ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ: ޓަވަރުތަކުގައި 127 ޖާގަ ވަނީ ކޮމާޝަލް ބޭނުމަށް ކަނޑައަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
24 ޖެނުއަރީ 2025 - 09:43
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް 5 ޖާގައެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
މިއީ އެފްޑީސީން 4،000 ފްލެޓުގެ ކޮމާޝަލް ޖާގަައަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެ ކޯޕަރޭޝަނުން މިދިޔަ ނޮވެމްބަރު މަހު ބުނީ 4،000 ފްލެޓްގެ 32 ޔުނިޓުގައި 127 ކޮމާޝަލް ޖާގަ ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓުގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ލިބޭނެ ކަމަށެވެ. އަދި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އަލަށް ހުޅުވާލާފައިވާ ފަސް ޖާގައަކީ ގްރޯސަރީ ފިހާރަ އާއި ރީޓެއިލް ފިހާރަތަކަށް ހާއްސަ ޖާގަތަކެވެ. އެފްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެފްޑީސީން ހުޅުވާލީ، އަމާން އުދަރެސް 13 ގެ 610 އަކަފޫޓުގެ ޖާގައަކާއި އެ ޓަވަރުން 599 އަކަފޫޓުގެ ޖާގައަކާއި އަމާން އުދަރެސް 14 ގެ 1،896 އަކަފޫޓާއި 161 އަކަފޫޓާއި އެ ޓަވަރުގެ 6،788 އަކަފޫޓުގެ ޖާގައިގެ އިތުރުން އުދަރެސް 16 ގެ ޓަވަރުން 1،896 އަކަފޫޓު، 161 އަކަފޫޓުގެ ޖާގަ އެވެ.
ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާ އެ ފުރުސަތުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެފްޑީސީން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ 32 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ އިން ބަޔަކާއި ފުރަތަމަ ފްލޯ ހާއްސަ ކޮށްފައިވަނީ ވިޔަފާރިތަކަށެވެ.
އެ ކޯޕަރޭޝަނުން ބުނީ، ކޮމާޝަލް ޖާގަތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ކައިރިން ލިބޭ ގޮތް ހެދުން ކަމަށެވެ. އެފްޑީސީން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 30،000 މީހުން ފްލެޓް ތަކުގައި އުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
26 January 2025
މާލޭގެ ގޮތަށް ކޮންމެ ގެއެއްގެ ތިރީގައި ކުދި ފިހާޜަތައް ހަދައިގެން ޕާކިންގ އަށް ޖާގަނެތި މަގުތައް ތޮއްޖެއްސުމުގެ އުޞޫލު ދޫކޮށްލާފައި ތިޔަތާކައިރީގައި ހުރިހާ ޚިދުމަތެއް ލިބޭ މޯލެއް ހަދާފައި ތިރީބައިތައް ޕާކިންގ އަށް ޚާއްޞަކުރޭ. ކޮންފާޑަކަށްތަ ތިޔައުޅެނީ. އަދިވެސް ހަމަ ވިސްނުމުގައި ހުރީ ތޮއްޖައްސައިގެން ފޭރެން.
އެމްވީ
25 January 2025
ކޮބާއިތޯ ގޯއްޗަށް 2 ވަނަބުރުގައި މީހުންލީ ފޯމްތަށް ، އެވެސް ވީނުވީއެއް ނޭގި ނިޒާމުން ގެއްލުނީތޯ؟ ނޫނީ އަނދާއަޅިއަށް ވީތޯ؟
ސަނީސައިޑްބޮންޑް
25 January 2025
މީން އެއްވެސް އިމާރާތެއް ޕްލޭންކުރާއިރު ޕާރކްކުރާނެ ޖާގަމީ ޕްލޭންގަ ނޯންނައެއްޗެއްބާ؟ އެކަމަކު މިއެންމެންވެސް ދުނިޔޭގެ ތަނެއްގަ ސިޓީޕްލޭނިންގ، ސްމާރޓްބިލްޑިންގ ނުވަތަ ސްމާރޓްސިޓީ ކޮންފަރެންސެއް އޮތިއްޔާ ދާނެ. ގޮއްސަކުރާކަމަކީއެއްޗެއްދަސްކުރުމުގެ ބަދަލުގަ އިންސްޓަގްރާމަށް ފޮޓޯލުން.
އެބަޖެހޭ
24 January 2025
މުއިއްޒުގެ ސަރުކާރުން އެބަޖެހޭ ރާއްޖެތެރެއަށް މަޖްލީހުގައި ތިބޭ ޕީއެންސީ ގެ އެމްޕީން ބުނެގެން ބޭކާރު ދަތުރު ކުރުން ހުއްޓާލާ މާލޭގައި މަޑުވެހުރެ ދައުލަތަށް އާމްދަނީ ޓެކްސް ކުޑަކޮށްގެން އިތުރު ކުރާނެ ގޮތް ތައް ހޯދުމަށް ޓަކައި ޚަރަދުކުޑަ ކޮށް ހަދާ އަދި މާލެ ސަރަހައްދުގައި މަދުވެގެން އަހަރަކު 4 ހާސް އަކަފޫޓް ފުޓް ޕްރިންޓް ގައި ހިމެނޭ 10 ހާސް ފްލެޓް ކޮންމެ އަހަރަކު ބާޒާރަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުލި ކަމުގައި ހަދާ ނެރެން މަސައްކަތް ކުރަން
ނަރީން
24 January 2025
ބަލަ ގްރައުންޑް އަދި ފަސްޓް ފްލޯ އެއްކޮށް ޕާކިން އަށް ދޭށޭ!
މަޖަން
24 January 2025
އިއުލާންކުރުމުގެކުރިން އެމްއެޗެއޭއިން އިމާރާތުގެމަސައްކަތްފަށާފި މީކިހިނެއްވާކަމެއްބާ
ޖައްސާށޭ
24 January 2025
ހުޅުމާލޭގައި އިންޑިއާ އިން 10 ބިލިއަން ޑޮލަރުގެ ލޯން ނަގައިގެން މުޅި އިމާރާތް ކޮންކްރީޓް ކޮށްގެން އަހަރަކު 50 ހާސް ފްލެޓްސް ނިމޭނެ އުސޫލުން ފްލެޓްސް ތަކޭ އަދި ޗައިނާ އިން 100 ބިލިއަން ޑޮލަރުގެ ލޯން ނަގައިގެން ހުޅުމާލޭ އިރުންނާއި ހުޅަގުން އޮތް ކަނޑު ހިއްކާ އެތަނުން ބިން ތައް ވިއްކަންވީ ކޮންމެ ހެކްޓަރެއް 10 މިލިއަން ޑޮލަރަށް ފޮރިންގް އިންވެސްޓަރުން ނަށް އެއިރުން ދެން ރާއްޖޭގައި ޑޮލަރުގެ ތިޔާގި ކަން އަންނާނީ ރާއްޖެތެރޭ ބާއްވާށޭ ދަރަނި ފިލަންދެން
ޑެރަ
24 January 2025
ޢަޑިއަށް ކޮނެގެން ނަމަވެސް ޕާކްކުރާނެ ޖާގަ ހަދައިދީބަލަ، ވިނަރެސް ވެސް އެއްވެސް އޮފީސް ފްލެޓްތަކެއްގަވެސް އެކަށީގެންވާވަރަކަށް ޕާކިންއެއް ނުހުރޭ
ގުދުގުދާބެއްޔާ
24 January 2025
މިތަނުންވެސް ފައިސާ ދޯ ފުރަތަމަ ހޯދަންވީ! މިތަންތަނުގެ ފުލެޓްތައް ދޭންވީނު ފުރަތަމަ! މިއޮތީ ވާ ސަރުކާރެއް ގެނެވިފަ!
މޯޑް
24 January 2025
ކޮމާސަލު ޖާގަތައް ދޫކުރަށް ފެށީ . ކޮބާހޭ ފުލެޓްތައް އެވެސް ދޫކުރާށޭ