އެސްޓީއޯއިން ތައާރަފްކުރި ޑިޖިޓަލް ކަލަންޑަރު
01 ޖެނުއަރީ 2025 - 14:29
އެސްޓީއޯއިން މިދިޔަ އަހަރު ތައާރަފްކުރި ޑިޖިޓަލް ކަލަންޑަރުގެ ސޮފްޓްވެއާ އަޕްޑޭޓުކޮށް އެ ކަލަންޑަރު 2025ގައި "ރީޔޫސް" ކުރަން ނިންމައިފި އެވެ
އެ ކުންފުނިން ބުނީ 2025ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓްކުރުމުގެ މައުލޫމާތާއި އިރުޝާދު އެސްޓީއޯ ވެބްސައިޓާ ސޯޝަލްމީޑިއާ މެދުވެރިކޮށް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ. އަދި އާ ސޮފްޓްވެއާގައި އިނޮވޭޝަނާއި ޔޫޒާ އެކްސްޕީރިއަންސަށް އަހައްމިއްޔަތުކަން ދީފައިވާނެ ކަމަށާއި ފަސޭހައިން ސޮފްޓްވެއާ އަޕްޑޭޓްކުރުމުގެ އިތުރުން، ޑިޖިޓަލް ޓޫލްތަކާ ގުޅުވުމާ, ބޭނުންހިފޭ އިތުރު ކަންކަން ހިމެނިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަދި އާ އަޕްޑޭޓުގައި އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑާސް، އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މައުލޫމާތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެސްޓީއޯގެ ޑިޖިޓަލް ކަލަންޑަރު.
އެސްޓީއޯއިން މިދިޔަ އަހަރު ތައާރަފްކުރި ޑިޖިޓަލް ކަލަންޑަރަކީ އެ ކުންފުނީގެ ވިޔަފާރި އާއި ކުންފުނީގެ އާއްމު ހިންގުމުގައި ގެންގުޅޭ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން ،އަދި ޑިޖިޓަލް ޓްރާންސްފޯމަޝަން ވިސްނުމުގެ ދަށުން އެ ކުންފުނިން ތައާރަފްކުރި ކަލަންޑަރެކެވެ.
އެސްޓީއޯއިން ބުނީ އެހެން އަހަރުތަކާ ހިލާފަށް އާ ކަލަންޑަރެއް ނެރުމުގެ ބަދަލުގައި މިދިޔަ އަހަރުގެ ކަލަންޑަރުގެ ސޮފްޓުވެއާ އަޕްޑޭޓުކޮށް އެ ކަލަންޑަރު "ރީޔޫސް" ކުރަން ނިންމީ ކުންފުނީގެ ސަސްޓެއިނަބިލިޓީގެ ވިސްނުމުގެ ދަށުން ކަމަށެވެ. އަދި އެއީ އެސްޓީއޯގެ ޕޭޕަލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް ބާރު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ބުންޏެވެ.
އެސްޓީއޯއިން ބުނީ ޕްރިންޓު ކަލަންޑަރެއް ނަމަ އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން އެހާ ގިނަ ޕްރިންޓުކުރާ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ހީވެސް ނުކުރާ މިންވަރަށް ކާބަން ބޭރުވެފައިވާ ކަމަށް ބުންޏެވެ.
ކަލަންޑަރު ޕްރިންޓުކުރުން ހުއްޓާލުމަކީ އުކާލެވޭ ކުނި މަދުކޮށް، ގަސްތައް ސަލާމަތްކޮށް، ކާބަން ފުޓްޕްރިންޓް ކުޑަކުރަަން އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. އަދި ޕްރިންޓު ކަލަންޑަރު އުފެއްދުމުގައި އެތަައް ވަސީލަތަކާއި ވަގުތު ހޭދަވާ ކަމަށާއި ޑިޖިޓަލް ކަލަންޑަރު ތައާރަފްކޮށް އަލުން ބޭނުން ކުރުމަކީ މިލިއަނުން ކުރާ ހޭދަ ސަލާމަތްކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
އެސްޓީއޯ އަކީ ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަލަންޑަރުގެ އިތުރުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށް ކޮށްފައިވާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންބެއްޔާ
02 January 2025
ބަލަ ތިޔަހާ ތިމާވެއްޓަށް ވިސްނާ، ޚަރަދު ކުޑަކުރަން ވިސްނަންޏާ، ކަލަންޑަރަށް މޯބައިލް އެޕެއް ހެދީމާ ނިމުނީ. ކޮންމެހެން ޑިޖިޓަލް ކަލެންޑަރެއްވެސް ޕޭޕަރ ކަލަންޑަރެއްވެސް ހަދާނެ ކަމެއް ނެތް. ހަޤީޤަތަކީ ކަލަންޑަރު މީހުން ބަލަނީ ހަމައެކަނި ބަންދުދުވަސްތައް ބަލާލަން
ލަކީބު
01 January 2025
ކޮންތާކުން މީގެ އެއްޗިހި ލިބެން ހުރީ؟
ހުސަ
01 January 2025
އީބޭ އިން ލިބެން އެބަހުރި! އޮންލައިންކޮށް ގެނެވޭނެ! އަވަސް ކުރައްވާ!