލުން ރޮކެޓް ހަމަލާ ދީފައި މި ވަނީ އެ ޖަމާއަތް އަލުން އެކުވިޔަ ނުދިނުމަށް އިޒްރޭލުން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދީ އެއްކޮށް ސުންނާފަތިކޮށްފައި ވަނިކޮށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ކަމާލް އަދްވާން ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓެއް ހުންނަ ކަމަށާއި އެތަނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަން ނިންމާލި އިރު އެ ސަރަހައްދުގައި ތިބި 240 އަށް ވުރެ ގިނަ "ޓެރަރިސްޓުން" ހައްޔަރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
29 December 2024
އދ އަކީވެސް ބޮޑުމުސާރަ ނަގަން ރާވާފައިވާ ބޮޑު ޓެރަރިސްޓް ޖަމާޢަތެއް.
ޖަލީލީ
29 December 2024
ސުބުހާނަﷲ އަދުގެ މުސްލިމުންގެ ނިކަމެތިކަމާއެވެ. ޔާ ﷲ މިނިކަމެތިކަމުން މި އުންމަތް ސަލާމަތް ކުރައްވާ އެއްބައިވަންތަކުރައްވާ އިއްޒަތްތެރިކުރައްވާނދޭވެ. އާމީން
މާލް123
29 December 2024
ކޮބާ ހުޅަނގުގެ ސިއްހަތު ޖަމުއްޔާއާ އަލިފުދާލު، ރޯމާދުވާލު ލައިވް ކެމެރާ ކުރިމަތީ ފާޅުގަ ހުރިހާ ޖަރީމާއެއް މި ހިންގަނީ
މާހިރު
29 December 2024
ކިތައްމެ ވަރަކަށް އެހެން މީހުންނަކީ ޓެރަރިސްޓުންކަމަށް ދައްކަން އުޅުނަސް ހަޤީޤީ ޓެރަރިސްޓުންނަކީހަމަ އިސްރާއީލްގެ މީހުންނެވެ.