އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ފުރަތަމަ ހޯދުނު 19 މީހުންނާ ކައުންސިލުން ސުވާލުކުރަނީ.-- ފޮޓޯ: ކައުންސިލް
30 ޖެނުއަރީ 2025 - 14:54
އިމިގްރޭޝަނަށް ފިލަން ރ. މަޑުއްވަރިއަށް އެރި 60 ބިދޭސީން އެ މީހުން އައި ރިސޯޓަށް އަނބުރާ ފޮނުވާލައިފި އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި އެމެރަލްޑް ރިސޯޓަށް ދާ ކަން އެނގިގެން އެ ރިސޯޓުން 60 ބިދޭސީއަކު ވަނީ ފިލަން އެރީ މަޑުއްވަރީ އަށެވެ. ލޯންޗްތަކުގައި ދިޔަ ބިދޭސީންގެ ތެރެއިން މަޑުއްވަރީން ފުރަތަމަ އަތުލައިގަނެވުނީ 19 މީހުންނެވެ.
މަޑުއްވަރީ ކައުންސިލް ރައިސް މުހައްމަދު ސޯދިގް ވިދާޅުވީ ބާކީ ތިބި 41 ބިދޭސީން ވެސް ފުލުހުންގެ އެހީއާއެކު އެދުވަހު ހޯދައި، އެ މީހުން މަސައްކަތްކުރާ އެމެރަލްޑް ރިސޯޓަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މި މައްސަލާގައި އިމިގްރޭޝަނުން ރިސޯޓަށް ގޮސް ގަވާއިދާ ޚިލާފަށް އުޅޭ އެ ބިދޭސީން ގެންދިޔަ ކަމެއް އަދި ސާފެއް ނުވެ އެވެ.
މި ރިސޯޓަކީ ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ކުރިން ވެސް ތިބޭ ރިސޯޓެއް ކަމަށް މަޑުއްވަރީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހޯދައި ޑީޕޯޓްކޮށްފައިވެ އެވެ. އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި އިމިގްރޭޝަނުން ބުނީ އަހަރެއްގެ ތެރޭގައި 5،000 ބިދޭސީން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭމަންޑޫ
31 January 2025
ތިޔޮތީ ފައިސާގައި ޖެހިފަހެން މަށަށް ހީވަނީ މިކަން ބަލާނޭ ބަޔަކު މި އުޑުދަށުގައި ތިބޭނެބާ.؟ ހުޅުމާލޭ ގައި ކާރު ފޮހޭ ބިދޭސިން އަނެއްކާވެސް ވަރައްވެސް ގިނަވެއްޖެ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މެޑަމް މިސްކިތުންފެށިގެން ގޮސް ރެޑްވޭވް ކައިރީގައި ހުންނަ ކުރީގެ ވަގުތު މިސްކިތާ ދޭތެރޭގައި ގަވާހިލާފައް އުޅޭމީހުން ކާރުސާފުކުރަން އެތާތިބޭ ވަރަށް ގިނައިން. މީ ރަނގަޅު ތަނެއްގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދަން ފަތިހު 5:30 އިން ގޮސް ހަވީރު 18:00 އުޅޭނެމިތާ.!
ފިނިފެންމާ سعيد
30 January 2025
އަޅޭ. ނިޒާމު މުޅިން އޮޅުންބޮޅުން އަރުވާލައިފި. ވެދާނެ ޑޮލަރު މާރުކުރާތީ އިނާޔަތެއް ދިނީކަމަށްވެސް. އެހެންނޫނީ ކަޅުދަބަހެއް ދިނީކަމަށްވެސް. އެކަމަކު ރައީސްހުރީ ރައްޔިތުންފަޅީގާ އެނގުމުން ބަޔާންކުރަން ނޭންގޭފަދަ އުހަލެއް ލިބިގެންދޭ.
ޕަޓޭކަރ
30 January 2025
ދެން ބުނާނީ އެމީހުން ބަންދުކޮށްފިޔާ ރެސޯރޓްގެ މަސައްކަތް ހުއްޓިދާނެޔެ ދޯ
އިހްސާސް
30 January 2025
ފުލުހުން ކީއްވެބާ މިމީހުން އަނެއްކާވެސް ރިސޯޓަށް ފޮނުވާލީ. ފުލުހުންގެ ބެލުމުގެ ދަށުން އިމިގްރޭޝަންއާދޯ ހަވާލުކުރަންވާނީ. އަނެއްކާ ކަމާބެހޭ މިނިސްޓްރީއިން ތިޔަ ރިސޯޓާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅިބާ؟ ނާޅާނަމަ ސަބަބުވެސް ސާފުވާންޖެހޭ. މިއީ ފުރަތަމަ ފަހަރެއްނޫންދޯ..
ދަލޭކަ ދައިތަ
30 January 2025
ސާބަހޭ!! އަދި ތަހުގީގު ނުނިމެޔޭ!! ކިތަންމެ ގިނަފަހަރަކަސް ނިމުނީމައެއްނު ސަބަބު ބުނެވޭނީ.
އަޅި އަލީ
30 January 2025
ހަމަ ފުލުހުންގެ އަދި އިމިގުރތޭސަނުގެ ބަހެއް ނުލިބުމންދެއްތޯ! ބިރުގަންނަނީއޭ ރިސޯޓް ވެރިންދެކެ!
ދަލޭކަ ދައިތަ
30 January 2025
މަޑުއްވަރީ ކައުންސިލް ރައީސްއާ ފުލުހުން ގުޅިގެން ކިހިނެއްމިހެދީ!! ގަވައިދާ ޚިލާފަށް އުޅޭބަޔަކުކަން އެނގިތިބެ އަނެއްކާވެސް ގަވައިދާ ޚިލާފަށް މަސައްކަތްކޮށް ޑޮލަރު ބޭރުކުރަން ފުރުސަތުމިދިނީ. ބަޔަކު ފިލުވަން ރިސޯޓު އޯނަރަށް ހެލްޕް ވީއޭވެސް ބުނެވިދާނެ ނޫންތަ. އިމިގްރޭޝަނުން ނޫނީ ހަމަ އެހެންބަޔަކު ނަގަންޖެހޭ ޒިންމާއެއްނޯވޭތަ. ކަނޑައެޅިގެން ގާނޫނާ ޚިލާފުވެ ބަޔަކު ފިލަންއުޅޭއިރުވެސް. ސަހަރޯ ހީވޭ.
ރަޒުން
30 January 2025
ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް ކޮންޓެކްޓު އުސޫލުން މަސައްކަތްދީ ރާއްޖޭގަ ގަވައިދާހިލާފަށް މަސައްކަތް ކުރުމުގުގެ ފުރުސަތުދޭ ކުންފުނިތަކަށްވެސް ފިޔަވަޅު އަޅަންޖެހޭ ނޫނީ ތިކަމެއް ނުހުއްޓެނެ. އަދިވެސް ގިނަ ރިސޯޓުތަކުގަ ގަވައިދާ ހިލާފަށް އެތަށް މީހުންނެއްދަނީ އުޅެމުން.
5
30 January 2025
އެމީހުން ދިރިއުޅެނީ ރިސޯޓުގެ ޖަންގަލިތެރޭގާތަ؟
ފައްސި
30 January 2025
ނުކެރޭނެ އެމީހުން ފޮނުވާލާކަށް. މުއްސަދިންނަކީ ރާއްޖޭގެ ޤާނޫނު ހިނގާބައެއް ނޫން.