29 ޖެނުއަރީ 2025 - 10:43
ރާއްޖެ އާއި ޗައިނާ އަށް އިތުރަށް ފައިދާވާ ގޮތަށް ކުރިޔަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަލުވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައިފަ އެވެ.
ޗައިނާއާ އެކު އުފެދިފައި ވަނީ އުންމީދީ އަދި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ކަމަށާއި އަދި އެގޮތަށް ދެމިގެންދާ އެ ގުޅުން ރާއްޖެއިން އަގުވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
އާ އަހަރަށް ޗައިނާއަށް މަރުހަބާ ދެންނެވި އިރު، އެ ގައުމާ އެކު އޮތް ގުޅުން ދެ ގައުމަށް ވެސް ފައިދާ ވާ ގޮތަށް ބަދަލުވެގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިޖިން
29 January 2025
ތިޔަހެން ކިޔާތާ އަހަރަކަށް ވުރެ ގިނަވީ! ލޯނު ރިސްޓްރަކްޗަރ ނުކޮށްދިން، މަޝްރޫއެއް ފަށައި ނުދިން، ފެހިި ސިގްނަލެއް އެކަނި ލިބުނީ!
ޑރ ޖުއްލާބު
29 January 2025
ހީނަރުވި ގުޅުން ދައުރު ހުސްވަންދެން ޖެހިފައި މިއޮތީ އަލުން އެކުވެރި ވުން. އެކުވެރި ވުމަށް މި ކިޔަނީ ބަދަހި ވުމޭ ...... އަވައްޓެރިން ނާއި ޒުވާބު ކުރުމުގެ ހިތި ބޭސް މި ވަނީ ބޯންޖެހިފައި .
އަހްމަދު ސަނީހް
29 January 2025
ޗައިނާއާ ގުޅިގެން ހަމަ ކުރިޔަށް ދާންވީ. ގައުމަށް ފައިދާ ބޮޑުވާނެ
ރާވެރިބެ
29 January 2025
އިކަށް ދުވަހު އިންޑިއާގެ ޖުމްހޫރީ ދުވަހު ވެސް ތިކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔާފަ އިންޑިއާގެ ބޮޑު ވަޒީރަށް ޓްވީޓް ކުރީ. މިއަދު ބުނާކަހަލަ ޗައިނާ އާއި ގުޅުން ވަރަށް ޙާއްސައޭ! މިގޮތަށް އެއް ވާހަކަ އެއް ދައްކައިގެން މިދެގައުމުގެ އިތުބާރު ގެއްލުން ނުން ކޮންކަމެއް ވާނީ؟
ހަޖަމްބެ
29 January 2025
ދެން ހަޖަމު ކޮއްލާ
ޔައިޝްް
29 January 2025
ބަލަ ޗައިނާ އާ ވެސް އިންޑިއާވެސް ގުޅުން ރަނގަޅޭ ކިޔަނީ. ވަކި ގައުމަކަށް ތާއީދު ކުރާ ގޮތް ބޮޑުވަނީކީ ނޫން. ހުރިހާ ގައުމުތަކާވެސް އެއްވަރަކަށް ގުޅުން ރަނގަޅަށް އޮންނަނީ