ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: -- ފޮޓޯ | މަޖިލިސް
13 ޖެނުއަރީ 2025 - 14:21
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ގޮތުން ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގަ އެވެ.
ޖަލްސާގެ އެޖެންޑާގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމުގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ގެނެސްފައިވާ ބަދަލުތަކަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމެވެ.
މީގެ އިތުރުން ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމާ މެދު ކޮމިޓީން ނިންމާފައިވާ ގޮތާއި އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމާ މެދު ކޮމިޓީން ނިންމާފައިވާގޮތާ މެދު ވޯޓަށް އެހުމަށް ވެސް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަނީ ބައެއް މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރަން ގާނޫނުގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވާތީ އެވެ.
އިތުރު ޖަލްސާއެއް މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ވެސް ވަނީ ތާވަލް ކޮށްފަ އެވެ.
ތިން މަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފަށަން ހަމަޖެހިފައިވަނީ ފެބްރުއަރީ 6 ގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާ
13 January 2025
ތިޖަލްސާގައި ހަޔާ އެޑިއުކޭޝަނުން ފްރީޑިގްރީ ޕޭމަންޓު ނުދޭވާހަކަވެސް ދައްކަބަލަ! ހިތައްއެރީމާ ދީފައި ހިތައްއެރީމާ ނުދޭ! ފްރީޑިގްރީގެ އެންމެ ފަހު އަހަރުގެ ޕޭމެންޓު ނުލިބޭ އެތައް ދަރިވަރުން އެބަތިބި. މީހުން އަތުން ލޯނަށް ލާރިނަގައިގެން މިބުނާ ދަރިވަރުން ކޯސްފީދައްކަން މަޖުބޫރުކޮއްފި. ހަޔާ އެޑިއުކޭޝަނަށް ގުޅީމާ ބުނަނީ ޕޭމަންޓު ފޮނުވޭނެ ދުވަހެއް ނޭގެއޭ މިއީކިހާދެރަކަމެއްތޯ ، އެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮއްގެން މިކަން ބައްލަވާދެއްވަވާ
ސަނާމީ
13 January 2025
ތިއީ އެޑިޔުކޭޝަން މިނިސްޓަރާ ގުޅޭވެސް ކަމެއްނޫނެއްނު. ހާޟިރުކުރާކަށް