އިމިގްރޭޝަނުން އަތުލައިގަތް ހަށިވިއްކާ ނެޓްވޯކް: އެ މައްސަލާގައި އެ މީހުންގެ އޭޖެންޓް ވެސް ވަނީ އަތުލައިގެންފައި --- ފޮޓޯ/އިމިގްރޭޝަން
28 ޖެނުއަރީ 2025 - 12:51
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ވިއެޓްނާމްގެ ނެޓްވޯކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި، ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ފަސް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެ ގައުމުގެ ފިރިހެނެކެވެ. އަދި އެ ފިރިހެން މީހާއަކީ ހަށިވިއްކަމުން ދިޔަ އަންހެނުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ފަސް މީހުންގެ ވަނަވަރު އާންމުކޮށް، އިމިގްރޭޝަނުން އިތުރަށް ބުނީ މީގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު އެކަކު މި މަހުގެ 17 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަން ޑިޓެންޝަނުގައި މިވަގުތު ބާކީ ތިބި މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މި މަހުގެ ކުރީކޮޅު ވެސް ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު އަތުލައިގަނެ، ޑީޕޯޓުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސް
28 January 2025
ފައިސާ ހޯދާފައި ސާވިސް އަށް ވެސް ހަދަނީ މަކަރު މި ބައިމީހުން.
އަލީ!
28 January 2025
މާކެޓް އޮތްތަނަކަށް އެއްޗެހި ވިއްކަން މީހުން އަންނާނެ. ގަންނަބަޔަކު ނޫޅޭތަކަށް އެއްޗިހި ވިއްކާކަށް ނުދާނެ
ޗަކޮއި
28 January 2025
މަތިން ކޮމެންޓު ކޮއްފަ އިން ޙަސް އެބަ ބުނޭ ފައިސާ ހޯދާފަ ސާވިސް ނުދޭ ވާހަކަވެސް. ތި މައްސަލަބަލާ ގާޒީއަކު އެބަޖެހޭ ފައިސާ އަތުލާފަ ހިދުމަތް ފޯރުނުކޮއްދޭ މައްސަލަ ވެސް ބަލާލަދޭން.
ކޮރަލް
28 January 2025
ފިވެއްސަކު ކުއްޔަށް ހިފާފަ ބިދޭސީ އަކާ ހަވާލު ކޮށް ފައެވެ . އެތަންތަން ކުއްޔަށް ހިފި ފަރާތުގެ ޒިންމާ ކޮބާ ތޯ އެވެ ؟
supply and demand
28 January 2025
ހަށި ގަންނަ ނެޓްވޯކް އަތުލައިގަނެގެން ނޫނީ "ހަށީ ގަނެވިއަކާ ބާޒާރު" ދުވަހަކު ވެސް ނުހުއްޓުވޭނެއެވެ
4
28 January 2025
ބަލަގަ ޑީޕޯޓަކީ ހައްލެއްހޭ؟ މިހާރު ދަރިފަސްކޮޅު އޮޅޭހިސާބަށް ކަންކަން ހިނގައްޖެ.
ައައްޔަ
28 January 2025
ދިވެހިންގެރާއްގޭގަ ތިކަންވެސް އޮންނާނެ,
ގެދާނޯމޮސް
28 January 2025
ކޯޢްޗެއް! ބަޔަކުސިއްރުން ގެންގުޅޭ ނެޓްވާކްތަށް ރެގިއުލޭޓް ނުކުރަނީ ކޮންކަމަކާ ހެދި ހެއްޔެވެ!
އަލްމަނަކް
28 January 2025
ހަށިވިއްކާ ވިޔަފާރިތަކުގަ ވަރަށް ގިނަ ފަހަރަށް އަންހެނުންނަކީ ހިއުމަން ޓްރެފިކިންގ ވިކްޓިމްސް.