އައިކެއާގެ އިސްވެރިން އައިކެއާގެ ފިހާރަ ބައްލަވާލައްވަނީ.
02 ފެބުރުއަރީ 2025 - 14:54
އައިކެއާ އޮޕްޓިކަލްސްގެ އައުޓްލެޓެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.
އައިކެއާ އޮޕްޓިކަލްސް އިން ބުނީ އެ ތަނަކީ ފުރިހަމައަށް އޮޕްޓިކަލް ހިދުމަތްތައް ލިބެން ހުންނާނެ ތަނެއް ކަމަށެވެ. އަދި އެ ތަނުގައި ސްޓައިލިޝް އައިނުތަކުގެ ގިނަ ކަލެކްޝަންތަކެއް ހުންނަ ކަމަށް ވެސް ބުންޏެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވިއައިނު އަދި ފްރޭމްތައް ހިމެނެ އެވެ. އަދި އެ ތަނުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ލިބޭނެ އެވެ.
އައިކެއާ އޮޕްޓިކަލްސް އިން ބުނީ އާ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވީ "ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ"އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ހިދުމަތްތައް އެ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދޭން ކަމަށެވެ. އަދި އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދައިދިނުން ކަމަށް ވެސް ބުންޏެވެ.
ކުޅުދުއްފުށީގައި އަލަށް އައުޓްލެޓެއް ހުޅުވުމާ ގުޅިގެން އައިކެއާ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގައި 30 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ފުރަތަމަ 50 ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއެއް ކަސްޓަމަރަކަށް ފައިސާ އަނބުރާ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy