26 ޖެނުއަރީ 2025 - 15:59
މޮލްޑޯވާގައި ކުރިއަށް ދިޔަ ވިންޓާ ޝިސިނައު 2025 ގައި ވާދަކުރި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަހްލޫފް (އެލީ) ދެ މެޑަލް ހޯދައިފި އެވެ.
ހަތް ގައުމަކުން 216 ކުޅުންތެރިން ވާދަކުރި މި މުބާރާތުގައި ލައިބާ ވަނީ މިކްސްޑް ޑަބަލްސް އިން ސިލްވަ މެޑަލް އަދި ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މިކްސްޑް ޑަބަލްސް ފައިނަލުން ލައިބާ އާއި ރުމޭނިއާގެ ބެންޖަމިންގެ ޕެއާ ބަލިވީ ރުމޭނިއާގެ ލޫކާ އާއި އިސަބެއްލާގެ ޕެއާ އަތުން 16-21، 17-21 އިންނެވެ.
ސެމީ ފައިނަލްގައި ލައިބާގެ ޕެއާ ވަނީ މޮލްޑޯވާގެ އާޓޮއިމް އާއި ކްރީނާގެ ޕެއާއާ ވާދަކޮށް 3-1 ސެޓުން މޮޅުވެފަ އެވެ. ސެމީ އަށް ދިޔައީ ކުއާޓާގައި މޮލްޑޯވާގެ އަލެކްސެންޑަ އާއި ޑެނިސްގެ ޕެއާ 3-1 ސެޓުން ބަލިކޮށްފަ އެވެ.
ލައިބާގެ އަންހެން ޑަބަލްސް ޕާޓްނަރަކީ މޮލްޑޯވާގެ އިރީނާ އެވެ. ސެމީ ފައިނަލްގައި މި ޕެއާ ބަލިވީ މޮލްޑޯވާގެ ޕެޓްރީސިއާ އާއި ޑާރިއާގެ ޕެއާ އަތުން 2-1 ސެޓުންނެވެ. ފުރަތަމަ ސެޓް 21-19 އިން ލައިބާގެ ޕެއާ ކާމިޔާބު ކުރި އިރު ފަހު ދެ ސެޓް ގެއްލުނީ 15-21، 25-27 އިންނެވެ.
މިއީ ލައިބާ މި އަހަރު ލައިބާ ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް ލައިބާ އަންނަނީ ގިނަ ކާމިޔާބީޔަކެއް ހޯދަމުންނެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ޔަންގް އެތުލީޓް އޮފް ދަ އިޔާ ކެޓެގަރީން ލައިބާ ވަނީ ބްރޯންޒް މެޑަލް ހާސިލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލްޓީ
27 January 2025
މި ކިހިނެތް ބައިވެރިވާ މުބާރާތެއް؟ ބައިވެރިވާ ކޮންމެ މުބާރާތަކުން މޑެލް ލިބޭ، ރާއްޖޭގެ ކިތައް ވަނަޔޯ؟
ކޮރަލް
27 January 2025
ގިނަ ފަހަރު ކުޅުންތެރީން ރާއްޖެ އިން ބޭރަށް ދަނީ އަމިއްލަ އަށް ނޫނީ މައިންބަފައިންގެ ފަރާތުން ނާ ސްޕޮންސަރުން އަތުން ލިބޭ އެހީ އިންނެވެ. ސަރުކާރުގެ މާބޮޑު އެހީ އެއް ނޯވެ އެވެ. ވަނަ ހޯދީމަ މވެރީން ބައްދަލު ކޮށްލަ ފާނެ އެވެ. މާބޮޑޫ އިނާމެއް ވެސް ނޯވެ އެވެ. ސަރުކާރުން ގިނަ ފަހަރު އެހީވާނީ ބޭރުން އެހީ ލިބުނީމަ އެފައިސާ އާއި ޓިކެޓުންނެވެ.
ހިތްވަރުކޮއެ
26 January 2025
އަދި ރަންމެޑެލްވެސް އަތުވާނެ. ހިތްވަރުކޮށްލާ . އެކަމަކު މީނަގެ ކިޔެވުން ތި މެނޭޖްކުރަނީ ކިހިނެއް މަހުލޫފު. މިގޮތަށް ރަށުން ބޭރުގަ އަބަދު އުޅެން ސްކޫލުން އޯކޭތަ؟ މިނިސްޓްރީ އޯކޭތަ؟
އިހްސާސް
27 January 2025
ކަލޯ މިހާރު ހޯމް ސްކޫލް ހެދެޔޭ. އަދި ތިކިޔާ އޯލެވެލް ވެސް ހެދޭ.
ވަކި މޮޅެއް
26 January 2025
ލައިބާއަށް ދޭ ފުރުސަތުތަށް އުމުރުފުރާއިން ވަނަހޯދާ އެހެންކުދިންނަށްވެސް ދޭންޖެހޭ.
ދޮހޮއްތުބެ
26 January 2025
ސިންގަލްސް ނުކުޅޭބާ ….