މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބައްދަލުވުމެއް: ވެލިޑޭޓްކުރުމަށް ފަހު ނުގެންދާ ގިނަ އަދަދެއްގެ ސެޓްފިކެޓްތައް ފައިލް ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނޭ.
07 ޖެނުއަރީ 2025 - 15:15
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ވެލިޑޭޓްކުރަން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ސެޓްފިކެޓްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ނުގެންގޮސްފި ނަމަ ފައިލްކުރާނެ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ދަރިވަރުންގެ ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކުރުމަށް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭ އިން ތައްގަނޑު ޖަހައިދެ އެެވެ. އެގޮތަށް ތައްގަނޑު ޖަހައިދޭން އެދި ގިނަ އަދަދެއްގެ ސެޓްފިކެޓް ނުގެންގޮސް ހުރި ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
އެމްކިއުއޭ އިން ކުރި އިއުލާނެއްގައި ބުނީ އެކިއެކި ފަރާތްތަކުން ސެޓްފިކެޓް ވެލިޑޭޓް ކުރުމަށް ފަހު، އެ ސަނަދުތަކާ ހަވާލު ނުވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެމްކިއުއޭ އިން ބުނީ ޑިސެމްބަރު 31، 2022ގެ ކުރިން ވެލިޑޭޓްކޮށްފައިވާ ސަނަދުތަކާ މިމަހުގެ ނިޔަލަށް ހަވާލުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެ މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްކިއުއޭ އިން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ފަހުން އެ ތާރީހުގެ ސަނަދެއް ބޭނުންވެއްޖެ ނަމަ، ޖެހޭނީ އަލުން އާ އެޕްލިކޭޝަނެއް ހުށަހަޅައިގެން ސެޓްފިކެޓް ވެލިޑޭޓްކުރާށެވެ.
އެ އޮތޯރިޓީން ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެލިޑޭޓްކޮށް، ވެރިފަރާތުން ހަވާލުނުވާ ސަނަދުތައް ވެސް ވީއެންމެ އަވަހަކަށް ހަވާލުވުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުމާލު
07 January 2025
ކަންކުރަން ނޭނގޭ ދާއިރާގެ ޢިލްމާއި ތަޖްރިބާ އާއި ހުނަރު ނެތް މީހަކު މިފަދަ ޢިލްމީ މުއައްސަސާއެއް ހިންގަނީ ލިމަ ވާނެ ވާނެ ހައެތި މިވަނީ!!!!
ވާވައްދާފަ
07 January 2025
އަހަރެން ދަރިން ކުޑައިރު 2007ގަ ބޭންކް އޮފް މޯލްޑިވްސް ހުޅުވި 2 އެކައުންޓް، 10ހާސްވަރު 2 އެކައުންޓް މަތިިން ހުންނާނެ، އަތްމަތި ދަތިވެޔާ ރަށުގަ އޭރު ދިރިއުޅޭތީ ފައިސާ ނުލެވޭ، 2012 ވަނަ އަހަރު ޕޯސްޓުން ލިބުނު ސިޓީގަ އޮތީ މުޢާމަލާތު ނުކުރާތީ ބަންދު ކުރާވާހަކަ، އެ ފައިސާ ވަނީ ގެއްލިފަ، ދަތުރުވަރީގައި އައިސް ބެންކުމައިއިފީހަށް ދިއުމުން ބުނީ ދެން ލިބޭނީ އެމްއެމްއޭ އިންނޭ، އެމްއެމްއޭ އިން ބުނީ އެއީ ވަރަށް އުދަގޫ ކަމެކޯ، ފައިސާ ނުލިބެ، ދަރިން ބޮޑުވެއްޖެ
ޖާހިލުދައުލަތް
07 January 2025
ވައުދުވެފަ ވައުދު ނުފުއްދާ ސަރުކާރުތައްވެސް ފެއިލް ކަމަށް ނިންމަންވީނުި ފުރަތަމަ.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
07 January 2025
މިކަމުގައި އެއްމެ ރަނގަޅު ގޮތަކީ ކުޑަ ޖޫރިމަނާ އެއް ކުރުން. އަދި ދުވަސް ވާވަރަކަށް މަހުން މަހަށް ޖޫރިމަނާ އިތުރު ކުރުން. ޙައިރާމުން އަންތަރީސް! ބައި މިލިއަން ހަމަނުވާ އާބާދީ އެއްގަ ނުބެލެހެއްޓޭ ވަރުގެ ގިނަ ސެޓްފިކެޓް ތަކެއް ހުރެދާނެ ކަމަކަށް ނުދެގެން. ރައްޔިތުންގެ ޖީބުން މުސާރަ ދެނީ ރައްޔިތުން ގެ ކަންކަން ރައްޔިތުންނަށް ފަސޭހަ ވާނޭހެން ކޮށްދިނުމަށް!
ލޮލްް
07 January 2025
ބޭނުންކޮށްފަ ބާކީ ހުރި ކަރުދާސްތައް ޝްރެޑ
ބާބް
07 January 2025
ތިއީ މިރާއްޖޭގައި ހުރި އެންމެ ނާގާބިލް ތަން. ވެލިޑޭޝަނަށް އެދުނީމަ މަސް ދެމަސްވާއިރުވެސް ޚަބަރެއް ނުވޭ. ފޯނަކުން ގުޅެނީ އެއްނޫން. ކޮންމެވެސް ރައްޓެއްސަކު ހޯދައިގެން ޚަބަރެއް ވޭތޯ ބަލާލުމުން މިބުނަނީ ތީތި އޮތީ ކޮމިޓީގައޯ. ދުވަހަކުވެސް ކޮމިޓީއަކުން އަރައި ނުގަނެވޭ. ތިތާގެ ކުރީގައިވެސް ކަންކަންވާ ގޮތަކީ އެއީ. މިހާރު މިސަރުކާރު އައިފަހުން ކަންކަން ހަބައި ގޯސް.
އެމީހުންނަށް ގުޅާބަލަ
07 January 2025
ކަމެއް ދިމާވެގެން ވެސް ނުގެންދެވި ހުރެދާނެ އެވެ. އެހާ މުހިންމު ލިޔުމެއްވީމައި ކޮންޓެކްޓް އޮތްނަމަ އެމީހުންނަށް ގުޅައިގެން ވެސް ޙަވާލު ކުރެވޭތޯ ބައްލަވާށެވެ! ފައިލް ކުރަންޖެހޭނީ އެއްވެސް ގޮތަކުން ނުގުޅުނު ނަމައެވެ. ތިއީ ސަރުކާރުގެ މުވައްސަސާ އެކެވެ. އެއީ ދިވެހީންގެ ސަރޓިފިކޭޓް ތަކެކެވެ. އެ ޙަވާލު ކޮށްފައި ވަނީ އަމިއްލަ ބަޔަކަށް ނޫނެވެ. އެހެން ކަމުން އެމީހުން ހޯދޭތޯ ބަލަންޖެހޭނެ އެވެ. ތިހެން ކޮށްލާ އިޢުލާނެއް އެންމެންނަކަށް ނުފެންނާނެ އެވެ.
އަޙްމަދުބޭބެ
07 January 2025
ރަނގަޅުވާހަކައެއް! ބޮޑުކަމެއް ދިމާވެގެންވެސް ނުގެންގޮސް ހުށްޓަ ހަނދާންނެތިފަވެސް ހުރެދާނެ! އެޕްލިކޭޝަން ލާއިރުގަ މާމަކާފާއިގެ ކޮންޓެކްޓް ނަމްބަރަށްދަންދެން ނަގަނި ގައިމު މިކަހަކަ ކަންކަން ދިމާވީމަ ގުޅާލައިފަ ބަލައިއަންނަށްވެސް ހަނދާންކޮށްލަން ކަންނޭގެ. އެކިވަރުވަރުން މުވައްޒަފުން ތިބޭ! ކީއްވެ އެވަރުކަމެއް ނުކޮށްލެވެންވީ!