03 ފެބުރުއަރީ 2025 - 11:18
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވެލިގާ ހާޑްވެއާއާ ގުޅިގެން މި އަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ މި އަހަރުގެ ރޯދަ ސޭލް ވެލިގާއާ ގުޅިގެން ކުރިއަށް ގެންދަނީ އެ ހާޑްވެއާ އިން ވެސް ނިޕޯން ޕެއިންޓުގެ އުފެއްދުންތައް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކަމަށެވެ. މި ޕްރޮމޯޝަނުގައި އެ ދެ ހާޑްވެއާ އިން ވެސް ނިޕޯން ޕެއިންޓުގެ އުފެއްދުންތަކަށް ޑިސްކައުންޓު ލިބޭނެ އެވެ.
އޭގެ އިތުރުން ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވިއްކާ މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓުތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓުން ވިހި ޕަސެންޓުގެ ޑިސްކައުންޓު އަދި މަކިޓާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި މި ޕްރޮމޯޝަނަށް ހުށަހަޅާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ.
މި ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައި މާޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy