ފުލުހުން ބުނީ ފްލޭޝް ކޯލްގައި ލިބޭ ކޯޑު ހޯދައި އެކައުންޓްތައް ހިސޯރުކުރަމުންދާ ކަމަށް
ފުލުހުންގެ މައި އިދާރާ: ފްލޭޝް ކޯލްސް އަށް ހޭލުންތެރިވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައި
27 ޖެނުއަރީ 2025 - 21:11
އެކައުންޓްތަކުން ފައިސާ ފޭރުމުގައި ސްކޭމަރުން އާ އުކުޅެއް ބޭނުންކުރަމުންދާތީ ސަމާލުވާން ފުލުުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ)ގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުން ކުރުން އިތުރުވަމުން އަންނައިރު، މަކަރާއި ހީލަތުން އެ ކޯޑު ހޯދައި އެކައުންޓްތައް ހިސޯރުކުރަމުންދާ ކަމަށެވެ.
އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ އޮތަންޓިކޭޝަން މެތަޑެއް ކަމަށްވާ ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ގިނަ ކުންފުނިތަކުން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މި މެތަޑުގައި ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު ހަތަރު އަކުރަކީ އޮތަންޓިކޭޝަން ކޯޑެވެ.
ފުލުހުން ބުނި ގޮތުގައި އެ ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފި ނަމަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ. އެ ކޯލުން ލިބޭ ކޯޑް އެހެން ފަރާތްތަކާ ހިއްސާ ނުކުރަން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް - ސަމާލުވާންޖެހޭ ކަމެއްhttps://t.co/APrCS1YzEO pic.twitter.com/cpfrIGgcEc
— Maldives Police (@PoliceMv) January 27, 2025
"ޓެކްނޮލޮޖީއަށް މިއައި ބަދަލާ އެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ވަނީ ބަދަލުކޮށްފައި. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައި،" ފުލުހުން ބުންޏެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭޝް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރިވުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ވެސް އެދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
29 January 2025
ގޫގުލް އޮތަންޓިފިކޭޝަން އެޕް ބޭނުންކުރޭ! އޭރުން ސުކޭމެއް ނުކުރެވޭނެ! އޭގެން އޯޓީޕީ ލިބޭނެ!
ގައުމީ ދޫ
28 January 2025
ރައްޔިތުން އެންމެބޮޑަށް ޖެހެނީ ސިޔާސީ މީހުންގެ ސްކޭމްތަކުގައި ، މިފަދަ ސްކޭމްތަކަށް ސަމާލުވުން މުހިއްމު!
ހޔހޔހހޔ
28 January 2025
ދޭން އޮންނަ އަދަބު ދީބަލަ. 3 4 އަހަރު ތަަޅުވަ ތަޅުވާފަ ސާބިތު ނުވެގެން ދޫކޮށްލިޔަސް ކަމަކު ނުދާނެ..
ކިމް
28 January 2025
ފުލުހުންވެސް ސަމާލުވެދޭށޭ އެމީހުން އަތުލާނެ ގޮތެއް ހޯދަން.
ލައިޓް
28 January 2025
ރާއްޖޭގެ ބައެއް ބޭންކްތަކުން ޓްރާންސްފާކުރެވެނީ ރެޖިސްޓަރކުރެވިފައިވާ ޑިވައިސް އިން އެކަނި ( އެމީހެއްގެ ފޯނުން އެކަނި ) . މިއީވެސް ކަސްޓަމަރުންގެ ސަލާމަތަށް ކުރެވިދާނެކަމެއް އިތުރު ކަމެއް!
ށކކސކސ
28 January 2025
ރެޑުކޮށް ހިފުނަސް އެމީހުނަށް ދެވޭނެ އަދަބެއް ނޯވޭ. ދެން ސަމާލުތަ ވާންވީ
ހަމްދާ
27 January 2025
ދެން މިކަންވެސް ކުރަންޖެހެނީ ރައްޔިތުންބާ
ކޮރަލް
27 January 2025
ވަގަށް ނަގާ ފައިސާ ވަންނަ އެކައުންޓް ތައް ވެސް އެނގެ އެވެ. އެފައިސާ ނަގާ ބޭޏުން ކުރާ މީޙުންވެސް އެނގެ އެވެ. އެކަމު އެމީހުން ހައްޔަރެއް ނުކުރެވެ އެވެ. ބޭންކް ތަކާ ފުލުހުންނާ ގުޅިގެން ލަސް ނުކޮށް ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަން ޖެހެ އެވެ. މިއީ ގިނަ ދުވަހު ތަހުގީގު ކޮށްގެން ވާން އޮތް ކަމެއް ނޫނެވެ.
ނަމާޒީ
29 January 2025
ވަގަށްނަގާ ފައިސާވަންނަ އެކައުންޓްތަކާ މީހުންގެ ތަފްސީލް ފައިސާގެވެރިފަރާތާ ހިއްސާކުރަންވީނު؟ އެއީ ފައިސާގެއްލުނުފަރާތުގެ ހައްގެއްކަމަށް ދެކެން. އެ މައުލޫމާތު ދެނިކޮށް އެފައިސާ ހޯދަން ގެއްލުނުފަރާތަށް ފަސޭހަވާނެ. ފުލުހުންނަށްވެސް ލުއިވާނެ. އިސާހިތަކު މިފަދަ ފައިސާހޯދާދޭ ވިޔަފާރިއެއް އުފެދި ވަޒީފާވެސް ގިނަވެގެންދާނެ.
ގެދާނޯމޮސް
27 January 2025
ހާދަނުރައްކާވީ ތާ އެވެ! މިދާވަރުން ސިހުރުވެރިންނާއި ، ހެކަރުންނަށް ހަރުކަށި ގާނޫނެއް ހަދަން މަޖިލީހަށް ގޮވާލަމެވެ!
ގެދާނޯކޮސް
28 January 2025
ހެކްކުރުމާ ސިހުރާ އެއްގޮތެއް ނޫން. ސިހުރަކުން މީހުންގެ އެކައުންޓް ލޫޓުވައެއް ނުލެވޭ.
ހަސަންދީ(ލ)
27 January 2025
އެހެންވީމާ އެއްވެސް އެއްޗެއް ހިއްސާ ނުކުރާށޭ!