"ދަ ރޮޓަން ފީސްޓް" ކޭކު. މި ކެޓަގަރީގައި އެއް ވަނަ ލިބުނީ މިއްކޮގެ މި ކޭކަށް.
30 ޖެނުއަރީ 2025 - 11:59
ކޭކެއް ވެސް ގިނަފަހަރަށް ކަމުދާނީ ބަލާލަން ރީތި ކުލަތަކާއި މާތަކާ އެކު ޑިޒައިންގެ ވެސް ފުރިހަމަކަން ފެނުމުންނެވެ. އެކަމަކު، ޒުވާން މިޝްކާ އަލީ ސަމީރު (މިއްކޮ) ބޭނުންވީ ކޭކެއް ރީތިވާ އެންމެ އާއްމު ކަންކަމަށް ޗެލެންޖްކުރާށެވެ.
އޭނާ ތައްޔާރުކުރި "ދަ ރޮޓަން ފީސްޓް" ކޭކުގައި ފެންނަނީ ވަކަރު ބޯޑެއްގެ މަތީގައި ދުވެ ދުވެ ތިބި މީދާތަކަކާއި ކުނި މޭވާ އާއި ތަރުކާރީ ތަކެކެވެ. މުބާރާތުގެ އެއް ވަނަ ލިބުނީ މި ކޭކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރި ކަމަށެވެ.
މި އަހަރުގެ ފުޑް އެންޑް ބެވަރޭޖަސް ޝޯގެ ބޭކް އެންޑް ޑެލިކަސީ މުބާރާތުގެ ނޮވެލްޓީ ކެޓަގަރީއަށް ހެދި ކޭކުން، މިއްކޮ ބުނި ގޮތުގައި، ވަރަށް ފުން މާނަތަކެއް ދޭހަކޮށްދެ އެވެ. އުނިކަމާއި ކުނިކަމާއި ފުޅަތަކުގެ ތެރެއިން އޭނާ ދައްކައިދޭން ބޭނުންވީ ހިތްގައިމު ކަމެވެ. ފޮރުވިފައިވާ ރީތިކަމެވެ. މަޑުޖެހުމެއް ނެތި ދިރިއުޅުން ކުރިއަށްދާނެ ކަމެވެ.
"ދަ ރޮޓަން ފީސްޓް" ކޭކާއި އެކު މިއްކޮ --
"ބޭނުންވީ ވަރަށް ޔުނީކް އެއްޗެއް ހަދަން. މީހުންނަށް ކޭކެއް ރީތިވާ އާންމު ކަންކަމަށް ޗެލެންޖުކުރަން ބޭނުންވީ... ރޮޓަން ފީސްޓް ގެ ޚިޔާލު އައީ އިމްޕާފެކްޝަން އަދި ޑިކޭގެ ކޮންސެޕްޓް އިން. އެއްޗެއް ނެތި ފަނާވެގެންދާ އެ ޕްރޮސެސްގެ ފުރިހަމަކަން ދައްކައިދޭން ބޭނުންވީ،" މިއްކޮ ބުންޏެވެ.
"މައި ކޭކްސް އެންޑް ސްވީޓްސް" ގެ ފަރާތުން އިންތިޒާމު ކުރާ ބޭކްސް އެންޑް ޑެލިކަސީ މުބާރާތަކީ ޝެފް ގިލްޑް މޯލްޑިވްސްގެ އެންޑޯސްމަންޓާ އެކު ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގެ ނޮވެލްޓީ ކެޓަގަރީއަކީ އަސްލާ އެއްގޮތް ކޭކުތަކަށް ހާއްސަ ކެޓަގަރީ އެވެ. މިދިޔަ އަހަރު ވެސް މި ކެޓަގަރީން އެއްވަނަ ލިބުނީ މިއްކޮ ތައްޔާރުކުރި "އެންޝާންޓެޑް ވުޑްލެންޑް ޑިލައިޓް" ނަން ދީފައިވާ ކޭކަށެވެ.
ކަޅު ފަހާއި، ފެހި ވިނަތަކެއް މަތީ މުށި ކުލައިގެ ފުއްލާއެއް ތްރީ ޑީކޮށް ތައްޔާރުކޮށް، ފިޔާތޮށި މާތަކަކުން އިތުރު ފުރިހަމަކަމެއް އެ ކޭކަށް ގެނެސް ދިނެވެ.
2024 ވަނަ އަހަރު މިއްކޮ ތައްޔާރުކުރި ކޭކު --
އޭރު މިއްކޮގެ އުމުރަކީ 17 އަހަރެވެ. އޭގެ އަހަރެއް ފަހުން އޭނާ އަނެއްކާވެސް ރަން މެޑަލް މި ދިފާއުކުރީ ރާއްޖޭގެ ކުޅަދާނަ އެތައް ބަޔަކާ ވާދަކޮށްގެން މޮޅު، ތަފާތު ހިޔާލަކުންނެވެ.
ދަ ރޮޓަން ފީސްޓް ކޭކު -- ފޮޓޯ: މިއްކޮ
މިއްކޮގެ އުފެއްދުމުގައި އަސްލު ކޭކުން ތައްޔާރުކޮށްފައި ވަނީ ބަަރަބޯ އެވެ. ޑާކް ޗޮކްލެޓާއި ކޮފީ ރަހައިގެ ކޭކުގައި މިއްކޮ ދެން ބޭނުންކޮށްފައި ހުރީ ސޯލްޓެޑް ކެރަމަލްއާ މިކްސް ނަޓްސް އެވެ. ކޭކުގައި ބޭނުންކޮށްފައިވާ ހުރިހާ މޭވާތަކާއި ތަރުކާރީ އަދި މީދާ ތައްޔާރުކޮށްފައި ހުރީ އެއްވެސް މޯލްޑެއް ބޭނުންނުކޮށް ފޮންޑަންޓުންނެވެ.
މުޅި ކޭކު ނިންމާލަން ފަސް ދުވަސް ހޭދަވިއިރު، އެންމެ އުނދަގޫ ކަމަކަށްވީ ކޮންމެ އެއްޗެއްވެސް އޭގެ އެންމެ އަސްލާ އެއްގޮތް ބައްޓަމާއި ޓެކްސްޗާ އަދި ކުލައިން ތައްޔާރުކުރުމަށެވެ. އަދި ހުރިހާ އެއްޗެއް ވެސް ކުނިވެގެންދާއިރު އެ އަންނަ ތަފާތުތައް ވީހާވެސް ފުރިހަމައަށް ދައްކަން އެކި އެކްސްޕެރިމެންޓުތައް ހަދަން ޖެހުނުކަމަށް މީއްކޮ ބުންޏެވެ.
"ކުނިވާ ގޮތާއި، އެ ކުލަތަކާއި ފުޅަ އެހުންނަ ގޮތް ބަލަން މާރުކޭޓަށް ގޮސް ފޮޓޯ ނަގައި ސާމްޕަލް މޭވާ ތަކެއް ގަނެ ގޭގައި ބަހައްޓައިގެން ރިކޯޑު ކުރަމުން ދިޔައީ. ވަަރަށް ބައިވަރު ފޮޓޯތައް ބެލިން އަސްލު އެހުންނަ ޓެކްސްޗާ ތައް ބަލަން" މީއްކޮ ކިޔައިދިނެވެ.
މިއްކޮ ތައްޔާރުކުރި ބާގާ ކޭކު ---
މި މުބާރާތުގައި ދެން މިއްކޮ ވާދަކުރީ ޑްރެސް ދަ ކޭކް ކެޓަގަރީގަ އެވެ. މި ކެޓަގަރީގައި އޭނާ ތައްޔާރުކުރި ބާގާ ކޭކަށްވަނީ ބްރޯންޒް މެޑަލް ލިބިފަ އެވެ.
މިހާ ފުރިހަމަ ކޭކުތަކަކުން އާޝޯހު ކުރުވާއިރު، މިއީ މުޅިންހެން އޭނާގެ މަންމައާ އެކު ބަދިގެތެރެއިން ދަސްކޮށް ފައްކާކުރި ހުނަރެެކެވެ.
މިއްކޮގެ މަންމަ މަރިޔަމް ޝަފާނާ (ކޭކްސް ބައި ޝަފީ) އަކީ ވެސް އަސްލާ އެއްގޮތް ކޭކުތައް އެޅުމުގައި މަގްބޫލު ފަރާތެކެވެ. އަދި 2024 ގައި ކުރިއަށްދިޔަ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ އާޓިސްޓިކް ޕޭސްޓްރީ ޝޯޕީސް ކެޓަަގަރީއަށް ޝަފީ ތައްޔާރުކުރި ސިންގާ ކޭކަށް ވަނީ ރަން މެޑަލް ލިބިފަ އެވެ.
މިއްކޮ ބުނި ގޮތގައި މަންމަ ކޭކު އަޅައި ޑެކަރޭޓު ކުރާއިރު އޭނާ އަށް އަބަދުވެސް ސަމާލުކަން ދެވެ އެވެ. އަދި މިފަހުން މަންމަ އަށް އެހީތެރިވެދީ އުޅުމުގެ ތެރެއިން ކޭކު އެޅުމުގެ އެކި ހުނަރުތަކާއި އުކުޅުތައް ދަސްވި ކަމަށް ބުންޏެވެ.
ދަ ރޮޓަން ފީސްޓް ކޭކު --
"މި ދާއިރާއަށް ޝައުގުވެރިވީ މަންމަގެ ފަރާތުން. ކޭކު އެޅުމަށް މަންމަގެ ހުންނަ ޕެޝަން ފެނި، އަދި ކޭކު އަޅާއިރު މުޅި ގޭތެރޭގައި ވެސް އެ ހުންނަ ފޯރި ފެނި ހަމަ މި ދާއިރާއިން ކުރިއަށްދާން ބޭނުންވީ. އަދި މި ކަމަކީ އަމިއްލައަށް ކްރިއޭޓިވް އެކި ކަންކަން ކުރެވޭނެ ކަމަކަށްވާތީއާ، އަމިއްލަ އަށް ތައްޔާރުކުރާ އެއްޗެއްގެ ފެނި އޭގެ ރަހަ ކަމުދިޔައިމަ މީހުންނަށް އެލިބޭ އުފާވެރިކަމުން ވަރަށް ހިތްހަމަޖެހޭ" މި ދާއިރާއިން ކުރިއަށްދާން އޭނާ ނިންމީ ގޮތާ ބެހޭ ގޮތުން މީއްކޮ ބުންޏެވެ.
ރަސްމީ މަސައްކަތެއް ގޮތުގައި ކޭކު ނޭޅިއަސް މިއްކޮ އަބަދުވެސް ކުރެހުމާއި، އުފެއްދުންތެރި ފަންނަށް ލޯބިކުރެ އެވެ. ސްކޫލު ދައުރުން ފެށިގެން ކުރަހައި ކުލަޖައްސާ އަދި ކްލޭ ފަދަ ތަކެތިން ސްކަލްޕްޓިން ފަދަ ހުނަރުތައް އޭނާވަނީ ދަސްކޮށްފަ އެވެ. އެއާއެކު އޯލެވެލްގައި ވެސް އާޓް އެންޑް ޑިޒައިން ކިޔެވިއިރު އެކި ކަހަލަ އާޓް ފޯމްތައް ދަސްވި އެވެ.
އޭނާ ވަނީ ގައުމީ ޔުނިވާސިޓީން ކަލިނަރީ އާޓްސްގެ ދާއިރާއިން ސެޓްފިކެޓް 3 ނިންމައިފަ އެވެ. މިހާރު އޭނާ ދަނީ މި ކޯހުގެ ޑިޕްލޮމާ ފުރިހަމަ ކުރަމުންނެވެ.
ދަ ރޮޓަން ފީސްޓް ކޭކުގެ ބައެއް --
މިވަގުތު ކިޔަވަން އިސްކަން ދިން ނަމަވެސް އޭނާ އުއްމީދުކުރަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. އެކަން ކާމިޔާބު ކުރެވޭނެ ކަން އަމިއްލަ ނަފްސަށް ގަބޫލުކުރަނީ "ރޮޓަން ފީސްޓް"ގެ ޗެލެންޖުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
31 January 2025
މަސައްކަތް ރީތި އަދި މޮޅު… އެކަމު ކާ އެއްޗެހީގަ ތިވައްތަރު ޖެއްސީމަ އެހާ އެެއްނޫން.
ކިމްޖޮން
31 January 2025
އެހާއެއްނޫން އޭގެ މާނައަކީ ކޮބައިތަ.
އޭ މޫސާ
31 January 2025
ހުނަރު ކިތަންމެހާ ވެސް މޮޅެވެ. އެކަމަކު ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ދިރޭ އެއްޗެހީގެ ސިފަޔަށް އެއްޗެހި ހެދުން ހުއްދައެއް ނުވާނެ ނޫންތޯއެވެ؟ ދީނުގެ ކަންތަކުގައި ހެޔޮ ވިސްނުން ދެއްވާ ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދެމެވެ.
ކިރުސައި
02 February 2025
ޖާހިލުންގެ ސިފަޔަކީ ކޮންމެ ކަމަކަށް ފާޑުކިޔުން.
ސަމްސިއްޔާ
31 January 2025
ވަރަށް ހުނަރުވެރި މަސައްކަތެއް. ތިޔަކަށް ނުކިޔާނެ ފުޅަ އެޅުމެކޭ. ނުބައިވެފައި ނޫނީ ފޫ ޖަހާފަ ކަަހަކަ ބަހެއް އެންމެ ރަނގަޅުވާނީ.
ޙަސީނަ
31 January 2025
ކުނިވެފައިވާ ތަކެތި އިޝްތިހާރު ކުރުން ކަހަލަަ ކަމަކަށް ތިކަން ފެންނަނީ. އެހެންވެ ކޭކު ކަމަކުނުދޭ. ޢެކަމަކު ތީ ތިޔަ މަސައްކަތަށް ވަރަށް ހުނަރުވެރި ކުޅަދާނަކަން ދައްކުވައި ދިން މަސައްތެއް.
ހހހސހސހ
31 January 2025
ތިކަހަލަ މެންޓަލިޓީ ގެންގުޅޭތީ އޭ ހަސީނާ މެން ޖަޖުންނަށް ނުލަނީ! ކަމެއް ވާނީއެއް ނޫން، އެކަމަކު ކަމެއް ކުރާ މީހާ ކުރާ ކަންކަމަށް ނެގަޓިވް އެއްޗެއް ނޫނީ ބުނާކަށް ނޭނގޭނެ. ކޭކު އެޅުމާއި އާޓް ގެ ކޮން ކަމެއް ބާއޭ އެނގެނީ ހިތަށް އަރާ!
ސިކުނޑި
31 January 2025
އެކުއްޖާ ވ ހުނަރުވެރި. އެކަމަކު ކާއެއްޗެތި މުޅަތަކެތި ގޮތައް ޑިޒައިންކޮށްގެން ހެދުން ޟަމީރު ގަބޫލެއް ނުކުރޭ.. ތި ކޫލްއެއްނޫން. ޙަލާލު އެއްޗެއް ނަޙަލާލު ސިފަ ޖައްސުވައިގެން އައަށް ވަނަދީ އެ ކެއުން ގޯސް.
ކަންފަތް
31 January 2025
ދީންވެރިން ވަރަށް ގިނަ ޕޯސްޓެއްމީ.
ވައްޑެ އަބޯ
30 January 2025
އައިޑިޔާ ވަރަށް ސަޅި ކީޕް އިޓް އަޕް
ސީޒަން ޖެކްޝަން
30 January 2025
ހެޔޮނުވާނެ. ތިތާއޮތް މީދާގަނޑު އެއްލާލަބަލަ. ކާންކީއްކުރަން ބަލަންވެސް ފަކުރުން މަމިހުންނަނީ.
މވސވސހސ
31 January 2025
މީދާ ވިލް ސޭ ދަ ސޭމް އެބައުޓް ޔޫ!
ފަިރހަ
30 January 2025
ވަރަށް މޮޅު. ކްރިއޭޓިވް؛
ޢެޑްމުންޑޯ
30 January 2025
ޥަރަށް ހުނަރުވެރި މޮޅު މަސައްކަތެއް ،
އައިމިނާ
30 January 2025
މަރުޙަބާ! ﷲމާޝާ މޮޅުހުނަރުވެރި ކުއްޖެއް.އިތުރު ކުރިއެރުމަށް އެދެން.