ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ދުނިޔޭގެ ތައުލީމީ ދުވަހާ ގުޅިގެން އެމަނިކުފާނު ވަނީ ފަންނިއްޔަތާއި ތައުލީމް އެކީގައި ދިނުމުގެ މުހިއްމު ކަން ފާހަގަކުރައްވާފައި.
24 ޖެނުއަރީ 2025 - 14:28
އިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރަކީ "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިން ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އެވެ.
އޭއައިއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޒަމާނެއްގައި ފަންނިއްޔާތާއި ތައުލީމު އެއްކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބޭނުމަކީ މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖަންސާއި ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި ހިމަނައިގެން ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކުރުން ކަމަށް ވިދާޅުވި އެވެ.
ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުން ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވާލަމުންދާ ކަން ފާހަގަކުރައްވައި، "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މި ގައުމުގެ ތުއްތު ކުދިންގެ ސިކުނޑިތައް މުއްސަނދިކޮށްދީ، ހިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ ފަދަ އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ސަނީހް
26 January 2025
ބަރާބަރު ވާހަކައެއް. އޭރަށް ހަމަ ގައިމުވެސް ކުދިންނަށް ޓާގެޓް ކޮށްގެން މަސައްކަތް ކޮށް ކުރިއރުވޭނެ.
އައުޒަމް މުހައްމަދު
26 January 2025
އަރަބިއްޔާ ބެލެނެވެރިޔެއްގެ ހައިސިއްޔަތުން ދެ ޖިންސު ވަކިކުރި ކުރުން ހަމަ ފާހަގަކޮށްލަން
ހިސާބު ޓީޗަރު
25 January 2025
އެންމެ އިލްމީ ދެ މީހުނަށް ސަރުކާރުން މަތީ މަގާމްތަށް ދީގެންތާ ތި ތިބީ!
ކަދުރާސް
25 January 2025
ޓެސްޓުން އެކަނި ފާސްވާން ޖަވާބު ހިތުދަސްކޮށްގެން ކިޔަވާ ކިޔެވުން ނުހުއްޓެނީސް ކަންކަން ރަނގަޅެއް ނުވާނެ. އަމިއްލައަށް ދިރާސާ ކުރުމާއި އިސްކޫލުގައި ކިޔަވައިދޭ އެޗެހީގެ އިތުރުން ފޮތްކިޔައި ކަންކަން ފަހުމުވުމުގެ އާދަ އަށަގަންނުވަން ވެއްޖެ. ކިޔެވޭ އެެއްޗެއްގެ ބޭނުން ކުރެވޭނީ ސިކުނޑީގެ ބޭނުންކުރަން ދަސްކުރެވިގެން.
ކޮލަމާހުއްޓާ
25 January 2025
ކިޔަވައިގެން މޮޅުކުދިންނަށް ވުމުގެ ބޭނުމެއް މިގައުމުގަ ނެތް. ބޭކާރު ވާހަކަނުދެއްކެވުން އެދެން.
މިކާލީ
25 January 2025
މޮޅުވާހަކަދެއްކިޔަކަސް ކަމަކުނުދާ، ކިޔާ އެއްޗަކާ ދިމާވާގޮތަށް ޕޮލިސީ ހަދާބަލަ. ވެރިކަން ކުރާ އެންމެވެސް މޮޅުވާހަކަދައްކާ، އަމަލުން ދިމާނުވަނީ
ރޭނީސް
25 January 2025
ކިޔަވާފަ ތިބި މީހުން ބާކީކޮށްފަ، ނުކިޔަވާ ތިބޭ ދަނެއް ދޮރެއް ނުދަންނަ ޖާހިލުންނަށް ބޮޑެތި މަޤާމުތައް ދީފަ، ކޮން ވާހަކައެއް ތޯ ތި ދައްކަވަނީ؟
ކިނާރީ
25 January 2025
އުޅެން މިޖެހެނީ ދަރިންކޮޅު 12 ނިއްމާލިމަ ރަގަޅު ނަތީޖާ އެއް ނެގިއިރު ވަޒިފާ ގަނޑެއް ނުލިބިގެން . އަމިއްލަ މީހަކުވެސް ވަޒީފާ ގަނޑެއް ނުދީގެން . އެހެންވީމަ ރައްޔިތުން ހާލުގަ ވެސް ޖެހޭނެ . ސިޔާސީ ވުން ނޫން ގޮތެއް ނެތް . ވަޒީފާއެއް ބޭނުން ވިއަސް އަގުހޮޔޮ ސަރުކާރުގެ ބޯހިޔާވަހިކަމެއް ބޭނުން ވިއަސް . ނުކިޔެވިތިބެ ، ސިޔާސި ވާނަމަ ހުރިހާ ހައްގެއް ކަށަވަރު ކޮއްލިބޭނެ .
ރާވެރިބެ
25 January 2025
ކިޔަވައިގެންތިބި މޮޅެތި ޒުވާނުން ބާކީކޮށްފަ ނުކިޔަވާ ތިބި މީހުންނަށް ބޮޑެތި މަގާމް ދެމުން އިލްމީ މީހުން އުފައްދާ ވާހަކަ ދެއްކީމަ ދެކޮޅު ނެޖެހޭ. މިގައުމުގަ މިހާރު ކުރިޔަށް ދެވޭނީ މުހައްމާ ކަލޯ އަކަށް ވެގެން.
raajje
25 January 2025
ރާއްޖޭގެބޮޑެތި ރައްތައް ތަރައްގީކުރުމަށް މުއީޒުގެ ސަރުކާރުންވެސް އެއްވެސްކަމެއް މިވީހާތަނަށް ކުރާކަމެއްފާހަގައެއްނުވޭ، އިރުއިރުކޮޅާ މާލޭގެ ނަރުދަމާއަޅާފަ، މަގުހަދާފަ ކޮންމެވެސް މިފަދަ ބޭކާރު ސަކަރާތެއްޖަހާތަންމިފެންނަނީ، ގެދޮރުނެތިގެންއުޅޭމީހުނަށް ރާއްޖޭގެ ރައްތަކުން ގޯތިދޭންވީނުން، ކޮބައި ހުރިހާދިވެހިންގެ ނަމުގައި ލޯނުނަގައިގެން ހުޅުމާލެ މާލޭގައި ފުލެޓުތައްއަޅާ ފުނިޖެހުމުގެބޭނުމަކީ؟ ނުވަތަ މާލެއާ މުޅިރާއްޖެއާ ގުޅުވައިދޭ ބުރިޖެއްއަޅަންވީނު