ޚަބަރު / ޑރ. އިސްމާއިލް ޝަފީއު (އެޑިއުކޭޝަން މިނިސްޓަރު)

ކެމްބްރިޖު މުގައްރަރަށް ކިޔަވައިދޭ ފޮތް ލިޔަން ދިވެހި ޓީޗަރުންނަށް ފުރުސަތު ދެނީ

"ފަރުދެއް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ. މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެގުން އެދެން"

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ

ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލް އަށް ކިޔަވައިދޭ ފޮތް ލިޔުމުގެ ފުރުސަތު ދިވެހި ޓީޗަރުންނަށް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސީއައިއޭ ޓެސްޓު ރާއްޖޭގައި ހަދާތާ 23 އަހަރު ވެފައިވާއިރު އެކަމަށް ބޭނުންވާ ފޮތްތައް ގެންނަނީ ބޭރުން ކަމަށެވެ.

އެހެންވެ އެކަން ބަދަލު ކުރަން ކެމްބްރިޖު މުގައްރަރަށް ގްރޭޑް 9 އަދި 10 އަށް ބޭނުންވާ ފޮތްތައް ލިޔަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާ އެ ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަރުދެއްގެ ގޮތުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ. މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެގުން އެދެން،" އިސްމާއިލް ވިދާޅުވި އެވެ.

ކެމްބްރިޖު އިމްތިހާނުގެ މުގައްރަރަށް، ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ރާއްޖޭގެ ޓީޗަރުންގެ ކިބައިގައި ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހި ޓީޗަރުންނަށް އެކަށީގެންވާ އަގެއްގައި އެފަދަ ފުރުސަތެއް ހުޅުވާލައިފި ނަމަ އޭގެ ފައިދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭގެ ސަބަބުން ފޮތް ގަންނަން ބޭރު ގައުމުތަކަށް ކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި އެފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދާނެ ކަމަށް ވެސް އިސްމާއިލް ގަބޫލު ކުރައްވަ އެވެ.

އޭގެ އިތުރުން މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތައް ބޭނުންނުކުރުމުގެ ސަބަބުން ސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް އެކަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީން ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތަކުގެ ބަދަލުގައި ގިނަ ސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަމުންދަނީ ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށްދޭ ނޯޓުތަކަށް. އަދި ބޭރުން ގަނެގެން މިހާރުދެވޭ މަސައްކަތު ފޮތަށް ވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާ ކަން ފާހަގަކުރެވޭ،" އިސްމާއިލް ވިދާޅުވި އެވެ.

ޔުނިވަސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫއެލްއީއޭސީ)ގެ އިމްތިހާނު ރާއްޖޭގައި ދޭން ފެށީ 1968ގަ އެވެ. އެ ފަހުން 2001ވަނަ އަހަރު އެޑެކްސެލް އަށް ރިބްރޭންޑް ކުރުމާ ހަމައަށް ކުރިއަށް ގެންގޮސް ސީއައިއޭ އެގްޒަމިނޭޝަނަށް ރާއްޖޭން ބަދަލުވީ 2002 ވަނަ އަހަރު އެވެ.

16 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 29%
icon wow icon wow 6%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުހާނަތު

14 January 2025

މީކުރަން މުހިންމު ކަމެއް. ނޭޝަނަލް އިންސިޓިއުޓް ފޯ އެޑިޔުކޭޝަން (އެން.އައި.އީ) ކިޔާ ބޭކާރު ތަނެއް އޮވޭ. ކުރާ ކަމެއް ނޯވޭ. އެމީހުންގެ ބެލުމުގެ ދަށުން މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް ތީ.

The name is already taken The name is available. Register?

ކުޑަކަޑަ އިއްސޭ

14 January 2025

އެކޮއި މިހާރުވެސް ތިޔަ ޓީޗަރުންނަށް އެއްޗެއް ކުދިންނަށް ބުނެދޭކަށް ނޭގެ. ފޮތެއް އޮތަސް އެދުރެއްނުވާނެ. ތި އުޅޭނީ މިހާރު އޮތް ޔޫކޭގެ ރަނގފަޅު ފޮތްތައްވެސް ހަލާކުކޮށް ކުދިންގެ ތައުލީމީ ފެންވަރު އިތުރަށް ހަލާކު ކުރަން. ހެޔޮނުވާނެ ތިކަން ހުެއްޓަލާ. ތީ ބަޔަކަށް ލާރިގަނޑެއްދޭން ކުރާކަމެއް.

The name is already taken The name is available. Register?

ޝަކްބަތު

14 January 2025

މިގަރުނުގައިވެސް ތައުލީމީ ދާއިރާ ދެކޭ އެންމެ ނާގާބިލް މެނޭޖްމެންޓާއި އެންމެ ބަނަދުވަސްތައް.

The name is already taken The name is available. Register?

އަހަންމާބެގެ ދަރި

13 January 2025

މި މިނިސްޓަރު ކަންތައް ކުރަނީ ހިތަށް އެރި ގޮތަކަށް. މީހުންނާ މަޝްވަރާ ކުރުމެއް ދިރާސާ ކުރުމެއް ނޯވޭ. ބޮޑާ ކިބުރުވެރި މީހެއް. ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ކާރިސާއެއް.

The name is already taken The name is available. Register?

މުޙައްމަދު2025

13 January 2025

ވަރަށް ރަނގަޅު ނިންމުމެއް. ކެމްބްރިޖް ޓެސްޓްވެސް ދިވެހިރާއްޖޭގެ އަމިއްލަ އެގްޒާމަކަށް ބަދަލުކޮށްލަން ފެންނަނީ. ރާއްޖޭގައި ޕީއެޗްޑީއާ ހަމައަށް މުޤައްރަރުތައް އެކުލަވާލެވި، ކިޔެވުން ނިންމޭއިރު އޯލެވެލް އަދި އޭލެވެލްއަށް ބޭރުގެ ބަޔަކަށް އެތައް ހާސް ޑޮލަރެއް ދީގެން ކުރުމުގެ މާބޮޑު މާނައެއް ނެތް. ކެމްބްރިޖް ތަންތަނުންވެސް ކުރާކަމަކީ ޕާސްޓް ޕޭޕާސްތަކުން އެތަން މިތަނުން ސުވާލުތައް ނަގައިގެން އެގްޒާމް ދިނުން.

The name is already taken The name is available. Register?

އައި އިސް ދަ ރައިޓިންގް

13 January 2025

ރާއްޖޭގެ ގިނަ ޓީޗަރުންގެ އިނގިރޭސި ފެންވަރު ސުމެއް! ދެން ކިހިނެއް އިނގިރޭސިން ފޮތް ލިޔާނީ!؟ ތިޔަ ބުނާ ވޯކްޝީޓް ތަކަކީ އިންޓަނެޓުން ކޮޕީކޮށްގެން އެމީހުން ހަދާ އެއްޗެހި! ރާއްޖޭގެ ތައުލީމު އިތުރަށް ހަލާކުކޮށްލަން ތިޔަ އުޅެނީ!

The name is already taken The name is available. Register?

ރުފާ18

14 January 2025

އަހަރެމެން ރަށު ސޯއެއް.. ޓިކްޓޮކް ގަ ލާފަ ހުންނަ ވީޑިއޯތަކުގެ ކެޕްޝަން ހުންނަނީ ދިވެހިން އަރުވާފަ. ބަސް ބަސް ލިޔެފަ ހުންނަ ގޮތުން ލަދުން ބޯ ހަލާކު

The name is already taken The name is available. Register?

ކަންބައިދީ

14 January 2025

ކަނބުލޯ މީ އެކާވީސް ގަރުނު. އަދިވެސް ބުއްދި ތިހުރީ ފުޅިބައްތި ޒަމާނުގަ. މިހާރު ރާއްޖޭގައި ވެސް ތިބޭނެ ދިވެހިންނާއި ދިވެހިން ނޫނަސް ތި ފެންވަރުގެ ފޮތް ލިޔެ ހެދޭނެ މީހުން. އަމިއްލަ ފޮންޓުތައް ވެސް އެހަދަނީ. ތައުލީ ތަޖުރިބާކާރުން ރާޢްޖޭގަ މިހާރު ގިނަ. ނިޔުޒިލެންޑާ އެމެރިކާ، ޔޫކޭ ތަންތަނުން ކިޔަވައިގެން ތިބި ކޮލިޓީ މީހުން އެބަތިބި. ކުރެވޭނެ.

The name is already taken The name is available. Register?

ޕީޓާ

13 January 2025

“ޕީޓާ އިސް ޓޭކް އެޕަލް ފްރޮމް ޓު ދަ ޓޭބަލް”

The name is already taken The name is available. Register?

ރަނާވަތު

13 January 2025

ތަންތަނުން ފޮތް ކޮޕީކޮށް ދިވެއްސައް ބަދަލުކުރާ އިރުވެސް ބެސްޓްޕްރެކްޓިސްގައި އެކަން ކުރާނަމަ އުސްމާން ގެ ނަން އުތުމާނަށް ބަދަލު ނުވީސް

The name is already taken The name is available. Register?

ޛސޖސޖސ

13 January 2025

ކޮޕީކުރާތީތަ ތިއޮތީ ‘ދިވެއްސަށް ‘ ދިވެއްސައް ބަދަލުވެފަ؟؟

The name is already taken The name is available. Register?

1181

13 January 2025

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ދިރިއުޅުމަށް ތައްޔާރުކޮށްދިނުމުގެ ބަދަލުގައި ހަމައެކަނި ޓެސްޓަށް ތައްޔާރުކުރުމަށް ކުދިންނަށް ކިޔަވައިދިނުން. ދިރިއުޅުމާގުޅޭގޮތުން ކުދިންނަކަށް އެކައްޗެއްވެސް ސްކޫލުތަކުން ރޮލެއް ނުފިލަ. ސްކޫލުތަކުގައި ކިޔަވާއެއްޗެއް ދިރިއުޅުމުގައި ބޭނުން ހިފޭނެގޮތެއް ބުނެޔެއް ނުދެވޭ. މިކަން މިހާރު ރާއްޖޭގައި އިޖުތިމާއީ ބޮޑު ވަބާއަކަށްވެފައި ވަނިކޮށް އެކަމަަށް ހާއްސަކޮށްގެން ފޮތް ލިޔަން އިއުލާނު މިކުރަނީ.

The name is already taken The name is available. Register?

ހަގީގަތަކީ

13 January 2025

މިކަން މިހެންވަނީ ބެލެނިވެރިންްގެ ޕްރެޝަރާ ހެދި ސިޔާސީ ގޮތުން އެ ބަދަލު ގެންްނަން އެއްވެސް ވެރިކަ.މެއްގައި ނުކެރޭތީ. ބެލެނިވެރިން މޮޅު މާސްޓަރސް ލެވެލް ޓީޗަރަށްވުރެ. އެމީހުންގެ ޑިމާންޑަކީ ނާސަރީގައިވެސް މަ ދަރި އެހެން ކުދިންނާ އަޅާކިޔާލެވޭނެ ޓެސްޓް ދީގެން އޭ ސްޓާރ ހޯދުން. އޯލެވެލް/އޭ ލެވެލް ޓޮޕްޓެން އުވާނުލެވިގެނަ ވެސަ އުޅެނީ މިހެންވެ. ސްކޫލުތަކުންވެސް ބޭނުމެއް ނުވޭ މުސްކުޅި ގްރޭޑް ސިސްޓަމަށް ގެންދާކަށް. އެކަމަކު ކޮމިއުނިޓީ ޕްރެޝަރު

The name is already taken The name is available. Register?

އިނގޭ

13 January 2025

މިނިސްޓަރަކަށް ނުކެރޭ ރައްޔިތުންނާ ކުރިމަތިލާން، އެމްޕީއަކާ ވާހަކަ ދައްކަން. ކަމަކު ނުދޭ. ޖަވާބު ދާރީ ވާން ނޭގޭ މީހުން ކަންކަމާ ހަވާލުވާކަށް ނުވާނެ

The name is already taken The name is available. Register?

ސިޔާސީ މީހާ

14 January 2025

އެމްޕީއިންނާ ރައްޔިތުންނަކީ ތައުލީމީ ދާއިރާގެ ޕްރޮފެޝަނަލުންނެއް ނޫން. މިހާރު ހުރި މިނިސްޓަރު ވެސް އަދި އެހެން މިނިސްޓަރަކުވެސް ނުޖެހޭނެ އެމްޕީ ބޭނުން ވާ ގޮތައް އެޑިޔުކޭޝަން މިނިސްޓްރީ ހިންގާކަށް. ތައުލީމީ ދާއިރާ އަކީ ސިޔާސީ ކުރަންޖެހޭ ތަނެއް ނޫން. ގައުމުގެ މުސްތަގުބަލަކީ ތައުލީމީ ހަރުދަނާ ޖީލެއް. ވޭޕް މަނާކުރުމާ ސްކޫލުތަކުގަ ހުރި ބޮޑެތި މައްސަލަ ހައްލުކުރަން އެމްޕީގެ މަޝްވަރާ ހޯދާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

މިނިސްޓަރު

14 January 2025

މިނިސްޓަރު ރަނގަޅު. އެމްޕީން އެދޭ ގޮތަށް ތައުލީމީ ދާއިރާ ސިޔާސީ ކުރަން ޖާގަ ނުދިނުމަކީ ރަނގަޅުކަމެއް. ޕްރިންސިޕަލުންނަށް މިއަށްވުރެ ބާރުދިން އަދި ސިޔާސީ ކަންކަން ނިޒާމުގެ ތެރެއަށް ނުގެންނަ މިނިސްޓަރެއް މި ޕާޓީ ނިޒާމު އައިފަހުން ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454