އެންވައިރަމެންޓް މިނިސްޓްރީގެ ޕީއެސްގެ މަގާޟގައި ހުންނެވި އަޖުވަދު މުސްތަފާ އަދި ޓޫރިޒަމްގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތު ޝައުފާ --
03 ފެބުރުއަރީ 2025 - 15:18
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ އެކު، އެ ދެ ތަނުގައި މިހާތަނަށް ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިއްޖެ އެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމާ ހަމައަށް ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ އެ މަގާމަށް މިދިޔަ ޖެނުއަރީ މަހު އައްޔަން ކުރި ފާތިމަތު ޝައުފާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވީ އަޖުވަދު މުސްތަފާ އެވެ.
އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޕީއެސް އިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޖުވަދުގެ މަގާމު ގެއްލުނީ އެންވަޔަރަންމަންޓް މިނިސްޓްރީ އުވައިލުމާ ގުޅިގެންނެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާ އެކު އެ މަގާމު ގެއްލޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ޝައުފާ މަގާމުން ވަކިކޮށްފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓު ބަދަލުވުމާ ގުޅިގެން ޕީއެސްގެ މަގާމަށް އަލުން އިއުލާނު ކޮށްގެން ބޭފުޅަކު ހޮވުމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ބޭނުވާތީ އެވެ.
މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަ އަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ވެސް ޝައުފާ އަށް ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް އާ ޕީއެސްއެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މަގާމުން ވަކިކުރި ޝައުފާއަކީ ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ ހަފުތާގައި ވަކިކުރި އިބްރާހިމް ފައިސަލްއާ އެއް ރަށަކަށް ނިސްބަތްވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޝްމަލް މުހައްމަދު
04 February 2025
އަދުރޭ ވެގެން ކުރި ކަމެއް ނޫން. ގާނޫންގަ އޮންނަނީ މިހެން ނުތިބެވޭނެ ކަމަށް. އިނގޭތީ މިބުނަނީ
އަފްސަލް ހަމީދު
04 February 2025
ގާނޫންގަ އޮތް ގޮތަށް ކަން ކުރީމަވެސް ބަޔެއް މީހުން މިތާގަ އެބަ އެއްޗެސް ކިޔާ. ކީކޭ ދެން ބުނާނީ.
ސިޔާދު އަލީ
04 February 2025
ޝަައުފާ ވަކުކުރަން ލަސްވެސްވެއްޖެ. އެއްމެ ކަމުނުދާ ޕީއެސް މިއީ ފަހުގެ ތާރީހެއްގައި ޓޫރިޒަމަށް އައި
ޒުހުރީ މުހައްމަދު
04 February 2025
"ގާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާ އެކު އެ މަގާމު ގެއްލޭނެ" ހަމަ ބުނެލީ
ގެއްލުން
03 February 2025
ސަރުކާރުން ކުޅޭ މިފަދަ ޗަރުކޭހުން ގެއްލުންވަނީ ރައްޔިތުންނަށް.
ސިއްބަތް އަޒީޒް
04 February 2025
މީގެ ސަބަބުން ރައްޔިތަކަށް ވާނެ ގެއްލުމެއް ނެތް. މީ ސަރުކާރުން ކުޅޭ ޗަރުކޭހެއް ވެސް ނޫން. މީ ގާނޫން ދަންނަ ގޮތް.
ވަކި މީހަކަށް ފެވާކުރީ
03 February 2025
ޓުއަރިޒަމްގެ މިހާރުގެ ޕީއެސްގެ މަގާމު ގެއްލިގެން ނުވާނެ. ސަބަބަކީ އުވާލީ އެންވަރަމަންޓް. ޓުއަރިޒަމް އޮތީ، އޮއްވާ މެންޑޭޓް އިތުރުކޮށް މިނިސްޓްރީ އެއްގެ ނަންދިނީ. މުއިއްޒު ވެރިކަމަށް އައިސް ތިޔަ އާ މިނިސްޓްރީ އުފައްދާފަ ޕީއެސް މަގާމު އިއުލާނު ކުރިތޯ.
އާދަމް އިޝާމް
04 February 2025
ނޫން ޖެހޭ. އައު މެންޑޭޓެއް އަންނާނެ. އޭގެ ސަބަބުން ކޮންމެހެންވެސް އައު މީހެއް އަންނަން ޖެހޭ. އެއީ ކުރިއަރާފައިވާ ގައުމުތަކުގަ މިކަން އޮންނަ ގޮތަކީވެސް. މިސާލަކަށް 2021 ވަނަ އަހަރު އިގިރޭސިވިލާތުގައިވެސް މިކަން ކުރީ ހަމަ މިހެން.
އަޖްމަލް
03 February 2025
ރަނގަޅު ނިންމުމެއް. ތި އެއްމެން ލުމުގެ ބޭނުމެއް ނެތް. ތަން ހިގާނެ ތި އެއްމެން ނެތަސް. ކުރިޔަށް ގައުމު
ސޮބާހް އަހްމަދު
03 February 2025
އަދުރޭގެ މީހުން ވީމަ ނޫން ވަކިވީ. ގާނޫންގަ އޮންނަނީ ވަކިވާން. ސާފް؟
އަދދ
04 February 2025
ކަލޯ އެ ކިޔަނީ އެކަކު ވަކިކުރީއްޔޭ އިސްތިއުފާ ނުދިނީމަ
ސައްދާމް ހުސައިން
03 February 2025
ބަޔަކު ބުނި އަދުރޭގެ މީހުން ވީމަ ވަކިވީއޭ. އެކަމަކު އަސްލު ވަކިވި ސަބަބު މިއޮތީ. ގާނޫން އޮންނަ ގޮތުން ހަމަ ވަކިވީ
ގައްޒާފީ
04 February 2025
ބަލަ ގާނޫނުގައި އޮވެގެން ވަކިވީ އެންވަޔަރމެންޓް މިނިސްޓްރީގެ ޕީއެސް އަޖުވަދު މުސްތަފާ، ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކުރީ މިނިސްޓަރ ބޭނުންވެގެން ސިވިލް ސަރވިސް ކޮމިޝަންގައި އެދިގެން، ގާނޫނުގައި އޮވެގެން ވަކިވިނަމަ މަގާމުން އިސްތިއުފާ ދިނުމުގެ ފުރުސަތު ކޮމިޝަނުން ޕީއެސްއަށް ދޭކަށް ނުޖެހޭނެދޯ، ޚަބަރުގައި ލިޔެފައި އޮތް އެއްޗެއް ކިޔައި ފަހުމް ވެގެން ކޮމެންޓް ކުރުން ބުއްދިވެރި
އަޖްމަލް ސިއްދީގް
03 February 2025
ރައީސްގެ ފުރިހަމަ މޫވްއެއް ދޯއެހެންވީމަ. ފައްކަލެއްނު ހަރަދު ކުޑަކޮށްލި ގޮތް.