މަޖީދީމަގުގައި ވެހިކަލް ދުއްވަނީ: ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުން މާލީ އެހީ ދެވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޖެނުއަރީ 2025 - 15:34
ޓްރާންސްޕޯޓުން ގަވައިދަށް ގެނައިި ބަދަލަކާ ހެދި ސައިކަލް ފިހާރަތަކުން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓުގެ އެ ގަވައިދުގައިވާ ގޮތުން ކުންފުނިތަކުގެ ނަމުގައި ސައިކަލެއް ނުނެގޭނެ އެވެ. އަދި ސައިކަލް އިންސްޓޯލްމެންޓަށް ނެގި ނަމަވެސް، ރަޖިސްޓްރީ އޮންނަން ޖެހޭނީ އެ ނަގާ މީހާގެ ނަމުގަ އެވެ. އެހެންވެ، "ސީ" ބޯޑުގެ ބަދަލުގައި ހުރިހާ ސައިކަލެއް ވެސް ދޫކުރަން ޖެހޭނީ "ޕީ" ބޯޑުގަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ކުންފުނިތަކުން ވަނީ އެ ބަދަލާ ގުޅިގެން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފަ އެވެ.
އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ޝީޝާ އިން ވެސް ބުނީ، އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އެއީ ކުއްލިއަކަށް ގަވައިދަށް ބަދަލު ގެނައުމުން ކަމަށެވެ.
އެ ކުންފުނިން ބުނީ އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލިތާ މަސް ދުވަސް ވެފައި ވާއިރު ކުންފުނީގެ ވިޔަފާރި 50 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. އެވްރެޖުކޮށް ކޮންމެ މަހަކު އެ ކުންފުނިން އައީ އިންސްޓޯލްމެންޓަށް 20 ސައިކަލް ދޫކުރެ އެވެ.
އެ ކުންފުނިން ބުނީ، ދެން ސައިކަލް ދޫކުރާނެ ގޮތްތައް ކަނޑައަޅަން ކުންފުނީގެ ލީގަލް ޓީމާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝީޝާ އަކީ 2000 ވަނަ އަހަރުން ފެށިިގެން ރާއްޖޭގައި ވެހިކަލް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.
ސައިކަލް ވިއްކާ އެކްސްޕާޓް މޮޓޯގެ މެނޭޖަރު އަހުމަދު އަބޫބަކުރު ވެސް ވިދާޅުވީ އެތަނުން ވެސް އިންސްޓޯމެންޓަށް ސައިކަލް ވިއްކުން ހުއްޓާލާފައިވާ ކަމަށާއި އެއާ އެކު ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގައި ޓްރާންސްޕޯޓާ މަޝްވަރާ ކުރުމަށް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި ސައިކަލް އިންސްޓޯލްމެންޓަށް ދޫނުކުރެވޭ ނަމަ ދެން އެ ވިޔަފާރި ކުރިއަށް ގެންދާނެ އެހެން މޮޑެލްތައް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރާއިރު، އެ ނަގާ މީހާގެ ނަމުގައި ރަޖިސްޓްރީކުރުމުން އެޔަށް ފައިސާ ނުދައްކާ ހާލަތުގައި އަނބުރާ ނެގުން ފަދަ ކަންތައް ކުރުމަށް ހުރަސްއެޅެ އެވެ. ސައިކަލް ވިއްކާ ކުންފުނިތަކުން ބުނާ ގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދަން ކޯޓު މަރުހަލާގައި މިހާރު ވެސް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭއިރު މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ކުންފުނިތަކަށް މާލީ ގެއްލުމުގެ ފުރުސަތު ވަކިން ބޮޑުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމީ
15 January 2025
ހެޔޮޚަބަރެއް.
އަސަރަފަ
15 January 2025
މި މާލޭގަ ދުއްވާ އެއްޗެހި މަދުކޮށްގެން ނޫނީ ސަލާމަތެއް ނުވާނެ
ފެހި
15 January 2025
ރަނގަޅު. ދިވެހިން މިހާރު ހުސް ދަރަނި ބޮލުގަ އަޅައިގެން ކުރާ ކަމަކީ ވައްކަން ކުރިން.
އަލލިބެ
14 January 2025
ޕްރައިވެޓް ކާރުތަކުގަ ބިދޭސީން ޓެކްސީ ކުރަމުންދަނީ. އެހެންވެ މި ބުނަނީ އިމިގްރޭޝަނަށް ހިފެއްޓެނީ ބިދޭސީންގެ ތެރޭގައި އުޅޭ އާދައިގެ މީހުން.
ކެކެކެކެކެކެކެކެކެކެކެ
14 January 2025
ބައެއް ކޮމެންޓު ތަކުން ހީވޭ! ހުރިހާ ކަމެއް ވެސް ވަރަށް ރަގަނޅުހެން!
ޕާޓީވަގު
14 January 2025
ދެން ސައިކަލު ވައްކަން ގިނަވާނެ!
ވައްކަންމެކުހަށް
15 January 2025
މީހުން ވަގަށްނަގައިގެން ޕާޓީތަކަށް ވައްދާއިރު، ސައިކަލް ވަގަށް ނެގުން އެއީ މާ ބޮޑުކަމެއް ނޫނެއްނު.
އަޅި އަލީ
14 January 2025
ރަނގަޅު! ނިކަމެއްޗަކަށް ފަސޭހައެއް ލިބޭ ކަމެއް އޮތިއްޔާ ހުއްޓުވާ!
ބޮޑުރިޔާ
14 January 2025
ދެންއަތްޖަހާ ދެން އަތްޖަހާ އޯގާތެރި ހެޔޮ ވެރިކަމެއް
ގާސިމް
14 January 2025
ތީމާކުރިން ވެސް ހުއްޓުވަން ވެފަ އޮތްކަމެއް. އަޅެ 1 ރުފިޔާ ދައްކާގެންވެސް އެބަ ސައިކަލް ނެގޭވިއްޔަ. ފުލްޕޭމަންޓް ދައްކާގެން ނޫން ގޮތަކަށް ސައިކަލް ނުނެގޭގޮތް ހަދަންވީ. އެކަމް ދެން ހުރިހާ ފައިދާ އެއްވާނީ ބމލ އަށް މިހާރު އޮއްނާނީ ސައިކަލް ގައްނަ ލޯނު ޕެކޭޖް ހަދާފަ
ދޮހޮއްތުނެ
14 January 2025
ރައްޔިތުންނައް މިހާ ދުއްޕަންކުރި ބަޔަކު އަދި ނުފެނޭ
ރާއްޖެ
15 January 2025
އެއީ އިސްލާމީ އުޞޫލުން އެކަން އޮންނަން ޖެހޭ ގޮތް. މިކަން އެބަ jehey ރައްޔިތުންނަށް ސާފުކޮށްދޭން. އޭރަށް މީގައި ރައްޔިތުންނަށް އޮތް ފައިދާ އަކީ ކޮބައިކަން އެނގޭނީ..ނޫނީ ކުރިން އޮންނަ ގޮތުން hurihaa ފައިދާއެއް ކުންފުނިތަކަށް. ޜައްޔިތު މީހާއަށް ގިނަފަހަރު ގެއްލުން.