މަސް ދޯނިތަކުގައި އުޅޭ ބިދޭސީންނާ އިމިގްރޭޝަނުން ސުވާލުކުރަނީ: ހީނާމާގޭ ޕާކިން ކައިރީ ގަވާއިދާ ހިލާފަށް އުޅޭ 17 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި.
14 ޖެނުއަރީ 2025 - 09:16
މާލޭގައި ހީނާމާގޭ ޕާކިން ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ 17 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ސަރަހައްދަށް އަމާޒުކޮށް ޓާސްކްފޯހުން އޮޕަރޭޝަނެއް ހިންގީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަށް އަބަދުވެސް އާންމުންގެ ފަރާތުން ލިބެމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަަށެވެ.
އެ އިދާރާ އިން ބުނިގޮތުގައި، އެ އޮޕަރޭޝަނުގައި ވަނީ އެ ސަރަހައްދަށް އެއްވެ އުޅޭ ބިދޭސީންނާއި އެ ތަނުގައި ބިދޭސީން އިސްވެ ހިންގާ ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ބަލައި ފާސްކޮށްފަ އެވެ.
ސައްހަ ވިސާ ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ 17 ބިދޭސީއަކު އެ ސަރަހައްދުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިންގ ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން މިއަދު ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން މި ސަރަހައްދަށް އެއްވެއުޅޭ… pic.twitter.com/5SsxfxfT85
— Maldives Immigration (@ImmigrationMV) January 13, 2025
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް، މިދިޔަ އަހަރު އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުގައި ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި ހަށި ވިއްކަމުންދާ ބިދޭސީންނާއި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
14 January 2025
ގައުމީ ސަލާމަތައް ނުރައްކާ ވާފަދަ ގިނަ ބަޔަކު ކެފޭ ހޮޓާ ފިހާރަ ފަދަ ތަންތަނުގެ ސޭޓުންނަށް އެބަ ހުރެ އެވެ. ވޯކް ޕާމިޓް ގަ 350 ޑޮލަރު ޖަހާފަ ހުއްޓަސް ހާހުން ޑޮލަރު މަހަކު އެބަ ފޮނުވަ އެވެ. މިމީހުންނަކީ ސިވިލް ސާވިސް ނޫނީ ފުލުހުން ނޫނީ ސިފައިންގެ މީހަކަށް މަހަކު 5 ވަރަކަށް ހާސް ރުފިޔާ ދީފަ އަމިއްލަ ވިޔަފާރި ކުރާ މީހުންނެވެ. މިތަންތަން ބަލަން ނާންނާނެ އެވެ. އަދި ދިވެއްސަކަށް ވަޒީފާ ވެސް ނުދޭނެ އެވެ.
އެޕްރޫވަލ1
14 January 2025
ބަންގްލަދޭޝް މީހުންގެ ވޯރކްޕަރމިޓް އެޕްރޫވް ވޭ ފައިސާ ދިނީމަ. ޓެސްޓްކޮށްލަންވެސް ދީބަލަ. އެޕްރޫވްވާނެ 3 ދުވަސް ތެރޭގަ
ބޯބުރާންތި
14 January 2025
ޒިކުރާ މިސްކިތް ކައިރިވެސް ރެއިޑެއް ޖަހާލަބަލަ
ފަގީރުން
14 January 2025
ގަވާއިދާ ހިލާފަށް އުޅޭ ނިކަމެތިންގެ ފަހަތުން ނުގޮސް ގަވައިދާ ހިލާފަށް އަޅުމަސައްކައް ކުރުވާ މުސާރަ ނުދީ ގެންގުޅޭ ވިޔަފާރިތައް ފަހަތުން ނުދަންޏާ މިގައުމަށް ކޮން ބަރަކާތެއް ވަންނާނީ. އަދުލު އިންސާފު ނެތް ތަނެއް މީ.
ނަސީމާ މުޙައްމަދު
14 January 2025
މަގޭ ވަރަށް ބޭނުން މި ލެކިއުޓް ސަރަހައްދު ، އަރަބިއްޔާ ފްލެޓް ސަރަހައްދު ގައި މިކަހަލަ ޕްރޮގުރާމެއް ހިންގަން ، ފްލެޓް ސަރަހައްދުން ހިނގޭ ވަރެއްނޫން ގަވާއިދާ ޚިލާފަށް މަސައްކަތް ހޯދަން އަންނަ މީހުންނާއި ހެދި ، އަދި އެއަރުވާ ދުމެކޯ ، ހާދަ ފޯރިއެއް ހުރެއޭ. ހެނދުނެއް މެންދުރެއް ހަވީރެއް އަދި ކީއްކުރަން ރޭނގަޑެއްވެސް ނޯވޭ، ހަމަ ފުރިފައި
ތުނޑުޙަސަނު
14 January 2025
ޑިޕޮޒިޓެއް ބެހެއްޓި ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ މީހުން ފޮނުވާ ނުލެވެނީ ލިޔުންތައް ފުރިހަމަނުވާތީ ކަމަށް އިވެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ މީހާ އެތެރެވާއިރު އޭނާގެ ޕާސްޕޯޓް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބާއްވަންވީއެވެ. ޕާސްޕޯޓް ނުބޭއްވޭނަމަ ޕޯޓަލްއަކަށް ޕާސްޕޯޓާއި އެމީހާގެ ފިންގަރޕްރިންޓާ ހުރިހާ އެއްޗެއް އެންޓަރކޮށްފައި ބަހައްޓާނަމަ ނަންބަދަލުކޮށްގެން އަލުން އެތެރެވުންފަދަ ކަންކަން ވެސް ހުއްޓުވޭނެތާއެވެ.
ބަން
14 January 2025
ދިސް ގޭމް ވިލް ނެވަރ އެންޑް! ފޮނުވާލީ 5000 ކަމުގައިވާނަމަ އެތެރެވެފައި މިހާރު ވާނެ 6000. މި ވިޔަފާރީގައި ޝާމިލުނުވަނީ މަ އެކަނި!
އަންވަރުު
14 January 2025
ގައިމު ނިމިދިޔަ ސަރުކާރުގަ މިކަންކަން މައިތިރި ކުރި ނަމަ މިވަރަށް މިތާ ބޭރު މީހުން ގިނަ ވެގެން އުޅޭކަށް ނުޖެހޭނެ.
ޖަމީލުބެ
14 January 2025
ކޮންމެ ހަފްތާއަކު ސުރުޚީއެއް އައުން މުހިއްމު!
ހާނިމް ދީދީ
14 January 2025
ކަލެއަށް ކޮންކަމެއް، ކަމެއް ކުރާތީ މޭކަރަނީދޯ ، ގަލޮޅު ދަނޑަށް އެއްކޮށްގެން ޖެހި ސަކަރާތް ފުދޭ އަހަރުމެންނަށް، އަހަރުމެންނަށް މިހާރު ވިޔަފާރިކޮށްގެން ލާރި ލިބޭ، އަހަރުމެން ލާރި އަހަރުމެން ގައުމުގައި އެބަހިފެހެއްޓޭ އަހަރުމެން ޓެކްސް ދައްކަން ، އަހަރުމެން ވަރަށް ބޭނުންވި ކަމެއް މީ، ވަރަށް އުފާވޭ މިވެރިކަމުގައި މިކަހަލަ ކަންކަން ކުރާތީ ، އަހަރުމެން ކޮންމެ ހަފްތާއަކު ނޫން އަޑުއަހަން ބޭނުންވަނީ ކޮންމެ ދުވަހަކު