ހަށި ވިއްކުމުގެ ތުހުމަތުގައި އަތުލައިގެން ބިދޭސީން: އޭގެ ތެރެއިން ދެ މީހަކު ވަނީ ޑީޕޯޓްކޮށްފައި --- ފޮޓޯ/އިމިގްރޭޝަން
05 ޖެނުއަރީ 2025 - 13:47
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކޮށްފި އެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކަކުން ހަތަރު އަންހެނަކާއި ތިން ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ދެ އަންހެނަކު ވަނީ ޑީޕޯޓުކޮށްފަ އެވެ. އެއީ ޔުގެންޑާއަށް ނިސްބަތްވާ 38 އަހަރުގެ މީހަކާއި ރަޝިޔާގެ 25 އަހަރު މީހެކެވެ. އޭގެ އިތުރުން އިތުރު ފަސް ބިދޭސީއަކު ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ހަށިވިއްކުމުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ޑީޕޯޓްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
06 January 2025
ޑިޕޯޓުކުރީތަ، ނޫނީ ޑިޕޯޓުކޮށްލީތަ؟
ޑރ ވާންޗޯ
05 January 2025
ވިއްކާ ހުސްކޮށްލަންދެން މަޑުކޮށްފަ ވިއްކިމީހުންގެ އަތުން ފައިސާތަށް އަތުލާފަ ދެން ގަނެގެން ދިޔަ މީހުންގެއަތުން ތިޔަތަކެތި އަތުލިނަމަ ހުންނާނީ ރާކަނިމަސް ކެވިފަ.
ދިވެސް
05 January 2025
މަޖާ ކަމަކީ މިހުރިހާ މީހުން ޒިންމާވާ ދިވެއްސެއް އަތު ނުޖެހޭކަން. އެމީހެއްގެ ފޮޓޯވެސް އެބަޖެހޭ ޖަހަން.
ކޮރަލް
05 January 2025
މަސާޖު ކުރުމުގެ ނަމުގަ ޒިނޭ ކުރާ ތަންތަން ގިނަ ވެ ފައިދާ ބޮޑު ވީމަ ޔޫރަޕް އާ އެފްރިކާއިން ވެސް އަންހެނުން އަންނަނީ އެވެ. ހައްދު ފަހަނަ އަޅާފަ އެވެ. ބަންގްލަދޭޝް ބޭފުޅުން ޑިޕޯޓް ކުރަން އުނދަގޫ ވެ އެވެ. ފައިސާ ގިނަވެ ސަލާމަތް ވާން ހަރަދު ކޮށްލާލެއް ގިނަ ވެފަ ބޮޑެތި މީޙުންނާ ގުޅިފަ އެވެ. އެބޭފުޅުން ލޭބަރު ނަމުގަ އަޔަސް ދަންވަރު ބޮޑެތި ބޭފުޅުންނާ އެކު އުޅޭނީ ހޭލާ ރެސްޓޯރަންޓް ތަކުގަ ވިޔަފާރި ފުޅާ ކުރުމުގަ އެވެ.
ދަނޑުން
05 January 2025
ސާބަހޭ، ހުރިހާ އެންމެން ފޮނުވާލާ
22222
05 January 2025
މިރާއްޖޭގައި ހުރިހާ ނުބައި ނުލަފާ ކަމެއްގެ އަޑީގައި ބަންގާޅީން.
އޮޑިހަނު
06 January 2025
ނޫނޭ، އަޑީގަ ހުންނާނީ ހަމަ ދިވެއްސެއް. ފޮޓޯ ނުޖެހޭހާ ބާރުލިބިފަ ހުރި ދިވެއްސެއް. ދިވެއްސަކާ ނުގުޅި ބަންގާޅިންނަކަށްވެސް އެއްވެސް އޯރގަނައިޒްޑް ކުރައިމެއް ނުހިންގޭނެ. މައްސަލައަކީ އެއީ ކޮންކޮން ދިވެހީންނެއްކަން ހޯދަން ނޫޅޭތީ. ކަމުގެ އަސްލު ނުހޯދާ ގުނބޯ ހެދިގެން ތިބުން މާޒީ ކުރުވަން އެބަޖެހޭ.
ހައުމެނީ
05 January 2025
ފުޅާ ވަނީ ކިތައް ކަސްޓަމަރުން ވީމަތޯ؟
ވޯލް
05 January 2025
ރާލާ އޫރުމަހާ ވިއްކާގެންވެސް ޓީޖީއެސްޓީ ނަގާ. އެހެންވީމާ މިކަމުންވެސް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ނަގަންފެނޭ.
ވިންޓަރ އިޒް ކަމިންގ
05 January 2025
ދަރިޔެއް އުފަންވެއްޖެޔާ އެސޮރަށް ނަގާނެ ޓީޖީއެސްޓީ އަދަދެއްވެސް ޖަހާލަދިންނަމައެއްނު. މީހަކު އަވަދިވެދާނެ ކަލޭނޭ