އޭސީސީގެ ރައީސް މަޖިލީހުގެ ކޮމިޓީއެއްގައި: އެ ކޮމިޝަނުން ހިންގާ ތަހުގީގުތައް އަވަސް ކުރަން ވަނީ އަންގާފައި - ފޮޓޯ: މިހާރު
26 ޖެނުއަރީ 2025 - 11:24
އެންިޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ލިބޭތީ، އެ ކޮމިޝަންގެ ތަހުގީގުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އޭސީސީން ހިނގާ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ލިބިފައިވާތީ، އެކަން ޕީޖީ ވަނީ ބައްލަވައިފަ އެވެ. އެގޮތުން ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި އެ މާއްދާގެ (ފ) ގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުންދާ ހުރިހާ ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ވަނީ އެކުލަވާލައިފަ އެވެ.
އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރުގައި، އެމްއެމްޕީއާރްސީގެ މައްސަލަ އާއި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ހާއްސަ ސަމާލު ކަމެއް ދީގެން އަވަހަށް ހިންގައި، ނިންމަން ވެސް އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ މީގެކުރިން ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލުވާ އެސްއޯއެފް ކުންފުނީގެ ވެރިންނާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުންތައް އުވާލައި، އިތުރު މައްސަލަތައް ތަހުގީގުކުރަން އޭސީސީ އާއި ފުލުހުންނަށް އަންގައިފަ އެވެ.
މީގެ އިތުރުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގެއް ހިންގަން ވެސް ޕީޖީ ވަނީ މީގެކުރިން އޭސީސީ އާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަސޮރު
27 January 2025
ސާބަހޭ ޕީ ޖީ ޕީޖީގެ އަވަސްކުރުމުގެ އަމުރުގައި ބައެއް ކަހަލަ އެކްސެޕްޝަންތަައް ހިމަނާލިނަމަ ފުރިހަމަވީސް، މިސާލަކަށް ނޫމަޑި މައްސަލައާއި އާރބިޓްރޭޝަނަށް ދިން ބަޔާން ބަދަލު ކުރި މައްސަލައާއި ޕޮލްކޯ އަދި ސިފްކޯގެ ޚިޔާނާތުގެ މައްސަލަ 2024 ގެ ބަޖެޓް ހުސްކޮށްލި ގޮތް،އާސަންދަ ކައްވާލި ގޮތް މިކަންކަން މަނިކުފާނުގެ އަމުރުގައި ހިމަނާލެއްވި ނަމަ ވަރަށްފުރިހަމަވީސް
މުސްތަފާބެ
26 January 2025
މި އޭސީ ސީ ރައީސް މި މޫސުމީ ނަމެއްދޯ ، އެކި މޫސުންތަކުގަ މި ނަން ތިލަވޭ.
ރުންކުރު
26 January 2025
ވެން މަސް ވެނަށް ކާންދީފި. ދެން އިތުރަށް ކީކޭ ބުނާނީ؟؟؟؟
އަހުރެންގެ ނޯޓު ރައީސް އަށް
26 January 2025
ލޯބިވާ ލޮބުވެތި ރަޢީސް ޑރ މުޢީޒް އެވެ. މަނިކުފާނު އެއްވެސް ނުފޫޒެއްގައި ތާށިވެވަޑައިނުގަންނަވާށެވެ ހެޔޮވެރިކަމެއްގެ މަގަށް ސަމުގާބަހައްޓާށެވެ އެހެނީ އޭ ސީ ސީ އަށް އައު ބޭފުޅަކު އެކޮމިޝަންގެ ރައީސްކަމަށް އައްޔަންކޮށްދެންވަވާށެވެ. މަޤާމުގެ އެދުމުގައި ރައްޔިތުން ގިލަންވެރިކުރުވާ މީހުންނަށް އިތުބާރު ނުކުރައްވަވާށެވެ އެމީހުންގެ ފަރާތުން ކެހިވެރިކަމުގެ ހީލަތްތެރިކަށް ނޫނީ ނުފެއްނާނެއެވެ ލޯބިވާރައީސްއެވެ އާދޭހާއިއެކު މިކަމަށްއެދި ދަންނަވަމެވެ ޝުކުރަން.
ފޯމާ11
26 January 2025
އަނހާ މިއަދު ޕީޖީ ނިދިން ހޭފުޅު ލައްވައިގެން އަމުރު ނެރުއްވާ ދުަވަހެއް. ވަގު ފޯމްތަކުގެ މައްސަލާގައި އަމުރެއް ނެރުނުބާ.
ދޯރި'
26 January 2025
ފުރަތަމަ ޕީޖީއަށް ހުށަހަޅާފައިވާ މައްސަލަތައް އަވަށް ކޯޓާ ހަމައަށް ފޮނުވޭތޯ ބަލާށެވެ.
ހާސަރު
26 January 2025
ތިކަމާވެސް ޖެހޭނީ ޕީޖީލައްވާ ޕީޖީ އޮފީހަށް އެންގުމެއް އަންގަން.
ތެފައާސާ.
26 January 2025
ޕީޖީގެ އަވަސްކުރުމުގެ އަމުރުގައި ބައެއް ކަހަލަ އެކްސެޕްޝަންތަައް ހިމަނާލިނަމަ ފުރިހަމަވީސް، މިސާލަކަށް ނޫމަޑި މައްސަލައާއި އާރބިޓްރޭޝަނަށް ދިން ބަޔާން ބަދަލު ކުރި މައްސަލައާއި ޕޮލްކޯ އަދި ސިފްކޯގެ ޚިޔާނާތުގެ މައްސަލަ..
45ތޔުގ
26 January 2025
ތި ތަހުގީގުތައްކުރާ މިނިވަން މުއައްސަސާ ތަކުގަ ނުތިބޭ އެކަން ކުރެވޭވަރުގެ ގާބިލު މުވައްޒަފުންނެއް. މެންބަރުންތަށްތިބެނީ ހިންގުމުގެ ތަޖުރިބާގެ ކަންފުޅެއްވެސް ނެތްމީހުން. މިޑްލް މެނޭޖުމަންޓުގެ މަގާމަކަށްވެސްނުވާ އިންވެސްޓިގޭޓަރުންނަށް ތިބެފަ ކޮމިޝަނުގެ މެނބަރުންނަށް މިވަނީ. ދެން އެމީހީނަށް އެނގޭނީހަމަ އިންވެސްޓިގޭޓުކޮށްކޮށްތިބެންނު. ނަތީޖާނެރެންއެނގޭނީ އެންމެ ދަށްވެގެން މެނެޖީރިއަލް ލެވެލްގެ 6 އެއްކަ އަހަރުގެ ތަޖުރިބާ ހުރިމީހުން މެންބަރުންނަށްލީމަ
ވެރިން
26 January 2025
ތަންތަން ހިންގަން ޓެކްނިކަލް މީހުން ލައިގެން މުޅި ގައުމު ހަލާކުވެއްޖެ. މިހެން ބުނީމަ ކަމުނުދާ މީހުން ވަރަށް ގިނަވާނެ.
ލޮއްލަ
26 January 2025
ކަލޭމެންތިބޭ ހެޑުލައިނު އަޅައިގެން ހެވިފަ. މަމެން ތިބޭނަން ހެޑުލައިނު ކިޔާފަ ހޭން. ހެޑުލައިނު އަޅައިގެން ކަމެއް އިސްލާހުވަންޏާ ލައްކަ ގިނަ ކަންކަން ވެއްޖައިސް
ްައަދުހަމް އަލީ
26 January 2025
ބަރާބަރު ކަމެއް. އަވަސްކޮށް ފިޔަވަޅު އަޅަންވީ. ދޫދީގެން ނުވާނެ