އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާގެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
30 ޑިސެމްބަރ 2024 - 07:07
ނަތަންޔާހޫގެ ޕްރޮސްޓޭޓް ނަގަން ކުރި އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މީގެ 14 މަސް ކުރިން ދޭން ފެށި ހަމަލާތަކުގެ ތެރޭގައި އަދިވެސް އޮއްވައި މިފަހަރު ނަތަންޔާހޫ ކުރި މިއީ ދެ ވަނަ އޮޕަރޭޝަނެވެ.
"މިހާރު ހޭއަރައިފި އަދި ހާލު ރަނގަޅު. މިހާރު ވަނީ ރިކަވަރީ ޔުނިޓަކަށް ބަދަލުކޮށްފައި. އޮބްޒަވޭޝަންގައި އަދި ދުވަސްކޮޅަކު ބާއްވާނެ،" ހަދަސާ މެޑިކަލް ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ ޕްރޮސްޓޭޓް ނަގަން ޖެހުނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީ ބެލި އިރު އެއީ ޕްރޮސްޓޭޓް ދުޅަވުމުގެ ސަބަބުން ދިމާވާ ކަމެއްކަން އެނގުމާ އެކު ކަމަށެވެ.
ނަތަންޔާހޫ ވަނީ މިދިޔަ މާޗް މަހު ހާނިއާ ސާޖަރީއެއް ވެސް ހަދައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ޕޭސްމޭކާއެއް ލެއްވުމުގެ ޕްރޮސީޖާއެއް ވެސް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
30 December 2024
ހާދަ ސުމެއްގެ ހޮސްޕިޓަލެކޭ
ތުނިޔަ
30 December 2024
ވޭންދެނިވި ނުބައި ބައްޔެއްގައި މީނަގެ އުމުރުލައްވާށި! ޢާމީން
މަހާ
30 December 2024
މި ކަލޭގެޔަށް ވާ ގޮތެއް ބަލާ ހިތެއް ނުވޭ
ޢަލްޓިކޯ
30 December 2024
ޢަސްލު އަޕްޑޭޓް ބަލާހިތްވާ ކަމެއްވެސްނޫން އެޔައްވުރެ ނުބައި މީހެއް
ލޮލްޒ
30 December 2024
އެރިއަލް ޝެރޯންއަށް ދެއްވި ފަދަ ވޭންދެނިވި ދިގު އުމުރެއް މިމީހާއަށް ދެއްވާށި، އާމީން.
އާދަނުބެ
30 December 2024
މުސްލިމުން ލެއިންތަތްތެޅިފަ ހުރި ނަޖިސް މީހެތް
އަހުމަދު އަތީގު
30 December 2024
މުސްލިމުން މާ ގިނަ މުސްލިމުން މަރައެއް ނޫންތަ