23 ޖެނުއަރީ 2025 - 11:47
ބިދޭސީ ޓީޗަރުން އަގުބޮޑުކޮށް ޓިއުޝަން ދޭ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން ދީފި އެވެ.
އެ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ހުންނަ އަތޮޅު ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާއްމުންގެ އަތުން އެކަށީގެންނުވާ ވަރުގެ ބޮޑު އަގު ނަގައިގެން ޓިއުޝަން ދޭ ކަމުގެ ޝަކުވާތައް ހުއްޓުމެއް ނެތި ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެންވެ، އެކަމަށް ފިޔަވަޅު އަޅަން އިއްޔެއިން ފެށިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ސޮއި ކުރައްވައި، ނެރުއްވި އިއުލާނުގައިވެ އެވެ.
އިއުލާނުގައި ބުނީ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޓިއުޝަން ދިނުމަކީ ގާނޫނާއި ގަވާއިދާ ވެސް ހިލާފް ކަމެއް ކަމަށެވެ. އަދި އެއީ ސްކޫލުގައި ރަނގަޅު ގޮތެއްގައި އަދި ހަމަހަމަކަމާ އެކު ކުދިންނަށް ކިޔަވައި ދިނުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ދެކޭ ކަމަށް ކައުންސިލުން ބުންޏެވެ.
"ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާ އަގު ހަދައިގެން ގަވައިދާ ހިލާފަށް ގައްދޫގައި ޓިއުޝަން ދެމުންދާ ޓީޗަރުންނަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯސް
24 January 2025
ހުރިހާ ޓީޗަރުން ވެގެން ކިޔަވައިދިނުން ހުއްޓާލަބަލަ.. ބަލަ ޓިއުޝަނަކީ ދެފަރާތުން އެއްބަސް ވެގެން ކުރާކަމެކޭ.
ގަމާރޯސް
25 January 2025
ދެފަރާތް އެެއްބަސްވެގެން ގަވާއިދާ ހިލާފަށް އުޅޭ ބަންގްލާދޭޝް މީހުން ލައްވާވެސް މަސައްކަތް ކުރުވަނީ. މިއީ ރާއްޖޭގެ އިމިގްރޭޝަންގެ ގަވާއިދުތަކާއި ހިލާފު ކަމެެއް ކޮންމެ އަގެއްގައި ކުރިޔަސް.
ޕޮބްލޯ
24 January 2025
ކައުންސިލް ތަކަކީ ރައްޔިތުން އިންތިޚާބު ކޮށްފަ ތިބި ބަޔަކު އެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ތަނެއް. ރަށުގެ ރައްޔިތުންގެ މަސްލަޙަތު ރައްކާތެރިކޮށްދޭން ތިބޭ ބަޔެއް. އަހަރެން ޤަބޫލު ކުރަނީ ކައުންސިލް ތަކާއިބެހޭ ޤާނޫނުން މިފަދަ ކަންކަން ރައްކާތެރިކޮށްދިނުމަށްޓަކައި އިޚްތިޔާރު ތަކެއް ކައުންސިލްތަކަށް ލިބިދީފައި ވާނެ ކަމަށް. އެހެންކަމުން ގައްދޫ ކައުންސިލުގެ ނިންމުން ރަނގަޅު ކަމުގައި އަހުރެން ޤަބޫލު ކުރަން.
ތަކުރު...
23 January 2025
މިކަހަލަ ޓީޗަރުން ސްކޫލުގަ ކިޔަވައިދޭނީވެސް އެމީހުން ކައިރިން ޓިއުޝަން ނަގައިގެން ނޫނީ ފާސްވާން އުދަގޫގޮތްގޮތައް. މިޓީޗަރުން އެންމެ އަވަސް ފުރުސަތެއްގައި ފޮނުވާލަން ޖެހޭ.
ދެންދޯ
23 January 2025
ވަޓް އަ ޖޯކް! ކައުންސިލަށް ޓިއުޝަނުގެ އަގު ކޮންޓްރޯލް ކުރެވޭތަ؟ އަނެއްކާ މަނާ ކަމެއް ވެއްޖިއްޔާ ކޮންމެ އަގަކަށް ދިނަސް މަނާ ވާނެއެއްނު. އެހެން ވީމަ ތިއުޅުއްވަނީ މަނާކަމެއް ކުރާތީ ކަންބޮޑުވެގެންނެއްނޫން. ދެރުފިޔާ ބަޔަށް އެކަން ނުކޮއްދޭތީ.
ފަރާޒިން
23 January 2025
ޓިއުޝަން ދިނުމާއި ބެހޭގޮތުން އެޑިއެކޭޝަން މިނިސްޓްރީގެ ގަވާއިދުގައި އޮންނާނެ އެ ޓީޗަރަކު ސްކޫލްގައި ކިޔަވައިދޭ ދަރިވަރަކަށް ޓިއުޝަން ނުދެވޭނެ ކަމަށް. އެހެންވީމަ ތިއީ އަގާއި ބެހޭ މައްސަލައެއް ނޫން. އަގުހެވަސް ބޮޑަސް އެކުދިންނަށް ޓިއުޝަން ނުދެވޭނެ. ކިޔަވައި ނުދޭ ދަރިވަރެއް ނަމަ އެމީހަކު ބޭނުން އަގެއްގަ ދެވޭނެ. ކައުންސިލަކަށް އެކޮންޓްރޯލް ކުރުމުގެ ބާރެއް ނޯންނާނެ. އަގު ބޮޑިއްޔާ ނުފޮނުވާ.
ޓިއުޝަން އަށް ނުފޮނުވީމަ ވީނޫންތޭ؟؟؟
23 January 2025
ބަލަގަ އެއްވެސް ގާނޫނަކުން ގަވައިދަކުން ނެތޭ ޓިިއުޝަން ދޭން އަގު ކަނޑައަޅާފަ. އެހެންވީމަ ދޭ މީހާ އަގު ސެޓު ކުރީމަ ބެލެނިވެރިޔާ އެގޮތައް އެއްބަސް ވެގެން ދޯ އެ ދަރި ފޮނުވަނީ. ދެން ކޮން ގާނޫނީ ހަމައަކުން ކައިންސިލަށް އެކަން ހުއްޓުވޭނީ؟؟؟ އަގު ބޮޑިއްޔާ ދަރިން ޓިއުޝަންއަށް ނުފޮނުވާ ގޭގަ ކިޔަވަން ބައިތިއްބަލަ ދަރިން ފޯނާ އައިޕެޑާ އަތުލާފަ ދަރި ކައިރި މައިން ބަފައިން އިށޭދަލާބަލަ. އަހަރުމެން ކުޑައިރު މޓިއުޝަނެއް ނުނަގަން ގޭގަ ކިޔަވަން މަޖުބޫރު ހަމަ!!
ޅަސޮރު
24 January 2025
އަހަރެމެން ކުޑައިރު އަހަރެމެންނަށް މަންމަ ޓިއުޝަން ދިނީ އިލޮށިފަތިން އަހަރެމެންނަށް ޖެހުނީ ކިޔަވަން
ފަނާ
23 January 2025
ކިޔަވަދިނުމަކީ ވެސް ހާދަ ބުރަ ކަމެކޭ. ބޭރު މީހަކަސް ދިވެއް ސަކަސް ކުދިންނަށް އެއްޗެއް ބުނެދީގެން ރަނގަޅު ނަތީޖާއެއް ހޯދަ ދިނީމަ ނިމުނީ. ކޮންމެ ކަމެއް ކުރިޔަސް އުޖޫރަ އެއް އޮންނަން ވާނެ.
ްއިލްޔާސް
23 January 2025
ވަރަށް ރަނގަޅު ނިންމުމެއް. ރަނގަޅު މަގުސަދުގައި ރެގިއުލޭޓް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް. ޓިއުޝަން ނަގަންޖެހޭ ކަމަށް ބައެއް ޓީޗަރުން ދަރިވަރުންނަށް ވިސްނައިދޭ. މިއީ ކިޔަވައިދިނުމުގެ ހަމަހަމަކަން ގެއްލުމުގެ އިތުރަށް , ދަރިވަރުންނާއި މުޖުތަމައަށް ވެސް މީގެ ނޭދެވޭ އަސަރު ސީދާގޮތެއްގައި ކުރާ ބޮޑު ވިޔަފާރިއެއް. އެ ރަށެއްގައި މުޖުތަމަޢާއި ގުޅުންހުރި މިފަދަ ހުރިހާ ކަމެއް ހަމަ މަގަށް އެޅުވުމުގެ އިޙްތިސާސް އޮންނާނެ އެ ރަށެއްގެ ކައުންސިލްގެ.
ތީނަ
24 January 2025
ރަށުގެ މަސްލަހަތާއި ގުޅުންހުރި ބޮޑެތިކަންތައް ބަހައްޓާފައި މިކަހަލަ ކުދިކަންކަމާ އުޅެފަ ދައުރު ނިންމާލާ
ކިނާރީ
23 January 2025
ފޮތެއް އޮވެ އެދުރުވެވޭނަމަ ސުލޫކަށް ކިޔަވަން ދާކަށް ނުޖެހޭ . ކިޔަވައިދޭ ޓީޗަރުން ނަށް އޮޅުންފިލުވައިދެވޭ ނަމަ ޓިއުޝަން ނަގާކަށް ނުޖެހޭނެ . އެއްޗެއް ނޭގޭ ނަމަ ޓިއުޝަން ދޭންޖެހޭ. އިމްތިހާނު ހަދަން ޖެހޭތީ . ރަގަޅު ނަތީޖާ އެއް ހޯދައިގެންނޫނީ ވަޒީފާގަޑެއް ނުލިބޭތީ . ފައިސާގެ ސްކޯލާޝިޕެއް ނުލިބޭތީ . ހެދޭ އިމްތިހާނުތަކަށް ހޯދާނަތީޖާއިން ވަޒީފާމަހައުލުގަ 100ރުފިޔާވެސް ބޮޑުވާނީ . އެހެންވީމަ ޓިއުޝަން ދީގެން ކިޔަވައިދޭން ޖެހޭނީ .
ބަހުލޫލު
23 January 2025
އޭ ކިނާރީ ކޮން ރާއްޖެއަކު ތިއުޅެނީ. ކިޔަވައިގެން ރަަގަޅު ވަޒީފާ ލިބޭ ވާހަކަ ބުނީމާ ސުވާލު އުފެދުނީ. މަޖިލިހުގެ ރިޔާސަތުން ވޯޓަށް އެގޮވާލީ މުޙައްމާއަށް. ކިޔައިގެން ތިބިކުދިން އެތިބީ ޗުކުޗުކު ލައްވަން. ބޮޑު މުސާރަ ލިބެނީ މަގުމަތީގަ ނޫނީ މީޑިއާގަ ހުތުރުކޮށް ޖައްސާ ހަޅޭއްފަޅޭއްޖެހީމާކަން އަހަރެން މިއުޅޭ ރާއްޖޭގަ ކަންވާގޮތުން އެގެނީ
އިހިމާލު ޕޭރަންޠުންގެ
23 January 2025
ގޭގަ ކުދިން ކިޔަވަން ބޭތިއްބުމުގައި ކޮބާ މައިންބަފައިންގެ ޒިންމާ!؟؟؟ ހުރިހާ ކަމެއް ޓީޗަރުން ބޮލަކަށް ނުކެޑޭނެ!!
ހޭބަލި
23 January 2025
ހާހާހާ. ކޮން ގާނޫނަކުން ބާރު ލިބިގެން ޖައުންސިލުން އެޅި ގަޅިއެއްތަ މީ؟؟؟ ޓިއުޝަން ނުނެގީމަ ވީނު އަގު ބޮޑުއްޔާ.
ފާރިހާ
23 January 2025
ބަލަން ޖެހޭނީ ޓިއުޝަން ދެވޭނެތޯ ނޫންތޯ. އަގު ކޮންޓްރޯލް ކުރުމަކީ ކައުންސިލްގެ ބާރުގެ ދަށުގަ އޮތް ކަމެއް ނޫން. އެބަޔަކު ދޭ ސާވިސްއެއް އެބަޔަކު ކިޔާއަގެއްގަ ހޯދަން ޖޭހޭނީ. ގޭގަ ފްރިޖް ހަދަން އަންނަ މީހާވެސް ކިޔާ އަގަކަށް ހައްދަން ޖެހޭނީ.