އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބޭއްވި ހިނގާލުމުގެ ތެރެއިން: ރިޔާސީ ބަޔާން އިއްވާ ޖަލްސާއާ ދިމާކޮށް އިހުތިޖާޖު ކުރަން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
04 ފެބުރުއަރީ 2025 - 20:04
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް އިހުތިޖާޖުކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ޖަލްސާ ކުރިއަށްދާ ވަގުތު މަޖިލިސް ބޭރުގައި އިހުތިޖާޖުކުރަން އެމްޑީޕީން މިއަދު ވަނީ ނިންމައިފަ އެވެ.
ބެލެވޭ ގޮތުގައި މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް މި އިހުތިޖާޖު ކުރިއަށް ގެންދާނެ އެވެ.
ބުރާސްފަތި ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުފެތިފައިވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެމްޑީޕީން އިހުތިޖާޖުކުރަން ނިންމާފައިވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެންނެވެ. އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ބޮޑު ހިނގާލުމެއް ވެސް އެމްޑީޕީން ވަނީ މިދިޔަ ހަފްތާގައި ބާއްވައިފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ސަރުކާރު ހަމަ މަގަށް އެޅުވެންދެން އެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
05 February 2025
އެމްޑީޕީއަށް ކުރެވޭނީ އެމީހުންނަށް ކުރަންއެނގޭ ކަންތަކެވެ. ދެފަހަރަށް ރައްޔިތުން ވެރިކަން ދިނީމައި މުޅި ޤައުމު ދަރުވާލާއި ދުވަހަކު ސަލާމަތް ނުވެވޭވަރުކޮށްފައި ގޮސް ތިޔަތިބީ އިހުތިޖާޖުގައެވެ. މިދައުރު ނިމެންދެން އިހުތިޖާޖު ކުރުމުގައި ތިބޭށެވެ. މިވެރިކަން ނިމުނަސް ތިޔައެމްޑީޕީއަކަށް ދިވެހިން ވެރިކަމެއް ނުދޭނެވެ. އަމުދުން އިހުތިޖާޖުކޮށްގެން ވެރިކަންވެސް އެމްޑީޕީއަކަށް ވައްޓައެއްވެސް ނުލެޥޭނެއެވެ. ދެން ހަން ފައިބަންދެން ތިޔަހެން ތެޅިތެޅި ތިބޭށެވެ.
ލުހާމް ސައީދް
05 February 2025
ރިޔާސީ ބަޔާން އަޑު އަހަން ކަލޭމެންގެ ގޭގަ ޓީވީ ކުޑައީތަ؟ ކޮންމެ ތާކުން ޑްރާމާ ކުޅެފަ ރައްޔިތުން ބޮއްވޭތޯ. އެންމެން ދަންނަ ބޮޑު ވަގުން ތިބި ތަނެއް އެމްޑީޕީ އަކީ. ފެއިލް ވެފަ އިން ޕާޓީއެއް
މުލޭ
05 February 2025
މިމަންޒަރުތައް ދައްކަން ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ކުދިން މިފަހަރު ގެންދަންވާނެ ޖަލްސާއަަށް. ޚާއްސަކޮށް މިމީހުންގެ ދަރިން މީގެތެރޭގައި ހިމަނަންވާނެ. ބައްޕަމެންގެ ގޮތާފޮތާ އަސްލު ސިފަ ދަރިންނަށް ވެސް އެނގެންވާނެ.
ސޮލާހު މޫސާ
05 February 2025
ޕާޓީ ނިޒާމުން ގައުމު ފުނޑިއްޖެ
އޮޅުވާލަން ނޫޅޭ!
05 February 2025
އަޑުއެހުމުގެ ގާބިލުކަމެއްވެސް ނެތް، ހަޖަމު ގޯސްވެފަ ތިބި، ޑިމޮކްރަސީއާ ބީރައްޓެހި ކަލްޓެއް. ގައުމު ދަރުވާލި ދަރުވާލުމާ ހެދި މިއަދު ރައްޔިތުން އުފުލަންޖެހިފަ އޮތް ތަކުލީފެއް އޮތީ. އެކަމާ، އަދި އެކަން ކުރި އެމްޑީޕީއާ ދެކޮޅަށް ރައްޔިތުން ނިކުތުން މާ އައުލާކަން ބޮޑު. އިގްތިސާދީ ގޮތުން ރައްޔިތުންނަށް ދަތިވާގޮތަށް މިއަދު އަޅަން މަޖުބޫރުވާ ކޮންމެ ފިޔަވަޅަކީ ކުރީގެ އެތައް އަހަރަކުން ވެފައިއޮތް އިހުމާލުގެ މަޖުބޫރީ ނަތީޖާ. އޮޅުވާލަން އުޅޭނެކަމެއް ނެތް.
އަސްލަމްް
05 February 2025
އިހުތިޖާޖު ކޮށްކޮށް ތިބެންޖެހޭނީ. ކަލޭމެންނަށް އެއްކަމެއްވެސް ނުވާނެ.
މިންހާޖްް
05 February 2025
މިއީ އަޅެ ކުރާނެކަމެއް ނެތިވެގެން މަގުމައްޗަށް ގިނަވެގެންއުޅޭ ބައިގަނޑެއްތަ.
މައިހޯ
05 February 2025
ޔާމީނުގެ ވެރިކަމުގައި މިމީހުން ތިރިއަރުވާލިގޮތަށް ހަދާގެން ނޫނީ މިމީހުން ގެ ނޮހޮރޮއްޕާން ފިލާގެން ނުދާނެ ، ޔާމީނުގެ ވެރިކަމުގައި ކުރީކޮޅު މިގޮތަށް ވައްތަރުޖައްސަން އުޅުނު އެކަމކު ތިރިއަރުވާލާފައި ބޭތިއްބީ ، ދެން ފަހުން ވެރިކަން ނިމެން ގާތްވުމުން ޕީޕީއެމްގެ އެމްޕީންނާއި ގުޅިގެން ނިކުތީ ، އޭގެ ކުރިން ގާސިމްވެސް ހުރީ ކުޑަކަކުލަށް ތިރިކޮއްލާފައި ،
ކައުންސެލަރު...
05 February 2025
މިބައިގަނޑުގެ މީހަކު ވެރިޔަކަށް ނެތީމާ އުޅޭފާޑު. އަބަދުގެވެސް މިމީހުންގެ ހާލުފެނިފަ އަސްލުވެސް ދެރަވޭ ޒޮމްބީންނެކޭ ތަފާތެއްނެތް، ލަދެއް ހަޔާތެއް އަގަލެއް ކުލުނެއްނުހުރޭ. ރައީސް ވަހީދު އަދި ރައީސް ޔާމީން ވެރިކަމުގައި ޒޮމްބީން ހީވަނީ ލޮލަށް ބޮލަށްއަރާފާނެހެން. ހަމަ އެހެންމީހަކު ވެރިކަމުގައި ހުންނަން ޒޮމްބީންނަށް ކެތްނުވަނީ.
މުޙައްމަދު..
05 February 2025
ސުކޫލުކުދިން ގެންދޭތަ އެމަންޒަރު ދައްކާލަން..