އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ބުނީ ޣައްޒާގައި އަލުން ހަމަލާތައް ފަށަންޖެހިއްޖެ ނަމަ ފަށާނެ ކަަމަށާއި އެކަން ކުރާނީ އެމެރިކާގެ އެހީ ލިބިގެން ކަމަށް. -- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2025 - 05:50
ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން ސަލާމަތްކުރާނެ ކަމަށާއި އެކަން ނުވާ ނަމަ އަލުން ހަމަލާތައް ފެށުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އޭނާ ބުނީ ހަމަލާތައް އަލުން ފަށަން ޖެހިއްޖެ ނަމަ އެކަން ކުރާނީ އެމެރިކާގެ އެހީއާ އެކު ކަމަށެވެ.
"އެމެރިކާގެ ތާއީދާ އެކު، ކޮންމެހެން ބޭނުންވެއްޖެ ނަމަ ހަނގުރާމަ އަލުން ފެށުމުގެ އިހްތިޔާރު އަހަރެމެންނަށް އޮންނާނެ،" ހަމަލާތައް ހުއްޓާލުމުގެ އެއް ދުވަސް ކުރިން ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުންޏެވެ.
ނަތަންޔާހޫ ބުނި ގޮތުގައި މިފަހަރުގެ ހަމަލާތަކުގައި އިޒްރޭލުން ވަނީ މުޅި މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްލައިފަ އެވެ.
"އަހަރެމެން ހުރިހާ ރަހީނުންގެ މަތިން ހަނދާންކުރަން... އަޅުގަނޑު ތިޔަބޭފުޅުންނަށް ވައުދުވަން، އަޅުގަނޑުމެންގެ ހުރިހާ މަގްސަދުތަކެއް ހާސިލްކޮށް، ރަހީނުން އަނބުރާ ގެނައުމަށް،" ނަތަންޔާހޫ ބުންޏެވެ.
"މި އެއްބަސްވުމާ އެކު، އަހަރެމެންގެ 33 މީހުން އަނބުރާ ގެންނާނަން، އޭގެ ތެރެއިން [ގިނަ މީހުން] ދިރިތިބޭނެ،" އޭނާ ބުންޏެވެ އެވެ.
އާދީއްތަ ދުވަހު ތަންފީޒުކުރަން ފަށާ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ 42 ދުވަހަކީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމެއް ކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ބުނީ ހަނގުރާމަ އަލުން ފަށަން މަޖުބޫރުވެއްޖެ ނަމަ އެކަން ކުރާނީ ފުރިހަމަ ބާރުގައި ކަމަށާއި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ވަނީ މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގު
20 January 2025
ކިތަންމެ ވަރަކަށްވެސް ހަގުރާމަފެށިދާނެ އެކަމަކު ކާމިޔާބެ ނުލިބޭނެ إِنْ شَاءَ ٱللّٰهُ
ހައިކްމަން
20 January 2025
ކޮން ބޭކާރު އަނގައެއް ތަޅާާކަށް. ފަލަސްތީނުގެ ބިންތައް ފުނޑާލާ އެންމެ ވަރިގަދަ ހަތިޔާރާ ފުލް ފޯސް ބޭނުން ކޮށް މި ހުރިހާ ދުވަހު ކުރި އަނިޔާ ވެރި ކަންތަކުން ތިޔަ ރެފިއުޖީން ތެރޭ އެންމެ މީހަކު ވެސް ނުހޯދުނީމަ ވަރަށް ސާފު ތީކީ ޢެއްވެސް ބަޔެއް ނޫންކަން. ނިކަމެތި އެތަށް ބަޔަކު މަރުވިޔަސް ތި ހަނގުރާމަ އިން ނަސްރު ލިބުނީ ފަލަސްތީނަށް. ތީ ފަލަސްތީނު މީހުން ޖައްބާރު ނަތަންޔާހޫ މީހުން މޫނު މަތީ ޖެހި ތަފާލެއް.
ލޯދުބެ
20 January 2025
ރަހީނުން
މިއޮތީ
19 January 2025
ޔަހޫދީންނަކީ އެއްވެސް އިތުބާރެއް ކުރެވޭނެ ބައެއް ނޫން. ދެންވެސް ހަނގުރާމަ ހުއްޓާލުމަށްވުރެ ކުރިޔަށް ގެންދިޔުން ގާތް. އެމީހުންގެ ފަރާތުން އެއްވެސް ރަހުމެއް ހަމްދަރުދީއެއް ފެންނާނެ ކަމަށް ބެލުމަކީ މޮޔަކަމެއް. މިއީ މުސްލިމުންނަށް މި ދުނިޔޭގައި އޮތް ބޮޑު އިމްތިހާނެއް. އޮތީ ވަކީލުކުރުމާއި ކެތްތެރިވުން
އިހްސާސް
19 January 2025
ޔަހޫދީންނަކީ ކޮންބައެއްކަން އެނގޭ. ދެން ރަހީނަކު މަދޭ ނުނީ މަރުވެފައޭ ކިޔާފަ އަނެއްކާވެސް ބަދަލު ހިފަން ހަމަލާދޭން ރާވައިގެން ތިބޭނެކަންވެސް އެނގޭ. ކަލޭމެންތިއީ ފަލަސްތީނުގެ ކުޑަކުދިންވެސް އެއްވެސް ރަހުމެއްނެތި ހައްޔަރުކުރާ ބައެއް.
ޔަހޫދީންވާނީ ޔަހޫދީންނަށް
19 January 2025
މީ ޔަހޫދީން. ދުވަހަކުވެސް މިމީހުން ރަނގަޅެއް ނުވާނެ. އަދި ދުވަހަކުވެސް މުސްލިމުންނާ އެއްގަލަކަށް ނާރާނެ.
މޮޔަވެއްޖެ
19 January 2025
ނުފެއްްޓޭނެ.. ކަލޭމެންގެ އަނިޔާވެރިކަން ދުނިޔެ ދެކެފި.. ... މުޅިދުނިޔެ އަށް ބާކީ ވީމާ ގެނެސް އަރަބީންގެ ބިމަކަށް ފާކުރުވީ ކޮންބައެއްކަންވެސް ދުނިޔެ އަށް އެނގޭ.. މުޅިގުނިޔޭގެ ގާނޫނުތަކާ ނިންމުން ތަކާ ފާޅުގަ ދެކޮޅަށް މިއަދާ ހަމައަށްވެސް ކަލޭމެން ކުރަމުން ތިޔަ ގެންދާ ކަމަކީ ނަސްލެއް ނެތި ކޮށްލައިގެން ބައެއްގެ ބިންުފޭރުން..އެކަމުގެ ނިމުން މިވަނީ އައިސްފަ... ތިޔަ އަނިޔާވެރިންގެ ނިމުމުގެ ސިއްކަ ޖެހިގެން ދާނީ ހަމަ ވަރަޢް އަވަހަށް އިންޝާﷲ
ސޫދު
19 January 2025
އޭ މޮޔަޔާ. ޓްރަންޕަކީ ހަނގުރާމަތަކާ ދެކޮޅު މީހެއް. ޓުރަންޕު ފިއްތާލީމާ މިހާރުވެސް މައިތިރިތިވީ.
ޕިކަޗޫ
19 January 2025
އެކޮއި، ދެން އޮތީ ހިނދުކޮޅެއް...