12 ޖެނުއަރީ 2025 - 17:01
ދަ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީ އާ ގުޅުނު މެންބަރުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މެންބަރުން ވަކިވިޔަސް އެ ޕާޓީ ފެއިލް ނުވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރުންތަކެއް އިއްޔެ ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް ހުސެއިން ފިރުޝާން ވިދާޅުވި ގޮތުގައި ޕާޓީން ވަކިވި މެންބަރުންނާ އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މައްސަލައެއް ޖެހޭނެހެން ހީނުވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
އެހެން ނަމަވެސް ސިޔާސީ ކަމަކަށް ވާތީ ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޕާޓީން ވަކިވި މެންބަރުން ވަކިވުމަކީ އެ ބޭފުޅުން އަމިއްލަ އަށް ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ޕާޓީ ފެއިލް ވެދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީ ފެއިލް ވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުފެނޭ. ޕާޓީއަކީ ޒުވާން ކުޑަ ޕާޓީއެއް. މިހާރު ވެސް ކުރިއަށް ނުކުންނަވައިގެން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އަލިކޮށް." ވައްޑޭ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ވަކިވި މެންބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ މަޝްވަރާ ކުރެއްވިތޯ ސުވާލު ކުރުމުން ވައްޑޭ ވިދާޅުވީ އެ ފަރާތްތަކުގެ މެދުގައި ވާހަކަތަކެއް ދެކެވިފައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކާއި ހަރަކާތްތައް ބޭއްވުމުގެ ކަންކަން ކުރަމުން ގެންދާނެ ކަމަށް އިންތި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 January 2025
ސިޔާސީ ޕާޓީ ހިންގުމަކީ ފިކުރިއްޔާތާއި ޙިޔާލު މުޅިން ތަފާތު އަދި ދެ މިސްރާބަކަށް ދަތުރުކުރާން ބޭނުންވާބަޔަކު އެކުގައިތިބެގެން ކުރެވޭނެ މަސައްކަތެއްނޫންކަން MDP ގެ ރޫޅުމުން އެގިންޖެ. އަހަރުމެން އައްޑޫ ނުވަތަ ދެކުނުމީހުނަށް ކ.މާލޭމީހުން "އެމީހުންގެކަންކަން ރަނގަޅުކޮށް އެމީހުނަށް ގޯތި އަދި ފުލެޓްހޯދަން، އެމީހުންގެރަށަށް ބާރުތައް ޖަމާކުރަން އެމަޤުސަދަށްޓަކާ ހަދާ ޕާޓީއެއްގައި ދެމިތިބެގެން އަހަރުމެނަށް، މުސްތަޤުބަލެއް ނުލިބޭނެކަންވެސް" އެގި ހާމަވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
13 January 2025
އެހެން ކަމުން MDP އަށް ވެރިކަން ލިބުމުން ދައުލަތުގެ ޤާނޫނުއަސާސީ އާއި ޙިލާފަށް "ޤަބީލާވަންތަ ރޭސިސްޓް އުސޫލުން ކަންކަންކޮށް" ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގާން ދެކޮޅުހަދާ އަދި އަމުދުން Federal Parliamentary System އަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރާން ފުރުސަތު ނުދޭނެ ކަމަށް ބުނާ ލީޑަރުން ތިބި MDP އާއި ގުޅިގެން ދެންވެސް އަހަރުމެނަށް ކުރެވޭނެ ކަމެއް ނޯންނާނެތީ އިލްޔާސް ލަބީބު މެންފަދަ ދެކުނުގެ އެއްވެސް ބަޔަކު އެމްޑީޕީ އާއި ގުޅުން ރަނގަޅެއްނޫން.
ޝުއާއުު
13 January 2025
ކާމިޔާބީއެކޭ ކިޔާއެއްޗެއްވިއްޔާ ޑިމޮކްރަޓްސްއާ ކައިރިވެސް ނުވާނެ. އެހެނެއްނުންވާނީ. އިންތިއާ އީވާވެސް ލަދުން މިމީހުންނަށް އެއްބާރުލުމެއްވެސް ނުދޭ.
މަދީހާާ
13 January 2025
ވައްޑޭ އުނބައްޖަހައިފި. ތި ޕާޓީގެ ހުރިހާ އަސާސެއްވެސްދެން ދާނީ ފުނޑުފުނޑުވަމުން. އެންމެން އާދޭ ޕީއެންސީއަށް.
ބަޑިތަކުރު
13 January 2025
އިންތިޚާބެއްގައި ކާމިޔާބެއް ނުލިބުމާއި، މުގުލުގައި ތިބި ގިނަ މީހުން ދިއުމަކީ ފެއިލްވެއްޖެކަމުގެ އަލާމާތެކެވެ. އަނގައޮތިއްޔާ ކާޅެއްނުކާނޭ ބުނަނީ މިހެންވެއެވެ.
ސަމާލު
13 January 2025
މިއީ ބޮޑެތި ދޮގުތުހުމަތުތައް ކޮށްގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލުމުގައި އިސްދައުރެއް އަދާކުރިބައެއް. އަދި އެމްޑީޕީ ވެރިކަމުގައި އިސްވަޒީފާތަކުގައި ތިބެ ވެރިކަންކުރުމަށް ދަތިކުރުމުގައި ބައިވެރިވި ބައެއް. މިމީހުން އެނބުރިއަޔަސް މިމީހުންގެ ނިޔަތް ސާފުނުވާނެކަމާއި ފޮރުވިފައިއޮތް އެހެންމަގުޞަދެއް އޮވެދާނެކަން ދެނެތިބެ މިމީހުންނާއިމެދު އާންމު މެމްބަރުން ސަމާލުވާންޖެހޭނެ.
ނަޝީދީ
13 January 2025
ތިކަން އެނގޭ. ފެއިލް ނުވިޔަސް މެމްބަރުންގެ އަދަދު ހަމަނުވީމަ އިލެކްޝަންސް އިން ޕާޓީ އުވާލާނެ.
ޗަރުކޭސް
13 January 2025
ކޮންމެހެން ޗަރުކޭސް ކުޅޭނެކަމެއްނެތް. އެޖެންޓުން ފޮނުވައިގެން ތިއުޅެނީ ހިހޫތަނުން ކައިގެން މަކަރުވެރި ރޭވުމަކުން 2028 ގެ ރިޔާސީ ޓިކެޓު ދަމައިގަންނަން. ޕާޓީއެއް އުވާލައި އެންމެން އެކުގައި އަނެއްޕާޓީއަށް ބަދަލުވެ ރިޔާސީ ޓިކެޓާއި ހަވާލުވުމަކީ މިރާއްޖޭގައި އާކަމެއްނޫން.
ކާފަބޭބެ
13 January 2025
ތިކުދިންނަށްވެސް ވިސްނޭނީ އަދި ތަންކޮޅެއް ބޮޑުވީމަ. ސިޔާސީ ކެރިއަރއެއް ބިލްޑްކުރަން ބޭނުންނަމަ ކޮންމެވެސް ބޮޑު ޕާޓީއަކާ (ޕީއެންސީ ނުވަތަ އެމްޑީޕީ) އެއްކޮށް ކުރިއަށްދިއުން ބުއްދިވެރި.
އުސްމާނުބެ
13 January 2025
ފޮޓޯއައް ބާލާލީމަވެސް އެކަން އެބަފެނޭ މިހާރު