އެކްސް: ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ނުކުރާނެ ކަމަށް ސަރުކާރުން ބުނޭ.
15 ޖެނުއަރީ 2025 - 13:31
ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރަން ނިންމާފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ޓިކްޓޮކާއި އެކްސް ބޭނުން ކުރުން މަނާކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ހީނާ ވިދާޅުވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ފްލެޓްފޯމެއް ބްލޮކް ނުކުރާނެ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް…
— Heena Waleed (@MvSpokesperson) January 15, 2025
ހީނާ ކުރެއްވި ޕޯސްޓް
"ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވެއެވެ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިމްލާާ
16 January 2025
ތަނަކުން މީހަކު ބެރެއް ޖަހާލާއިރަށް އެމްޑީޕީ މީހުން ނުކުމެ ގައުމް ހަލަބޮލިކޮށްލާނެ. މިހާރުވެސް މީހަކުބުނެބަލަ މި ރާއްޖޭގެ ލަވަކިޔުމާއި މުޔުޒިކް ކުޅުން މަނާ ކުރަނީއޭ. ހަމަ ބުނީ ބޮޑެތި ނޫސްބަޔާނަށް ދަންދެންއަންނާނެ. އެމްޑީޕީއަކީ އަބަދުވެސް އެކަހަލަ ބަޔެއް. ތެދުދޮގެއް ނުބަލާ ރައްޔިތުމީހާ ހާސްކަމަކަށް ވައްޓާލާނެ.
ސޯބު
16 January 2025
ސިޔާސީ ފިކުރު އެއްކިބާކޮށް އިޖްތިމާއީ ނަޒަރަކުން ބަލާއިރު ޓިކްޓޮކް ބުލޮކް ކުރުން ރަގަޅު. އަޅުގަނޑުމެން މިސާލު ނަގައިގެން އުޅޭ ބައެއް ގައުމުތަކުގައިވެސް މިކަންވަނީ ކޮށްފައި.
ލޮއްލަ
16 January 2025
އަންނަ ހަފުތާގަ ހެޑުލައިނަށް އަރާނެ “ކުރިން ބުނި އެތި ކެންސަލް”
އަލީ ސައީދު 2
15 January 2025
ހުރިހާ ގޮޅިޔަކުން ސައި ކިޔާތީ ވާގޮތް މިއީ! މާގިނަ ދުވަހެއް ނެތް!
ކިރުސައި
15 January 2025
ހަހަހަ. ނުކުރެވޭނެ. ސޯޓްބޭލޭނީ ކޮށްފިއްޔާ.
މޮޑަފްް
15 January 2025
މިހާރަކު ތިހެން ބްލޮކެއް ނުވެސް ކުރެވޭނެ. ރައްޔިތުން ކެކިއަރާނެ. މިއީ މައުމޫނުގެ ޒަމާނެއްނޫން.
އެކަލޯ1
16 January 2025
އެހެން ކެކި ނޭރޭނެ. ސިގިރޭޓް އަގުބޮޑުކުރީމަވެސް ކެކި އެރި މީހަކު ނެތް. މިއީ އަމީންދީދީގެ ޒަމާނެއް ނޫން
އަޅި އަލީ
15 January 2025
ކުދިންނޭ ރައްޔިތުންނޭ ދަރިންނޭ 3 އަހަރާ 10 މަސް ކެތް ކޮއްލާ! މިކަމުން މިނިވަން ވާއިރަށް ފުރިހަމަ މިނިވަން ކަމެއް ހޯދާ ދޭނަން!
އަޅި އަލީ
15 January 2025
އަޑެއް ކިއްޔާ ވަހެއް ދުވާނެ!
އެހެންނު
15 January 2025
މިޒަމާނުގަ ވަސްނުދުވާ ރެނދު ނުލާވެސް ހުރޭ.
ބުރުގާ
15 January 2025
ސޯސަލް މީޑިޔާ ބުލޮކު ކޮއްގެން މުއިއްޒު ސަރުކާރު ހިންގޭނީ. އެހެންނޫނީ މުއިއްޒުމެން ފަލީހަތް ވާނެ.....
އެކްސް-ޓްރާ
15 January 2025
ކުދިންނޭ ކުރަން ހުރި ކަމެއް ކުރޭ، ސޭވް ކުރާނެ އެއްޗެއް ސޭވް ކުރޭ އަވަހަށް. އެ ދެއްވީ ބްލޮކް ކުރާނެ ކަމުގެ ޔަގީންކަން