03 ފެބުރުއަރީ 2025 - 15:42
ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކެންސާ ސޮސައިޓީން އިންތިޒާމްކޮށްގެން ބޭއްވި "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ބޭއްވި އެ އިވެންޓުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރު އާއި ކޮންސަލްޓަންޓް އީއެންޓީ ޑރ. ރާޖޭޝް ވާލަންދު އެވެ. އެ ދެ ޑޮކްޓަރުންނަކީ ވެސް ކެންސަރާ ބެހޭ ޓްރީޓްމަންޓް އަދި ސާޖަރީގެ ދާއިރާ އިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.
އެ ހަރަކާތުގައި ޑރ. ރާޖޭޝް އަދި ޑރ. އަމްރު ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ކެންސަރު ބަލިތަކާއި، އެ ބަލިތައް ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި ކެންސަރުގެ ފަރުވާ ހޯދަމުން އަންނަ އިރު ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ސިއްހީ ހޭލުންތެރިކަމުގެ އިވެންޓްތަކަށް އެ ހޮސްޕިޓަލުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy